Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުން މަނާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 30 ޖޫން 2023 | ހުކުރު 08:05
ޕްލާސްޓިކް ކޮތަޅު

ޕްލާސްޓިކް ކޮތަޅު

ރާއްޖޭގައި އެއްފަހަރާ ބޭނުންކޮށް، އުކާލާ ޕާލްސްޓިކް ބޭނުންކުރުން މަދުކުރުމަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން، 18 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން "ކުނި މެނޭޖްކުރުގެ ޤާނޫނު" ގެ ދަށުން، ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅެއްގެ ފީގެ ގޮތުގައި 2 ރުފިޔާ ނަގަން ވަނީ ފަށައިފައެވެ. މި ފީ ނަގަން ފެށުމުން ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުރި ނަމަވެސް އެ ބަދަލުގެ ރަނގަޅު ނަތީޖާ މިހާރުވެސް ވަނީ ފެންނަން ފަށައިފައެވެ.

މީގެ ކުރިން ފިހާރައަކަށް ގޮސް ކިތަންމެ ކުޑަ އެއްޗެއް ގަތްކަމުގައި ވިޔަސް އެ ލާން ޕްލާސްޓިކް ކޮތަޅެއް ހޯދައެވެ. ގެއަށް ބޭނުންވާ ކާބޯތަކެތި ގަނެގެން ގެއަށް އަންނަނީ ތިން ހަތަރު ޖަންބޯ ޕްލާސްޓިކް ކޮތަޅު ހިފައިގެންނެވެ. ނަމަވެސް މިއަދު އެ މަންޒަރު ތަފާތުވެއްޖެއެވެ. މިއަދު ވިޔަފާރި ކުރަންދާނަމަ ގިނަ މީހުން ދަނީ ގެއިން ފޮތި ކޮތަޅެއް ހިފައިގެންނެވެ. ނުވަތަ ކޮތަޅަކަށް ނުލާ ގެންދެވޭ ގޮތަށް ހުރި އެއްޗެއްނަމަ ކޮތަޅެއް ބޭނުން ނުކުރެއެވެ.

ގިނަ ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅުތައް ބޭނުންކުރުން އެއްކޮށްހެން ހުއްޓާލައިފިއެވެ. ކައުންޓަރު ކައިރީގައި ކުރިން ފުނި ޖަހާފައި ހުރި ޕްލާސްޓިކް ކޮތަޅުތައް މިއަދު ހުރީ ފޮތި ކޮތަޅުތަކަށް ބަދަލުވެފައެވެ. މީގެ ސަބަބުން ފިހާރައިން އެއްޗެހި ގަނެގެން ކޮތަޅު ނަގާ ފަރާތްތަކުން ވެސް ގެއަށް ގެންދަން ޖެހެނީ ފޮތި ކޮތަޅެވެ. ޕްލާސްޓިކް ބޭނުން ކުރާ މިންވަރު މަދުކުރެވުނީއެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނެގުމަށް ޤާނުނަށް އިސްލާހު ގެނައީ ވެސް މި ބޭނުމުގައެވެ. ދިވެހިން ޕްލާސްޓިކް ކޮތަޅާ ދުރުކުރުމެވެ. ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބުކަމާ އެކީ އަމަލުކުރާ އެއް ސިޔާސަތު ކަމަށްވާތީ ވެސްމެއެވެ. ބައެއް ޤައުމުތަކުން ވަނީ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން އެއްކޮށްހެން މަނާ ވެސް ކޮށްފައެވެ.

ޕްލާސްޓިކަކީ އޭގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންނަށް ވެސް އެކި ގޮތްގޮތުން ނޭދެވޭ އަސަރު ކުރާ އެއްޗެކެވެ. އެގޮތުން ޕްލާސްޓިކް ކޮތަޅެއް ހަލާކުވުމަށް 30 އަހަރަށްވުރެ ގިނަ ދުވަސް ނަގައެވެ. ރާއްޖޭގެ ގޭބިސީތަކުން އުފައްދާ ކުނީގެ ތެރޭގައި ޕްލާސްޓިކް ކޮތަޅަކީ ވަރަށް ބޮޑު އިންސައްތައެއް ހިއްސާކުރާ އެއް ބާވަތެވެ.

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ރާއްޖޭގައި ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފައެވެ. މި ސިޔާސަތު ތަންފީޒުކުރަން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަހަރެއްގެ ތެރޭގައި ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅު، ނިސްބަތުން 50 އިންސައްތަ މަދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށިތާ އަދި މިވީ އެންމެ ދެ މަސްދުވަހެވެ. ބޭނުންވާ ވަރުގެ ނަތީޖާއެއް އަދި ނުފެެނު ނަމަވެސް މި ދެ މަސްދުވަހު ދިވެހިންގެ ވިޔަފާރިކުރުމުގެ އާދަތަކަށް އައި ބަދަލުތަކުން ދައްކުވައިދެނީ އުއްމީދީ މާދަމާއެކެވެ.

ފީޗަރ ރިޕޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

އަނެއްކާވެސް މިޔަރުގެ ހަމަލާއެއް، މިޔަރަށް ކާންދިނުން ހުއްޓާލާކަށްނުވޭތަ؟

23 ޖޫން 2023
މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

މީހަކު ކުށެއް ކުރުމުން އަމިއްލައަށް އަދަބު ކަނޑައެޅުން، ތިމާއާއި ކުށްކުރި މީހާއާ ހުރީ ކޮންތަފާތެއް؟

23 މެއި 2023
ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!

ތުނބުޅި ބާލަން މަޖުބޫރު ކުރުމަކީ ކުރީގެ ވިސްނުމެއް، މިހާރު ފަތުރުވެރިންވެސް މައްސަލައެއް ނުޖައްސާ!

27 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު