Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ޗެމްޕިއަން ރެއާލްގެ ފެށުން އުނދަގޫ މޮޅަކުން

އަލަބާ ލަނޑު ޖެހީ ބެންޗުން އަރާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 15 އޯގަސްޓު 2022 | ހޯމަ 02:29
އަލަބާ ކެޕްޓަން ބެންޒިމާއާއެކު އުފާފާޅުކުރަނީ: ފޮޓޯ-ލަލީގާ

އަލަބާ ކެޕްޓަން ބެންޒިމާއާއެކު އުފާފާޅުކުރަނީ: ފޮޓޯ-ލަލީގާ

ލަލީގާގެ ޗެމްޕިއަން ރެއާލް މެޑްރިޑް އުނދަގޫ މޮޅަކުން އާ ސީޒަންގެ ލީގު ފަށައިފިއެވެ.

ލީގުގައި ރެއާލް މެޑްރިޑްގެ ފުރަތަމަ ފުޓުބޯޅަ މެޗު އަލްމީރިޔާއާ ވާދަކޮށް ކުރި ހޯދީ 2-1 ނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ރެއާލް ސިއްސުވާލީ އަލްމީރިޔާއިންނެވެ. ހަވަނަ މިނެޓުގައި އެޓީމަށް ކުރިހޯދައިދިނީ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ރަމަޒާނީއެވެ. ރެއާލްއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގައި ލުކަސް ވަޒުކުއޭޒް ޖެހި ލަނޑުންނެވެ. ރެއާލްއިން މެޗު ކާމިޔާބުކުރީ ހިލޭޖެހުމަކުން ޑޭވިޑް އަލަބާ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ބެންޗުން އަރާ އަލަބާ ފައިގަ ޖައްސާލި ފުރަތަމަ ބޯޅައެވެ. މެންޑީގެ ބަދަލުގައި އަލަބާ ކުޅެން ނުކުތީ 74 ވަނަ މިނިޓްގައެވެ. ލަނޑު ޖެހީ 75 ވަނަ މިނެޓުގައެވެ.

މެޗު ނިމުމުހެ ކުރިން ނަތީޖާ ހަމަހަމަކުރަން އަލްމީރިޔާއަށް ވެސް ފުރުޞަތު ލިބުނެވެ. މިމޮޅާއެކު ރެއާލް މެޑްރިޑް ވަނީ ސީޒަންގެ ފުރަތަމަ ރަސްމީ ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. ރެއާލް ވަނީ ޔުއެފާ ސުޕަރ ކަޕްގެ މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު