Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނބުލޮ ފިލްމް

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

ދިވެހި ފިލްމްގެ މަޤުބޫލުކަން އިތުރުވެފައިވާއިރު، މި ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތަކުން ފުރުވާލާފައެވެ. އަދި ފިލްމްގެ ޓިކެޓްތަކަށް ޑިމާންޑް ބޮޑުވެ މާލޭގެ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯތަކުގެ ތެރެއިން ގިނަ ޝޯތަކެއް މިހާރު ވަނީ ހައުސްފުލްވެފައެވެ.

"ކަނބުލޮ" ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2025 | ބުދަ 13:12
ކަނބުލޮ ފިލްމު މި ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދައްކާނެ

ކަނބުލޮ ފިލްމު މި ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދައްކާނެ

ކާމިޔާބު ދިވެހި ފިލްމް "ކަމަނާ" ގެ ޓީމުން މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކޮށް ބެލުންތެރިންގެ ތަރުޙީބު ބޮޑުވެފައިވާ ދިވެހި ފިލްމް "ކަނބުލޮ" މި ހަފްތާ ބަންދުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 56 ޝޯ އަޅުވާނެ ކަމަށް ކަނބުލޮ ފިލްމް އުފައްދާ ސެޓާން ސްޓޫޑިއޯ އިން ބުނެފިއެވެ.

މިހާރުވެސް އޮލިމްޕަހުގައި ހައުސްފުލް ޝޯތަކެއް ދައްކަމުންދާ "ކަނބުލޮ" ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުން ދާއިރު، މި ހަފްތާ ބަންދަކީ މި ފިލްމް އެކީ އެއްފަހަރާ އެންމެ ގިނަ ޝޯތަކެއް އަޅުވާނެ ދުވަސްތައް ކަމަށް އެ ސްޓޫޑިއޯ އިން މައުލޫމާތުދެއެވެ. އެގޮތުން އައްޑޫ ސިޓީ ގައި ނިމިދިޔަ ހަފްތާގައި ފިލްމް ސްކްރީން ކޮށްފައިވާތީ، އައްޑޫ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި މި ހަފްތާ ބަންދުތެރޭ ފިލްމް ދައްކާނެ ކަމަށް ސެޓާން ސްޓޫޑިއޯ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން، އަވަށްޓެރި ސްރީ ލަންކާގައިވެސް ފިލްމް ސްކްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement - newsAdvertisement

"މާލެ އާއި ސްރީލަންކާގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ހަފްތާ ބަންދުތެރޭ ފިލްމް ސްކްރީން ކުރުމަށް މިވަނީ ތައްޔާރުވެފަ. ވީކެންޑްގަ އެކަނި 56 ޝޯއަކީ މެނޭޖް ކުރަންވެސް އުނދަގޫ ކަމެއް. ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެންގެ ޓީމުން މީހުން ދަތުރުކޮށް ސްކްރީން މިކުރަނީ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑުމެން ދެކެނީ. މިކަމުގައި ރަށްރަށުގެ އެޖެންޓުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން" – ސެޓާރން ސްޓޫޑިއޯ

ދިވެހި ފިލްމްގެ މަޤުބޫލުކަން އިތުރުވެފައިވާއިރު، މި ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތަކުން ފުރުވާލާފައެވެ. އަދި ފިލްމްގެ ޓިކެޓްތަކަށް ޑިމާންޑް ބޮޑުވެ މާލޭގެ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯތަކުގެ ތެރެއިން ގިނަ ޝޯތަކެއް މިހާރު ވަނީ ހައުސްފުލްވެފައެވެ.

މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ޝުޢޫރު ފާހަނގަކޮށްފައިވާ އިރު، މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމަޢު އަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، ފިލްމްގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް، ފިލްމީ ދާއިރާ އަށް ނިސްބަތްވާ އެންމެ ފުންނާބު އުސްފަރާތްތަކުންވެސް ވަނީ ފާހަނގަ ކޮށްފައެވެ.

އޮލިމްޕަސް ޓިކެޓް ކައުންޓަރުން ފިލްމްގެ ޓިކެޓް ވިއްކަމުންދާއިރު، ރޭގަނޑު 8:30 ގެ ޝޯގެ އިތުރުން ބަންދުވަސްތަކުގެ 11:30 ގެ ޝޯތައް ހުޅުވާލާއި ޓިކެޓް ވިއްކަން ފަށައިފައިވާކަމަށް ސެޓާން ސްޓޫޑިއޯގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވެއެވެ.

"ކަނބުލޮ" ފިލްމަކީ ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ މައްޗަށް ތައްޔާރުކޮށް ސެޓާން ސުޓޫޑިއޯ އާއި ކިޑް ޕްރޮޑަކްޝަން އިން ގުޅިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މިފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ އެވެ.

މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޑައިރެކްޓަރ ހުސެން މުނައްވަރު އެވެ މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ކަނބުލޮ ފިލްމުގެ ޕްރޮޑިސަރަކީ ކާމިޔާބު ފިލްމް "ކަމަނަ" ފިލްމުގެ ޕްރޮޑިއުސާރ އަލީ ޝާނިޒް މުހައްމަދު އެވެ.

ކަނބުލޮ ފިލްމްސެޓާން ސްޓޫޑިއޯހުސެއިން މުނައްވަރުއޮލިމްޕަސްޖިންސީ ގޯނާރާއްޖެ-ސްރީލަންކާ

ކޮމެންޓް

އިތުރަށް ކިޔާލަން

 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

01 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު