Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮލިމްޕަސް މަރާމާތުކުރުން

މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

މިހާރު ކުރިއަށްދަނީ އޮލިމްޕަސް އެތެރޭގެ މަސައްކަތްތައް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2022 | އާދީއްތަ 09:44
އޮލިމްޕަސް

އޮލިމްޕަސް

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތް ނިންމައި، މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކުރާމް ވިދާޅުވެއްޖެއެވެ.

ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން މީގެ ކުރިން ބުނެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޮލިމްޕަސް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެ މުއްދަތު ފަހަނައަޅާ ދިޔުމުން ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން އިކްރާމް ވިދާޅުވީ ލަސްތަކެއް އައިސްފައިވަނީ ޝިފިންގ ޑިލޭތަކުގެ ސަބަބުން ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އޮލިމްޕަސް އެތެރޭގެ މަސައްކަތްތައް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޮލިމްޕަސް އިމާރާތުގެ އާބާތުރަ ފިލުވައި، ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރޗް 8 ވަނަ ދުވަހުއެވެ.

އެންސީއޭ އިން ބުނީ އޮލިމްޕަސް އިމާރާތުގެ ބޭރު ފާރުތަކާއި، ހުޅަނގު ފަރާތު ކޮރިޑޯގެ ފާރުތައް މަރާމާތުކޮށް ކުލަލުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އޮލިމްޕަހުގެ ހުޅަނގު ފަރާތުގައި ކުރިން ބޭނުންކުރި އޭޓީއެމް ހުރިބައި އޮލިމްޕަހުގެ ކެންޓީނެއްގެ ގޮތުގައި ބޭނުންކުރުމަށް އެތެރޭގެ ފާރުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަރައްގީކުރަމުންދާކަމަށެވެ.

އެންސީއޭ އިން ބުނީ އޮލިމްޕަސް ހޯލްގެ ސަވައިލަންސް ކޮންޓްރޯލް އާއި މެނޭޖްމެންޓް ރޫމްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ޕްރޮޖެކްޓަރާއި ހޯލްގެ ސަރައުންޑް ސައުންޑް އިންސްޓޯލް ކުރުމަށް ސިންގަލްސޯސް ބިޑެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ބަޔަކު ހޯދައި އޭޕްރިލް 18 ވަނަ ދުވަހު އެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލާއި ގުޅިގެން ގާނޫނާއި ގަވާއިދުގެ ތެރެއިން ބިޑް ކޮމިޓީން ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެންސީއޭ އިން ބުނެއެވެ.

މީގެއިތުރުން ރިހާސަލް ރޫމްތަކާއި، ކަރަންޓު ވައިރިންގެ މަސައްކަތް ކުރެވެމުންދާކަމަށް އެންސީއޭ އިން ބުނެއެވެ. ރީހާސަލް ރޫމްތަކާއި ހޯލުގެ އެކޯސްޓިކް މެޓީރިއަލް ހޯދުމަށް ބަޔަކާ ހަވާލުކޮށް އެފަރާތައް މަސައްކަތް ކުރިއަށްނުގެންދެވުމުން އެ ފަރާތާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް އެންސީއޭ އިން ބުނެއެވެ. އަދި މިހާރު އެ މަސައްކަތް އެސްޓީއޯ އާ ހަވާލުކޮށްގެން ކުރިއަށްގެންދާކަމަށް ބުނެފައިވެއެވެ.

އޮލިމްޕަހުގައި ހިންގާ އެކި ހަރަކާތްތައް އިޝްތިހާރުކުރުމަށް އޮލިމްޕަހުގެ މައި ގޭޓް މަތީގައި ލެޑް ޕެނަލެއް ބެހެއްޓުމަށް އިއުލާނުކޮށް، އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށް ވެސް އެންސީއޭ އިން ބުނެއެވެ.

އެންސީއޭއިން ބުނީ އޮލިމްޕަހުގެ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ބައެއް ފަރާތްތަކުގެ މަސައްކަތް ލަސްވެފައިވަނީ ކޮވިޑް-19 އާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބޭރުން ގެންނަންޖެހޭ ތަކެތި ނުގެނެވި ލަސްވަމުންދާތީ ކަމަށެވެ.

އޮލިމްޕަސް ހޯލް އަޕްގްރޭޑިން ޕްރޮޖެކްޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މަޝްރޫއެކެވެ.

އޮލިމްޕަސްމިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

10 ސެޕްޓެމްބަރު 2025
"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

07 ފެބުރުއަރީ 2023
އޮލިމްޕަހަށް ގެނައި ބަދަލާއެކު ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފިލްމް ބަލާލުމުގެ ފުރުސަތު!

އޮލިމްޕަހަށް ގެނައި ބަދަލާއެކު ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފިލްމް ބަލާލުމުގެ ފުރުސަތު!

06 ފެބުރުއަރީ 2023
އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ

އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ

05 ފެބުރުއަރީ 2023
ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

04 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު