Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑީ ވޯން ކެމެރާ

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

މާލިއްޔަތު ކޮމިޓީން ޒެޓާގެ މައްސަލަ ބެލި އިރު އެ ކުންފުނީގެ އެއްވެސް ބަހެއް ނުހޯދާ ކަމަށް ޒެޓާއިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 17:34
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ

ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ

ފުލުހުންގެ ބޮޑީ ވޯން ކެމެރާ ގަތުމުގައި އޮޅުވާލި ކަމަށް ބުނެ ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ އެ ކުންފުނީގެ އެއްވެސް ބަހެއް ނުހޯދާ ކަމަށާއި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަޖިލީހުގައި އެ ކުންފުންޏާއި މެދު ދެއްކީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

19 ނޮވެންބަރު 2025 ގައި އޮތް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ 2 ގެ ބައްދަލުވުމުގައި ނާޒިމް ވަނީ އެ ކުންފުންޏަށް ނިސްބަތްކޮށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ނޫސްބަޔާނުން ނާޒިމްގެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަން ހާމަވެ އެވެ.

Advertisement - newsAdvertisement

ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން ޙަޤީޤަތް އޮޅޭ ގޮތަށް ނާޒިމް ވާހަކަ ދައްކަވާފައި ވާތީ އެކަމާއި މެދު އެ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކުންފުނިން ބުނީ 1400 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރގައި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް ޓެންޑަރ އެވޯޑު ނުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން މައިގަނޑު ގޮތެއްގައި ނިންމާފައި ވަނީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ޓެންޑަރ ކުރިއަށް ގެންދަން ނުފެންނާތީކަން އެނގޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑު "ކޮލިފައި" ނުވާތީ، އެއް ވެރިން ހިމެނޭ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑަށް މަސައްކަތް ޙަވާލުކޮށްގެން ގެންދިޔަ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، ކަން ހިނގާފައިވަނީ އެ ގޮތަށް ނޫންކަމަށް ޒެޓާ އިން ބުނެ އެވެ. ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ޓެންޑަރ އަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅައި އެކަން ކުރެވޭނެ މާލީ އަދި ފަންނީ ޤާބިލުކަން ހުރިކަން ސާބިތުކޮށްދިނުމުގެ ގޮތުން ލިޔެކިޔުން ވަނީ ހުށަހަޅާފަ އެވެ.

ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އޭރު ހުށަހެޅި ޕްރޮޕޯޒަލަކީ ވެސް 5 އަހަރުގެ ޕޭމަންޓު ޕްލޭންއަކާ އެކު ދައުލަތަށް މާލީ ގޮތުން ލުއިވާނެ ގޮތަކަށް ހުށަހެޅި ޕްރޮޕޯޒަލެކެވެ. ނަމަވެސް ނާޒިމް އެ ވާހަކަ ދެއްކީ ވަރަށް ބޮޑަށް އާއްމުންނަށް އޮޅޭ ގޮތަށެވެ.

މީގެ އިތުރުން މާލިއްޔަތު ކޮމިޓީގައި މައްސަލަ ބަަލައި ދިރާސާކުރި މުއްދަތުގައި ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް ބަހެއް ހޯދާފައިނުވާކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

މީގެ އިތުރުން ޕްރޮކިއުމަންޓް މަސައްކަތާއި ކެމެރާގެ ޓްރަޔަލް ޕްރޮސެސް ކުރިއަށް ގެންގޮސްފައިވާ ޓައިމްލައިނާ ހޯދަން ބޭނުންވާ ބްރޭންޑުގެ ބޮޑީ ވޯން ކެމެރާ ފޯރުކޮށްދިނުމުގެ އެކްސްކްލޫޒިވް ރައިޓްސް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ހޯދާފައިވާ ތާރީޚް ފުށުއަރާކަމަށް ފާހަގަކޮށްފައި ވަނީ، ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅައިފައިވާ AXON ގެ އެކްސްކްލޫޒިވް އަދި ސޯލް ޑިސްޓްރިބިއުޓަރޝިޕް ލިޔެކިޔުންތައް ރަނގަޅަށް ބެލުމެއްނެތި އާއްމުންނަށް އޮޅޭ ގޮތަށް ކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

1200 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރއަށް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން ޕްރޮޕޯޒަލް ހުށަހަޅައި، އެ ޓެންޑަރ ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑަށް އެވޯޑުކުރުމަށް ނެޝަނަލް ޓެންޑަރ ބޯޑުން ނިންމުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމުގައި ސޮއިކުރެވި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެންމެހައި ތަކެތި ފޯރުކޮށްދީ މަސައްކަތް ފުރިހަމަކޮށްފައިވެ އެވެ.

މި މަސައްކަތް ކުުރުމަށް ހުށަހެޅިފައިވާ އަގުގެ ތެރޭގައި 1200 ބޮޑީ ވޯން ކެމެރާ އަދި ގުޅުންހުރި އާލާތްތައް ފޯރުކޮށްދިނުމަށާއި، 1200 ބޮޑީ ވޯން ކެމެރާ އަދި ހާރޑްވެއަރ އަށް 3 އަހަރުގެ ވޮރެންޓީ ފޯރުކޮށްދިނުމަށާއި، ޑިޖިޓަލް އެވިޑެންސް މެނޭޖްމަންޓް ސިސްޓަމާއި އަދި ކެމެރާއާ ގުޅުންހުރި ލައިސެންސް އަދި މެއިންޓަނަންސް އަދި ސަޕޯޓް 4 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށާއި ބޮޑީ ވޯން ކެމެރާ ލައިވް ސްޓްރީމް މެދުކެނޑުމެއްނެތި ބޭނުންކުރެވޭގޮތަށް އިންޓަރނެޓްގެ ޚަރަދުތަކާއި ކެމެރާ ބޭނުންކުރުމާ ގުޅޭ އެންމެހާ ތަމްރީނުތައް ދިނުން ހިމެނެއެވެ.

ބޮޑީވޯން ކެމެރާ ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރއަށް ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ އެސްޓިމޭޓުގައި ލަފާކޮށްފައިވަނީ 48 މިލިއަން ރުފިޔާ ކަމަށާއި ފަހުން ހުށަހެޅީ ގާތްގަނޑަކަށް 66 މިލިއަން ރުފިޔާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ އިތުރުވުފައިވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވި އެވެ.

ނާޒިމް މި ވާހަކަ ވެސް ދައްކާފައި ވަނީ ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ކަން އެ ކުންފުނިން ފާހަގަކުރެ އެވެ. ބޮޑީވޯން ކެމެރާ ހޯދުމަށް ހުޅުވާލެވުނު އެއްވެސް ބީލަމަކަށް ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް އަދި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތުގެ އަގުގެ ގޮތުގައި 48 މިލިއަން ރުފިޔާ ހިމަނާ އެއްވެސް އިރެއްގައި ޕްރޮޕޯޒަލެއް ހުށަހަޅާފައެއް ނުވެ އެވެ.

1200 ބޮޑީވޯން ކެމެރާ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހޯދުމަށް ކުރިއަށް ގެންދެވުނު ޓެންޑަރގައި ޒެޓާ ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތުގެ އަގުގެ ގޮތުގައި ޓެކްސް ހިމެނޭ ގޮތަށް ހުށަހަޅައިފައިވަނީ 66.4 މިލިއަން ރުފިޔާއެވެ. މި އަދަދަށް އެއްވެސް ބަދަލެއް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންވެސް އަދި ފަހުންވެސް އައިސްފައިނުވެ އެވެ.

އަހުމަދު ނާޒިމް ޒެޓާ ޓެކްނޮލޮޖީސްބޮޑީ ވޯން ކެމެރާދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ބޮޑެތި މައްސަލަތައް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކަކު ނެތް: މެންބަރު ނާޒިމް

ބޮޑެތި މައްސަލަތައް ނިންމުމުގެ ގާބިލުކަން ހުރި ފަނޑިޔާރުން ކޯޓުތަކަކު ނެތް: މެންބަރު ނާޒިމް

18 ނޮވެމްބަރު 2025
ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް

ބަލިމަޑުކަމުން ސަލާމަތް ކުރުމަށް ތާރީހުގައި މިހާތަނަށް ނުފެންނަ ވަރަށް ފެސިލިޓީތަކުން މީހުން ހޭލުންތެރި ކުރުވުމަށް ދަނީ މަސައްކަތް ކުރަމުން: ހެލްތް މިނިސްޓަރު ނާޒިމް

14 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ

ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ

02 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު