Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިޔަރަށް ކާންދިނުން

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

މިޔަރަށް ކާން ދިނުމަކީ ނުރައްކާތެރި ކަމެއްކަން ތަޖުރިބާކާރުން ދަނީ ބުނަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 ޖޫން 2023 | ހުކުރު 11:38
މިޔަރުތަކެއް، މިޔަރުތަކަށް ކާން ދޭ މައްސަލަ ވަނީ ބޮޑުވެފައި

މިޔަރުތަކެއް، މިޔަރުތަކަށް ކާން ދޭ މައްސަލަ ވަނީ ބޮޑުވެފައި

އަނެއްކާވެސް ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިން ވާހަކައެވެ. ސޯޝަލް މީޑިއާގައި ބުނާގޮތުން ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ފީނަން އުޅުނު އަންހެން ފަތުރުވެރިއެއްގެ އަތުގައި މިޔަރު ދަތް އެޅުމުން އޭނާ އަވަސް ފަރުވާއަށް މާލެއަށް ގެނައި މަންޒަރު ފެނެއެވެ. އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މި ވީޑިއޯތަކާއެކު އަނެއްކާވެސް ސޯޝަލް މީޑިއާގައި ފަށާފައިވަނީ މިޔަރުތަކަށް ކާން ދޭ ވާހަކައެވެ. މިއީ ކަމާބެހޭ އިދާރާތަކާއި ތަޖުރިބާކާރުންވެސް އެތައް ފަހަރެއްގެ މަތިން މަނާކުރަމުން އަންނަ ކަމެކެވެ.

އާއްމުކޮށް މިޔަރަށް ކާންދީ އުޅެނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ފަތުރުވެރިންނަށް އެ މަންޒަރުތައް ދައްކާލުމުގެ ބޭނުމުގައެވެ. މިޔަރުތައް ދައްކާލުމުގެ ބޭނުމުގައެވެ. އެތަކެއްޗާއެކު ފޮޓޯއެއް ނެގުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. ނަމަވެސް މި އަމަލުތަކުގެ ސަބަބުން ފަތުރުވެރިންނަށް މިޔަރު ހަމަލާދިނުމުގެ އެތައް ހާދިސާއެއް މިއަދާ ހަމައަށް ވެސް ވަނީ ހިނގާފައެވެ. އެހެންކަމުން އަދިވެސް މިޔަރުތަކަށް ކާން ދިނުން ހުއްޓާނުލަނީ އެކަމުގެ ނުރައްކާ ހަމަ ނޭނގިގެންބާއޭ ސުވާލު އުފެދެއެވެ.

މިޔަރަށް ކާން ނުދިނުމަށް ތަޖުރިބާކާރުން ބުނަނީ ސަބަބުތަކެއް އޮވެގެންނެވެ. އެއީ މިޔަރަކީ އޭގެ ޒާތުގައި ވެސް އޭގެ ކާނާ އަމިއްލައަށް ހޯދާ މަހަކަށްވެފައި މީހުން ވަކި ވަގުތު ތަކެއްގައި އެއަށް ކާން ދޭން ފެށުމުން ކާނާ ހޯދުމަށް އަމިއްލައަށް ކުރާ މަސައްކަތް ހުއްޓާލާތީއެވެ. އެގޮތުން، ރިސޯޓުތަކާއި ރަށްތަކުގައި ވެސް އާދަކޮށް ވަކި ގަޑިއަކަށް ވަކި ސަރަހައްދަކަށް ކާއެއްޗެހި އަޅައި، މިޔަރަށް ކާންދޭނަމަ މިޔަރުތައް އެ ވަގުތަކާ ދިމާކޮށް އެ ސަރަހައްދަށް ކާން ދާން އާދަކުރެއެވެ. މިއީ ފަތުރުވެރިންނަށް މި މަންޒަރުތައް ދައްކާލަން ބޭނުންވާ ފަރާތްތަކަށް ފައިދާވާ ކަމަކަށްވީ ނަމަވެސް މިއީ އެހެން ގޮތްގޮތުން ބަލާއިރު ގެއްލުން ވާ ކަމެކެވެ.

މިޔަރުތަކަށް ކާން ދޭތީ އެ ވަގުތުތަކުގައި ކާން ދޭ ސަރަހައްދުތަކުގައި އުޅޭ އިންސާނުންނަކީ ވެސް ކާނާ ކަމަށް މިޔަރުތަކަށް ހީވެއެވެ. އެހެންވެ ދަތް އެޅުން ފަދަ ހާދިސާތައް ހިނގުމަކީ އެކަށިގެންވާ ކަމެކެވެ.

މިފަދަ ހަމަލާއަކާއެކު ސޯޝަލް މީޑިއާގައި ސަރުކާރާއި ކަމާބެހޭ އިދާރާތައް ކުށްވެރިކުރުމަކީ ވެސް އާއްމުކަމެކެވެ. ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށް ބުނެ ފާޑުކިޔުމާއި ޓޫރިޒަމް މިނިސްޓްރީއަށް ފާޑުކިޔައެވެ. އެކަމަކު މިފަދަ ހާދިސާތައް ދިމާވާތީ ދޭތެރެ ދޭތެރެއިން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ސަރުކާރުން، މިޔަރުތަކަށް ކާން ނުދިނުމަށް ޓޫރިސްޓް ފެސިލިޓީތަކަށް އަންގައެވެ. ނަމަވެސް އެ އެންގުމަށް އަމަލު ކުރާ މަންޒަރު ނުފެނެއެވެ. މިޔަރަށް ކާންދިނުން ނުވަތަ ޝާކް ފީޑިންއަކީ ރެކްރިއޭޝަނަލް ޑައިވިން ގަވައިދުގެ ދަށުން ވެސް މަނާ ކަމެކެވެ.

ފަތުރުވެެރިން ރާއްޖެ ޒިޔާރަތް ކުރަނީ ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ފުރިހަމަކަންވެސް ބަލާލުމަށެވެ. ނަމަވެސް އެކަމުން އިތުރު ފައިދާއެއް ހޯދުމަށް ފަތުރުވެރިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ ވެސް އެތަނަކަށް ނުވަތަ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ އަސަރު ކޮށްފާނެ ކަމެކެވެ. މި އަމަލުތައް އިތުރުވާނަމަ، މިފަދަ ހަމަލާތައް އިތުރުވެ މިޔަރާއި ރާއްޖެއާމެދު ވެސް މީހުން ދެކޭގޮތް ބަދަލުވެގެންދާނެއެވެ. މީގެ ގެއްލުން ލިބޭނީ ވެސް ފަތުރުވެެރިންނާއެކު މަސައްކަތް ކުރާ ތަންތަނަށެވެ.

ފީޗަރ ރިޕޯޓް

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2023

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"
18 ޖުލައި 2023

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!
30 ޖޫން 2023

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި
23 މެއި 2023

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟
27 ފެބުރުއަރީ 2023

ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!

27 ފެބުރުއަރީ 2023
ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!
10 ޖެނުއަރީ 2023

މޫލާފައިވާ ޕެލެޓުތައް!

10 ޖެނުއަރީ 2023
މޫލާފައިވާ ޕެލެޓުތައް!
23 ޑިސެމްބަރު 2022

1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟

23 ޑިސެމްބަރު 2022
1.9 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލު ކުރެވޭނެ؟
10 ޑިސެމްބަރު 2022

މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!

10 ޑިސެމްބަރު 2022
މަސްވެރިންގެ ކަންބޮޑުވުން، ޒުވާނުން މަސްވެރިކަމާ ދުރަށްދިއުން!
07 ނޮވެމްބަރު 2022

"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް

07 ނޮވެމްބަރު 2022
"ކޮން ތާކަށް ތިދަނީ؟ ވައްޓާލަދެންތަ؟" - މަގުމަތީގައި ފޮށުން އާދައިގެ ކަމަކަށް
03 ނޮވެމްބަރު 2022

އޮންލައިން ވިޔަފާރިތައް ކޮންޓްރޯލްކުރާނެ ބަޔަކުނެތް، މަނާ ތަކެތިވެސް ފާޅުގައި ވިއްކަނީ

03 ނޮވެމްބަރު 2022
އޮންލައިން ވިޔަފާރިތައް ކޮންޓްރޯލްކުރާނެ ބަޔަކުނެތް، މަނާ ތަކެތިވެސް ފާޅުގައި ވިއްކަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު