Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ޗެލްސީ އަތުން ބަލިވިޔަ ނުދީ ޓޮޓެންހަމް ސަލާމަތްކޮށްދިނީ ކޭން

ޓޮޓެންހަމުން ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ހަ މިނެޓުގެ ތެރޭގައި ކޭން ޖެހި ލަނޑުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އޯގަސްޓު 2022 | ހޯމަ 02:26
ޗެލްސީ އަދި ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

ޗެލްސީ އަދި ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗުގެ ފަހު ވަގުތުގައި ހެރީ ކޭން ޖެހި ލަނޑުން ޓޮޓެންހަމް ސަލާމަތްވެއްޖެއެވެ.

ލީގުގައި ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. ޗެލްސީގެ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ޖެހީ ކަލީދޫ ކުލިބާލީއެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ޗެލްސީ ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން މެޗުގެ 68 ވަނަ މިނެޓުގައި ޕިއޭ އެމީލް ހޮއިބިއާ ވަނީ ލަނޑެއް ޖަހައި ޓޮޓެންހަމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމު އެއްވަރުކޮށް އޮވެ ކުޅެނުން ދަނިކޮށް، ޗެލްސީން ވަނީ އިތުރު ލަނޑެއް ޖަހައި ދެ ވަނަ ފަހަރަށް ލީޑު ނަގާފައެވެ. އެއީ 77 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ރީސް ޖޭމްސް ޖެހި ލަނޑެކެވެ. އެ ލަނޑާއެކު ޗެލްސީ މޮޅުވާން ދަނިކޮށް، ޓޮޓެންހަމުން ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ހަ މިނެޓުގެ ތެރޭގައި ކޭން ޖެހި ލަނޑުންނެވެ.

މެޗަށްފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އާއި ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ރެފްރީ ވަނީ ދެ ކޯޗުންނަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. ފުރަތަމަ ރީނދޫ ކާޑު ދެއްކީ މެޗުގެ ތެރެއިންނެވެ.

ޕްރިމިއަރ ލީގުޗެލްސީޓޮޓްނަމް ހޮޓްސްޕަރހެރީ ކޭން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު