Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ މަޖިލީހުގެ ޑެލިގޭޝަނެއް ޓައިވާނަށް

ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ޗައިނާއިން ނުރުހުން ފާޅުކުރަމުންދަނިކޮށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޑެލިގޭޝަނެއް ޓައިވާނަށް

15 އޯގަސްޓު 2022 | ހޯމަ 02:16

ޕެލޯސީ ޓައިވާނަށް ވަޑައިގެންނެވުމުންވެސް ޗައިނާއިން ނުރުހުން ފާޅުކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 އޯގަސްޓު 2022 | ހޯމަ 02:16
ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ ޑެލިގޭޝަން

ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ ޑެލިގޭޝަން

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޗައިނާއިން ނުރުހުން ފާޅުކުރަމުންދަނިކޮށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ޑެލިގޭޝަނެއް ޓައިވާނަށް ވަޑައިގެންފިއެވެ.

މި ޑެލިގޭޝަން ޓައިވާނަަށް ވަޑައިގަތީ އާދީއްތަ ދުވަހުއެވެ. ޑެލިގޭޝަނުގައި ހިމެނޭ މެމްބަރުން ޓައިވާނުގައި ދެ ދުވަސް ހޭދަ ކުރާއިރު އެ ޤައުމުގެ ރައީސްއާ ވެސް ބައްދަލު ކުރައްވާނެއެވެ. މި ޑެލިގޭޝަނުގައި އިސްކޮށް ހަރަކާތްތެރިވަނީ ސެނެޓަރ އެޑް މަރކީ އެވެ. މަރކީ އާއެކު އިތުރު 4 މެމްބަރުން މި ދަތުރުފުޅުގައި ބައިވެރިވެވަވަޑައިގަންނަވައެވެ.

މިއީ ޗައިނާއިން އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ބުނި ފަހުން ޓައިވާނަށް ދަތުރު ކުރި ދެވަނަ ގްރޫޕެވެ. ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ޗައިނާއިން ވަނީ އެމެރިކާއާ އެކު ރާވާފައިވާ މަޝްވަރާތައް ވެސް މަޑުޖައްސާލާފައެވެ.

ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާއެކު ޗައިނާއިން ވަނީ ޓައިވާނު ކައިރީގައި އަސްކަރީ ހަރަކާތްތައް ވެސް ފަށައިފައެވެ. އެ ޤައުމުން ބުނެފައިވާ ގޮތުގައި މިއީ ތަމްރީން ހަރަކާތްތަކެކެވެ. ނަމަވެސް އެ ޤައުމުގެ މި ހަަރަކާތްތައް ކުރިއަށްގެންދަނީ ޓައިވާނާ ވަރަށް ކައިރީގައި ކަމަށާއި މީގެ ކުރިން އެހާ ކައިރީގައި ތަމްރީނުތައް ހިންގާފައިނުވާ ކަމަށް ޓައިވާނުން ވަނީ ބުނެފައެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ޑެލިގޭޝަންގެ ދަތުރުފުޅާ ގުޅިގެން ޓައިވާނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޗައިނާއިން ނުރުހުން ފާޅު ކުރަމުން އަންނަ ދުވަސްވަރެއްގައި އެފަދަ ޑެލިގޭޝަނެއް ޓައިވާނަށް ވަޑައިގަތުމުން ދޭހަވަނީ އެ ޤައުމަށް އެމެރިކާއިން ކުރާ ތާއީދު ކަމަށެވެ. މި ދަތުރުގައި އެމެރިކާ އާއި ޓައިވާނުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތައް ކުރާނެ ކަމަށް ވެސް ޓައިވާނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އެމެރިކާޗައިނާނޭންސީ ޕެލޯސީގެ ޓައިވާން ދަތުރުފުޅު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް