Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންހިއްކުން

ރައީސް މުއިއްޒު އަށް މި އަހަރުގެ ޖުލައި މަސް ނާންނާތީ ހުޅުދެލީގެ ބިން ހިއްކުމުގެ މަސައްކަތް އަދިވެސް ނުފެށޭ!

30 ސެޕްޓެމްބަރު 2025 | އަންގާރަ 08:22

ފެބްރުއަރީ މަހުގައި ރައީސް މުޢިއްޒު ވިދާޅުވީ ލަސްވެގެން ޖުލައި މަހުގައި ބިން ހިއްކަން ފެށޭނެ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ސެޕްޓެމްބަރު 2025 | އަންގާރަ 08:22
ޖުލައި މަހުގައި ދ. ހުޅެދެލީގައި ބިން ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ސަރަހައްދު

ޖުލައި މަހުގައި ދ. ހުޅެދެލީގައި ބިން ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ސަރަހައްދު

ލަސްވެގެން މިއަހަރުގެ ޖުލައި މަހު، ދ. ހުޅުދެލީ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެއީ ކޮން އަހަރެއްގެ ޖުލައި މަސްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެފަދަ ނިޝާނެއް ފެންނަން ނެތް ކަމަށް ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ލަސްވެގެން މިއަހަރުގެ ޖުލައި މަހު، ދ. ހުޅުދެލީ ފަޅުތެރެއިން ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ މަނިކުފާނު ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މި އަހަރުގެ ފެބްރުއަރީ މަހު ކުރެއްވި ދަތުރުފުޅުގައި 25 ފެބްރުއަރީގައި އެއަތޮޅު ހުޅުދެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ބިމުގެ ދަތިކަމަކީ، ހުޅުދެލީގެ ރައްޔިތުންނަށް ޙަޤީޤަތުގައިވެސް އެންމެ ބޮޑުވެފައި އޮތް މައްސަލަ ކަމަށެވެ. އަދި އެ ރަށުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް އެންމެ ބޮޑުމިނެއްގައި ބިންހިއްކައި، އެ ބިން ހިމާޔަތްކޮށްދިނުމަކީ، އެ ރަށުގައި ކުރިއަށް ގެންދަން، މި ސަރުކާރުން ކަނޑައަޅާފައި އޮތް އެންމެ މުހިންމު މަޝްރޫޢުކަމަށް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ހަފްތާތަކުގައި، މިކަމާ ބެހޭގޮތުން، ފައިނަލައިޒް ކުރަންޖެހޭ ކަންތައްތައް، އަޅުގަނޑުމެން ކުރިއަށް ގެންގޮސް ނިންމާނަން. އެމް.ޓީ.ސީ.ސީ.އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ އެކީގައި އެގްރިމަންޓަކާ ހަމައަށް ދިޔުމަށްޓަކައި ނިންމަންހުރި ބައެއް ކަންކަން އެބަހުރި. އެކަންކަން ނިންމައި، އިރާދަކުރެއްވިއްޔާ މި ފަޅުތެރެއިން ހިއްކޭނެ އެންމެ ބޮޑު ޖާގައެއް، އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓްގެ އޮންނަ މިންގަނޑުތަކަށް ފިޓްވާގޮތަށް، ހިއްކޭނެ އެންމެ ބޮޑުމިނަކަށް، އިރާދަކުރެއްވިއްޔާ ހިއްކައިދިނުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި އެންމެ ލަސްވެގެން، ޖުލައި މަހުގެ ތެރޭގައި އަޅުގަނޑު ފަށައިދޭނަން. ފަށައި، ހުއްޓާލާނީ އިރާދަކުރެއްވިއްޔާ ބާރު ސްޕީޑްގައި ގެންގޮސް ނިންމުމަށްފަހު. އެއްގޮތަކަށްވެސް އެކަމުގައި ދެން ތިޔަބޭފުޅުން އިންތިޒާރު ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ. އެހެންވީމާ، ޖުލައި މަހުގެ ތެރޭގައި، ނޫނީ އެއަށްވުރެވެސް އަވަހަށް ފެށޭ ކަމުގައިވަންޏާ ފަށައިދޭނަން. މި އަހަރުގެ މެދުތެރޭގައި ފެށިގެންގޮސް، ދާދި އަވަހަށް އެ މަޝްރޫޢު ނިންމޭނެ އެންމެ އަވަހަށް، ބާރު ސްޕީޑްގައި ގެންގޮސް ނިންމައިދީ، ހިމާޔަތްކޮށްދިނުމުގެ މަސައްކަތާ އެކީގައި ނިންމައިދޭނަން. އާދެ، އެއީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވެސް ތިޔަބޭފުޅުންނަށް ވީ އެންމެ މުހިންމު، އެންމެ ބޮޑު ވަޢުދަކީ.
ރައީސް ޑރ. މުހައްމަދު މުއިއްޒު - 25 ފެބްރުއަރީ 2025

ނަމަވެސް މިހާތަނަށް އައި އިރު ހުޅުދެލީގައި ބިން ހިއްކުމުގެ މަސައްކަތުގެ އެއްވެސް މަސައްކަތެއް ފަށާފައި ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ރައީސް އެރަށަށް ވަޑައިގެން ވިދާޅުވީ ހުޅުދެލި ފަޅުތެރެރިން ހިއްކެން އޮތް މިންވަރަކަށް ބިން ހިއްކައިދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޖުލައި މަހުގެ ނިޔަލަށް އަމަލީ މަސައްކަތް ފައްޓަވައި ދެއްވާނެ ކަމަށާއި، ނަމަވެސް ކޮން އަހަރެއްގެ ޖުލައި މަހެއްގައި ކަމެއް ރައީސް ވިދާޅު ނުވާ ކަމަށެވެ. އަދި ޖުލައި މަސް މީގެ 50 އަހަރު ފަހުންވެސް އަންނާނެ ކަމަށާއި، ރައްޔިތުންނަށް އެ ސާފެއް ނޫން ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ބިން ހިއްކުމާއި ގުޅޭ އެއްވެސް މަސައްކަތެއް މިހާތަނަށް ފަށާފައި ނުވާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު ވެސް އެއްވެސް ބަޔަކާއި މަސައްކަތް ހަވާލުކުރި ކަމެއް، ނުވަތަ ސޮއިކުރިކަމުގެ މައުލޫމާތެއް ކައުންސިލަށް ލިބިފައި ނުވާ ކަމަށެވެ. 18.4 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް އެރަށަށް ވަޑައިގަތުމުގެ 15 ދުވަސް ކުރިން ކައުންސިލަށް އެންގި ކަމަށާއި، ރައީސް ވަޑައިގެން ޖުލައި މަހުގެ ކުރިއަށް އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުހިނގާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސް މުއިއްޒުދ. ހުޅުދެލިއަހުމަދު ނާޒިމް ބިންހިއްކުންހުޅުދެލި ކައުންސިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
06 ޑިސެމްބަރު 2025

އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް

06 ޑިސެމްބަރު 2025
އުނގޫފާރުގެ ބިން ހިއްކި ސަރަހައްދުގައި ރިވެޓްމަންޓް ނުޖަހާ ހުރުމުގެ ސަބަބުން ނެރު ތިލަވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް