Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

މިއަހަރު 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 18 ޖުލައި 2023 | އަންގާރަ 02:16
އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓަރު ހަދިޔާ ހަވާލުކުރައްވަނީ

އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓަރު ހަދިޔާ ހަވާލުކުރައްވަނީ

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރޭގައި ކޮންމެ އަހަރަކު ވަރަށް ނަސީބުގަދަ ދެ ފަތުރުވެރިން ހިމެނެއެވެ. އެއީ ރާއްޖެއަށް އަންނަ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އާއި އެ އަހަރެއްގައި އަންނާނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އަދަދު ހަމަކުރާ ފަތުރުވެރިޔާއެވެ. މިއަހަރުގެ އެއްމިލިއަން ވަނަ ފަތުރުވެރިއާއަށްވުމުގެ ނަސީބު އިނގިރޭސިވިލާތުގެ ރައްޔިތަށް މި މަހުގެ 16 ވަނަ ދުވަހު ލިބިފައިވާއިރު މިއަހަރުގެ ދެވަނަ ނަސީބުވެރިއަކަށްވާނީ 1.9 މިލިއަން ވަނަ ފަތުރުވެރިޔާއެވެ.

އަހަރު ފެށިއިރު ރާއްޖެއަށް މިއަހަރު އަންނާނެ ކަމަށް ލަފާ ކުރީ 1.8 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރު ތެރޭގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަލައި މިއަދަދު 1.9 މިލިއަނަށް ވަނީ ބަދަލުކޮށްފައެވެ. މިއަދަދު ހާސިލްވާނެ ކަމަށް މިދިޔަ މެއި މަހުގެ ތެރޭގައި ކުޑަ ޝައްކެއް އުފެދުނު ނަމަވެސް މިހާރު އެ ޝައްކުވެސް މިވަނީ ފިލައިގެން ގޮސްފައެވެ.

އެހެން އަހަރުތަކުގައި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔެނީ އަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް މިއަހަރުގެ ދެބައިކުޅަ އެއްބަޔަށް ދެވުނު އިރު މިވަނީ އެއް މިލިއަން ފަތުރުވެރިން ހަމަވެފައެވެ. މިއާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުޙައްމަދު ވެސް ވިދާޅުވަނީ މިއީ ރަނގަޅު ފާލެއް ކަމަށެވެ. އެގޮތުން، ކުރިން ލަފާކުރި ވަރަށްވުރެ އަވަހަށް އެއް މިލިއަން ފަތުރުވެރިން މިއަހަރުގެ މިހާތަނަށް ހަމަވުމަކީ މިއަހަރަށް ކަނޑައަޅާފައިވާ ޓާގެޓުވެސް އަހަރު ނިމުމުގެ ކުރިން ހަމަވާނެ ކަމުގެ އިޝާރާތެއް ކަމަށް ދެ ބޭފުޅުން ވިދާޅުވެއެވެ.

މިއަހަރުގެ މެއި މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު ދަށްވިއެވެ. މި ދަށްވުމާއެކު ވެސް އަހަރުގެ މެދުތެރެއިން އެއް މިލިއަން ފަތުރުވެރިން ހަމަވެފައިވާއިރު ކުރިއަށް އޮތް ދުވަސްތަކަށް އުއްމީދު މާ ބޮޑެވެ. އެއީ ކުރިއަށް އޮތީ ރާއްޖެއަށް ކޮންމެ އަހަރަކުވެސް ފަތުރުވެރިން ގިނައިން ޒިޔާރަތް ކުރާ މަސްތަކަކަށްވާތީއެވެ. ހާއްސަކޮށް އަހަރު ނިމުމާ ދިމާކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކު ސީޒަން ފަށާނެތީއެވެ.

މިއަހަރުގެ މިހާތަނަށް ފަތުރުވެރިންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެވްރެޖުކޮށް ދުވާލަކު 5000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. މިއަދަދު ކުރިއަށް އޮތް މަސްތަކުގައި އިތުރުވާނެ ކަމަށް ވެސް ބެލެވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާ އާއި ރަޝިއާއިންނެވެ. ދެ ޤައުމުން މިހާތަނަށް ގާތްގަނޑަކަށް އެއްވަރަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ މަހުން ފެށިގެން ވަނީ އިތުރުވެފައެވެ. އެގޮތުން، އަހަރު ފަށައިގެން ފަސް މަސް ދުވަސް ވަންދެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓުގެ ހަތްވަނައިގައި އޮތުމަށްފަހު އެ ޤައުމު މިހާރު ވަނީ ލިސްޓުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖޭގެ މި ލިސްޓުގެ އެއްވަނައެވެ.

ފީޗަރ ރިޕޯޓްފަތުރުވެނިން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

29 ޑިސެމްބަރު 2023
ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން

ފަތުރުވެރިކަން: ޓާގެޓު ހާސިލްކުރުމަށް ބާކީ ބޭނުންވަނީ ދެ ލައްކަ ފަތުރުވެރިން

05 ޑިސެމްބަރު 2023
އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި

އިގްތިސާދަށް ކުރިއެރުމެއް ނުލިބި، އިގްތިސާދީ ކުރިއެރުން 4 ޕަސެންޓަށް ސޮއްސާލައިފި

02 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު