Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮލިމްޕަހުގެ މަސައްކަތް

ކަނޑައެޅިފައިވާ ތާރީޚަށް އޮލިމްޕަސް ގެ މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން އެބައޮތް: ތޯރިގް

އޮލިމްޕަސް ނިންމަން ސަރުކާރުން ބޮޑު އިސްކަމެއްދޭ: ތޯރިގް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 އޯގަސްޓު 2022 | އާދީއްތަ 17:35
ފިލްމް އެސޯސިއޭޝަންގެ އަހަރީދުވަސް ފާހަގަކުރުމުގެ ހަފްލާގެ ތެރެއިން

ފިލްމް އެސޯސިއޭޝަންގެ އަހަރީދުވަސް ފާހަގަކުރުމުގެ ހަފްލާގެ ތެރެއިން

އޮލިމްޕަސް ސިނަމާ މަރާމާތުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާ، ކުރިން ކަނޑައަޅާފައިވާ ގޮތަށް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަން ހުޅުވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.

ފިލްމް އެސޯސިއޭޝަންގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ތޯރިގް ވަނީ އޮލިމްޕަސް ބަންދުކޮށްފައި ހުރުމުން ފިލްމީ ދާއިރާގެ މަސައްކަތް ތަކަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެތަނުގެ މަސައްކަތް އަވަސް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި، އެކަމަށް ބޭނުންވާ ބަޖެޓް ވެސް ހަމަޖެއްސީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިސްނެންގެވުމުގެ މަތިން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ކޯވިޑް-19އާއި ގުޅިގެން އޮލިމްޕަސް ބަންދުކުރުމަށްފަހު އެތަނުގައި ބޮޑެތި މަރާމާތުތަކެއް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި ވަނީ 2021 ވަނަ އަހަރުއެވެ. މި މަސައްކަތުގެ ތެރެއިން އޮލިމްޕަސް އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޮލިމްޕަހުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ނިންމުމަށް ކަނޑައަޅާފައިވީ ނަމަވެސް އޮލިމްޕަހުގެ މަސައްކަތް ނިންމާ ހުޅުވާނެ ވަކި ތާރީހެއް މިހާތަނަށް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ސިނަމާ ކަމަށްވާ އޮލިމްޕަސް ހުޅުވާފައި ވަނީ 1959 އަހަރެވެ.

އޮލިމްޕަސްމޯލްޑިވްސް ފިލްމް އެސޯސިއޭޝަން

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

10 ސެޕްޓެމްބަރު 2025
މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!
27 އޮކްޓޯބަރު 2023

ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމަށް ފިލްމް އެސޯސިއޭޝަނުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

27 އޮކްޓޯބަރު 2023
ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމަށް ފިލްމް އެސޯސިއޭޝަނުން ގިނަ ހަރަކާތްތަކެއް ބާއްވަނީ
05 އޯގަސްޓު 2023

"ފިލްމު އެވޯޑްސް" ބާއްވާ ތާރީޚު ފަސްކޮށްފި

05 އޯގަސްޓު 2023
"ފިލްމު އެވޯޑްސް" ބާއްވާ ތާރީޚު ފަސްކޮށްފި
06 ފެބުރުއަރީ 2023

އޮލިމްޕަހަށް ގެނައި ބަދަލާއެކު ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފިލްމް ބަލާލުމުގެ ފުރުސަތު!

06 ފެބުރުއަރީ 2023
އޮލިމްޕަހަށް ގެނައި ބަދަލާއެކު ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފިލްމް ބަލާލުމުގެ ފުރުސަތު!
05 ފެބުރުއަރީ 2023

އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ

05 ފެބުރުއަރީ 2023
އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު