Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭކަޕް

އިތުރު ވަގުތު ކުޅެގެން ގްރީން ބަލިކޮށް، މާޒިޔާ އެފްއޭކަޕް ފައިނަލަށް

ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރަނީ ވެލެންސިޔާއާއި ސަސް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 18 އޯގަސްޓު 2022 | ބުރާސްފަތި 14:29
މާޒިޔާ ކުޅުންތެރިން - އެފްއޭކަޕް ފައިނަލްގައި ވާދަކުރާނެ

މާޒިޔާ ކުޅުންތެރިން - އެފްއޭކަޕް ފައިނަލްގައި ވާދަކުރާނެ

ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދައިގެން، އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މާޒިޔާ ޖާގަހޯދައިފިއެވެ.

މާޒިޔާ ފައިނަލުން ޖާގަހޯދީ 90 މިނިޓް ނިމުނުއިރު 1-1ން ދެ ޓީމް އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައި އިތުރު ދެ ގޯލް ޖަހައި، 3-1ން ކުރި ހޯދައިގެންނެވެ. އެކަމަކު 15 މިނިޓްގެ ދެހާފްވެސް ގްރީންއިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. މެޗުގެ 87 ވަނަ މިނިޓްގައި ކެޕްޓަން ރިލްވާން ވަހީދަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލަނޑު ޖަހައިގެން ފުރަތަމަ ލީޑް ނެގީ މާޒިޔާއިންނެވެ. މާޒިޔާއަށް ކުރިހޯދައިދިނީ އަކްރަމް އަބްދުލްޣަނީއެވެ. ގްރީންއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގައި ރަތްކާޑު ދެއްކި ރިލްވާން ވަހީދެވެ. ރިލޭ ނަތީޖާ ހަމަހަމަކުރީ ހިލޭޖެހުމަކުންނެވެ. ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގައި މާޒިޔާއަށް ފުރަތަމަ ކުރިހޯދައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. ތިންވަނަ ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް މޫސާ ޔާމީންއެވެ.

ފައިނަލްގައި މާޒިޔާ ވާދަކުރަންޖެހޭނީ ދެވަނަ ސެމީފައިނަލްގައި މިރޭ ވެލެންސިޔާއާއި ސަސް ވާދަކޮށް މޮޅުވާ ޓީމަކާއެވެ.

އެފްއޭކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
01 ނޮވެމްބަރު 2025

އޮޑިން ގްރީން ބަލިކޮށްފި

01 ނޮވެމްބަރު 2025
އޮޑިން ގްރީން ބަލިކޮށްފި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު