Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އޮލިމްޕަސް

އޮލިމްޕަހަށް ގެނައި ބަދަލާއެކު ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފިލްމް ބަލާލުމުގެ ފުރުސަތު!

މިހާރު އިންނަނީ މަތިން ތިރިއަށް ފައިބާ ސްކްރީނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2023 | ހޯމަ 02:10
އޮލިމްޕަސް

އޮލިމްޕަސް

ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ބޮޑު ބަދަލުތަކެއް ގެނައުމަށްފަހު އޮލިމްޕަސް އަލުން ހުޅުވާފައިވާއިރު އާންމުން އެންމެ އެނގެން ބޭނުންވީ އެތަނަށް ގެނެސްފައިވާ ބަދަލުތަކަކީ ކޮބައިކަމެވެ. ބޮޑު މަރާމާތަކަށް ފަހު އޮލިމްޕަސް އަލުން ހުޅުވާފައި މިވަނީ އެތަން ބަންދުކޮށްފައި ހުންނަތާ ތިން އަހަރު ދުވަސް ފަހުންނެވެ. އެގޮތުން، އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުން ހިންގާފައިވާ މަޝްރޫއެކެވެ. ސަރުކާރުން ވަނީ ނޫސްވެރިންނަށް އޮލިމްޕަހުގައި މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތްތައް ދައްކާލާފައެވެ.

އެގޮތުން ޓިކެޓް ކައުންޓަރު ވަކި ތަނަކަށް ބަދަލުކުރެވިފައިވާއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފިލްމް ބަލާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. ފުރޮޅުލީ ގޮނޑި ވެއްދޭގޮތަށް ތަނުގައި ވަކިން ރޭމްޕެއް ހަރުކުރެވިފައިވާއިރު އެފަދަ މީހުންނަށް ޚާއްސަ ފާޚާނާއެއް ވެސް ވަނީ ޤާއިމުކޮށްފައެވެ. މިއީ ފިލްމް ބަލަން ބޭނުންވެ، ނުބެލިފައި ތިބި މީހުންނަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެކެވެ.

އޮލިމްޕަސް މަރާމާތު ކުރަން ފެށިއިރު އެތަނަށް ހުރީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޮލިމްޕަހުގެ ބޭރުގައި ހުރި ގަސްތަކެއްގެ ސަބަބުން ކޮރިޑޯގައި ހުރި ޝީޓުތަކަށް ވަރަށް ބޮޑަށް ފެނުގެ އަސަރުކޮށްފައި ހުއްޓެވެ. އިމާރާތް ހަދާފައިވަނީ ކޮންކްރީޓް ކުރުމަށް ބޭނުންކޮށްފައި ހުރި އުވަ ބޭނުންކޮށްގެން ކަމަށްވާއިރު ފާރުތަކުގައި ވެސް ބޭނުންކޮށްފައިވަނީ އުވަ އާއި ހިރިގަލެވެ. އަދި އުވައިގެ ތެރެއަށް ފެންވަނުމުން ޝީޓުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި ހުއްޓެވެ. އޭގެ ސަބަބުން އޮލިމްޕަސް ހޯލް ތެރެއަށް ވެސް ވިއްސާރައިގެ އަސަރު ވެސް ކުރަމުން ދިޔައެވެ. އެހެންނަމަވެސް މިހާރު ޝީޓުތަކަށް ހުރީ ކެމިކަލް ޓްރީޓްމަންޓެއް ދީފައެވެ. ހުރިހާ ޝީޓެއްގައި އެއްކޮށް މުށީގެ ކަވަރެއް ދެވިފައިހުރިއިރު ޝީޓްތައް ވަނީ ރައްކާތެރިކޮށްފައެވެ.

އަދި މިހާރު ތަނުގެ ކޮންޓްރޯލްގައި ބޭނުންކުރަނީ އެންމެ ފަހުގެ ޑިޖިޓަލް މިކްސަރެކެވެ. މީގެކުރިން މިއުޒިކް ޝޯތައް ބާއްވާއިރު ވަރަށް ބޮޑަށް އަޑު އެކޯވި ނަމަވެސް މިހާރު އެކަން ވެސް ހައްލުވެގެންދާނެއެވެ. ހޯލްގައި އެކޫސްޓިކް ޕެނަލްތައް މިހާރު ވަނީ ހަރުކޮށްފައެވެ. ހޯލުގައި ވަށައިގެން ފެންނަން ހުރީ ކުލަ ލާފައި ހުރި ފާރުތަކެއް ނޫނެވެ. އެއީ މިބުނާ އެކޫއިސްޓިކް ޕެނަލްތަކެވެ.

ސައުންޑާއި ލައިޓްގެ ސެޓްއަޕް ހެދިފައި ހުރުމުގެ ސަބަބުން ޝޯ ބާއްވަން އަންނަ މީހުންނަށް މިހާރު ވަކިން ސައުންޑާއި ލައިޓް ހަދާނެ ބަޔަކު ހޯދާކަށް ނުޖެހޭނެއެވެ. އެ ޙިދުމަތް މިހާރު އޮލިމްޕަހުން ލިބެން ހުންނާނެއެވެ. ކުރިން ހޯލުގައި ތަޅުމެއް ހުއްޓަސް ކާޕެޓަށް މިހާރު ވަނީ އެއްކޮށް ބަދަލުކޮށްފައެވެ. އެކަންކޮށްފައިވަނީ ސައުންޑަށް ވިސްނުމަށްފަހުގައެވެ. ކޮންޓްރޯލް ރޫމުގައި ވެސް ބޭނުންކޮށްފައިވަނީ އެންމެފަހުގެ މިކްސަރެވެ.

ކުރިން ބޭނުންކުރަމުން އައި ފާރުގައި ހުރީ ހުޅުވާލެވޭ ސްކްރީނެކެވެ. އެހެންނަމަވެސް މިހާރު ހުންނާނީ މަތިން ތިރިއަށް ފައިބާ ސްކްރީނެކެވެ. އޭގެ ސަބަބުން މިހާރު މިއުޒިކް ޝޯއެއްގެ ތެރެއިން ފިލްމެއް ދައްކަން ބޭނުންވިޔަސް އެކަން ކުރަން ފަސޭހަވެގެންދެއެވެ.

އޮލިމްޕަހުގައި މިހާރު އިން ޕްރޮޖްކްޓަރަކީ ވެސް އެންމެ ޒަމާނީ ފެންވަރުގެ ބަރކޯ ބްރޭންޑްގެ ޕްރޮޖެކްޓަރެކެވެ. ފިލްމް ޕްރޮޑިއުސަރެއް ފަސް ޝޯ ދައްކަން ބޭނުންވާކަމަށްވާނަމަ ފަސް ޝޯއަކަށް ދޭ ކީއެއް ޖަހާލުމުން ފަސް ޝޯއަށް ޕްރޮޖެކްޓަރުން ފީޑުވާނެއެވެ. އެއަށްވުރެން އިތުރަކަށް ނުވެސް ދެއްކޭނެއެވެ. އަދި ފިލްމްގެ އިތުރު ކޮޕީއެއް ވެސް ނުހެއްދޭނެއެވެ. ޕްރޮޖެކްޓަރުން އެންމެ ދަށް ކޮލެޓީގައި ވެސް ފިލްމް ދެއްކޭނީ އެޗްޑީ ފޯމެޓްގައެވެ. ޝޯތައް އަތުރާލުމުން ސްކްރީނުން އޮޓޯއިން ހަމަޖައްސާފައި އިންނަ ގަޑިއަށް ފިލްމް ފަށާނެއެވެ.

މީގެއިތުރުން ފާނާނުން ބޭނުންވާނެހެން ހީވާނެހާ ވަސީލަތްތައް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން މިއުޒީޝަނުންނަށް ޕްރެކްޓިސް ކޮށްލެވޭ ގޮތަށް ކޮޓަރިއެއް ވަނީ ފަރުމާކޮށްފައެވެ. މި ތަނުގައި ޑްރަމް ސެޓާއި ކީބޯޑާއި މޮނީޓަރު ސިސްޓަމެއް ވެސް ހުރެއެވެ. މިފަދަ ތިން ކޮޓަރިއެއް އެ ތަނުގައި ހުރެއެވެ. މީގެ އިތުރުން ނެށުންތެރިންނަށް ނަށާ ކޮޓަރިއެއް ވެސް ތަނުގައި ހުރެއެވެ. މި ދެތަނުން ވެސް ގަޑީއިރަކަށް ނަގަނީ 100 ރުފިޔާއެވެ. އެންސީއޭގެ ވެބްސައިޓް މެދުވެރިކޮށް ތަނުގެ ބުކިންގ ހެއްދޭނެއެވެ. މީގެއިތުރުން ފިލްމް ބަލަން ދާ މީހުންނަށް ޚާއްސަ "ސެނެކް ކައުންޓަރެއް" ވެސް މިހާރު ތަނުގައި ހުރެއެވެ.

ކުރިއަރަމުން އަންނަ ފަންނާނުންނަށް ފުރުސަތު ހުޅުވައިދިނުމުގެ ގޮތުން ބެކްޔާޑްގައި ފަންނާނުންނަށް ސްޓޭޖެއް ވަނީ ޤާއިމުކޮށްފައެވެ. މިތަނުގައި އެމީހުންނަށް ޝޯތައް ދެވޭނެއެވެ. އަދި ޝޯއިން ލިބޭ ފައިސާ ވެސް އެމީހުންނަށް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ދާއިރާގައި ހަރަކާތްތެރިވާ އެކި މީހުން މަޝްވަރާ ކުރާނެ ތަނެއް ވެސް ވަކިން ހަމަޖައްސާފައިވެއެވެ. އަދި ތަނުގައި ކެފޭއެއްގެ ޚިދުމަތް ލިބެން ހުރިއިރު ސެކިއުރިޓީ ކަންތައްތައް ވެސް ވަނީ ވަރުގަދަކޮށްފައެވެ. އެކި ދިމަދިމާ ފެންނަގޮތަށް އޮލިމްޕަހުގައި 31 ސެކިއުރިޓީ ކެމެރާ ވެސް ވަނީ ހަރުކޮށްފައެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޮލިމްޕަސް ހުޅުވާފައިވާއިރު މިއީ މިހާރު ކޮންމެ މީހަކު ވެސް ގޮސް ފިލްމް ބަލާލަން އެންމެ ރަނގަޅު މަންޒިލަކަށް ވާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އޮލިމްޕަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

10 ސެޕްޓެމްބަރު 2025
އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ

އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ

05 ފެބުރުއަރީ 2023
ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

04 ފެބުރުއަރީ 2023
އޮލިމްޕަސް ކުއްޔަށް ދިނުމަށް ހުޅުވާލައިފި

އޮލިމްޕަސް ކުއްޔަށް ދިނުމަށް ހުޅުވާލައިފި

16 ޑިސެމްބަރު 2022
މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

06 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު