Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެމްކޯ

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

ހުޅުދެލި ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ހަވާލުކުރެވުނު ވެމްކޯއިން މިހާތަނަށް އެއްވެސް މަސައްކަތެއް ނުކުރޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 17:35
ހުޅުދެލީ ކުނި ގޮނޑު: ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ

ހުޅުދެލީ ކުނި ގޮނޑު: ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ ކަމަށާއި ބިން ސާފުކުރުން ފިޔަވައި އިތުރު މަސައްކަތެއް މިހާތަނަށް އެތަނުގައި ނުހިނގާ ކަމަށް ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ކުނި މެނޭޖް ކުރާ ސެންޓަރުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށި ކަމަށެވެ. އެއީ ފެބްރުއަރީގައި ރައީސް މުއިއްޒު އެރަށަށް ވަޑައިގެން ކަމަށެވެ. އަދި އެކަމަށް ކައުންސިލްގައި އެދުނީ ސައިޓް ހަމަޖައްސަން ކަމަށާއި، އެކަން ކޮށްފައިވާނެ ކަމަށެވެ. ނާޒިމް ވިދާޅުވީ ސެންޓަރަށް 5 މުވައްޒަފުން ނެގި ކަމަށާއި، އެ މުވައްޒަފުން ސައިޓް ސާފު ކުރި ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ސައިޓް ސާފު ކުރުމުގެ އިތުރުން އެތަނުގައި ހުރި ރުއްތަށް ނެގި ކަމަށާއި، އިތުރު އެއްވެސް މަސައްކަތެއް ނުހިނގާއިރު، އެތަނުގައި ހުރި ކުނިތައް ވެސް އަދިވެސް ހުރީ އެތަނުގައި ކަމަށެވެ. ހުޅުދެލި ކުނިމެނޭޖްކުރާ ސެންޓަރު ހިންގަން ހަވާލުކުރީ ވެމްކޯއާއެވެ. ނާޒިމް ވިދާޅުވީ އެ ސަރަހައްދަކީ ރައްޔިތުން ކުނިގޮނޑުގެ ގޮތުގައި ބޭނުން ކުރި ތަން ކަމަށާއި، ސައިޓް ހަވާލުކުރި އިރު ވެމްކޯއިން ބުނެފައި އޮތީ އެ ކުނި އެތަނުން ނަގާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައި އިރު އެއްވެސް އިތުރު މަސައްކަތެއް ކޮށްފައި ނުވެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ހުޅުދެއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމަކީވެސް އެމަނިކުފާނުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެ ދުވަހު ރައީސް ވަނީ ވެމްކޯއާއި އެ މަސައްކަތް ހަވާލުކުރެއްވިކަން އިއުލާން ކުރައްވާ އެކަމުގެ ޢަމަލީ މަސައްކަތް ފަށައި، ތަރުތީބު ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރެވިގެންގޮސް، ގިނަވެގެން ހަތަރުމަސް ދުވަހުގެ ތެރޭގައި، ނޫނީވިއްޔާ އެއަށްވުރެވެސް އަވަހަށް، އެންމެ ގިނަވެގެންވެސް ހަތަރުމަސް ދުވަހުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ހުރިހާ ކަމެއް، ވަސީލަތްތަކާއި، މުވައްޒަފުންނާއެކީ ހަމަކުރެވި ޚިދުމަތް ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް، ކުނީގެ މައްސަލަ ޙައްލުކުރުމަކީވެސް. އިރާދަކުރެއްވީތީ، މިއަދު އަޅުގަނޑުމެން މި ހަވާލުކުރީ، ސަރުކާރުގެ ކަމާބެހޭ ކުންފުންޏާ، މި ރަށުގެ ކުނި މެނޭޖްކުރަން. އެކަމުގެ ޢަމަލީ މަސައްކަތް ފަށައި، ތަރުތީބު ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރެވިގެންގޮސް، ގިނަވެގެން ހަތަރުމަސް ދުވަހުގެ ތެރޭގައި، ނޫނީވިއްޔާ އެއަށްވުރެވެސް އަވަހަށް، އެންމެ ގިނަވެގެންވެސް ހަތަރުމަސް ދުވަހުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ހުރިހާ ކަމެއް، ވަސީލަތްތަކާއި، މުވައްޒަފުންނާއެކީ ހަމަކުރެވި ޚިދުމަތް ފެށޭނެ. މިއަދު މި ހަވާލުކުރެވުނީ އެ މަސައްކަތް ފަށަން. އެހެންވީމާ، އެކަމަށްޓަކައިވެސް މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.
25 ފެބްރުައަރީ 2025، ހުޅުދެލި - ރައީސް ޑރ. މުހައްމަދު މުއިއްޒު

ކައުންސިލް ރައީސް ނާޒިމް ވިދާޅުވީ ވެމްކޯގެ މުވައްޒަފުން އެތަން ސާފުކުރި ފަހުން އެ ސައިޓަށް ވެސް ނުދާ ކަމަށެވެ. އެ މުވައްޒަފުން އުޅެނީ އެހެނިހެން ކަންކަމުގައި ކަމަށާއި، ސައިޓުގައި މަސައްކަތް ކުރާތަން ރައްޔިތުންނަށް ނުފެންނާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ސެންޓަރަކީ އެރަށަށް މުހިންމު ތަނެއް ކަމަށާއި، ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް މިހާތަނަށް އައި އިރު އެއްވެސް ސަރުރާކަށް ނުކުރެވުނު ކަމަށެވެ. އޭނާ ވިދާޅުވީ ކުނި ގޮނޑާއި ޖެހިގެން މީހުން ދިރިއުޅޭ ގެތައް ހުންނަ ކަމަށާއި، ރައްޔިތުންގެ ޝަކުވާތައް އިންތިހާއަށް އަންނަ ކަމަށެވެ. ނަމަވެސް ސަރުކާރުތަކުގައި ދަންނަވައިގެން އެކަމަށް ހައްލެއް ނުލިބޭ ކަމަށެވެ.

ދ. ހުޅުދެލިވެމްކޯއަހުމަދު ނާޒިމް ރައީސް މުއިއްޒުކުނި މައްސަލަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު