Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައުޒިއްޔާ ނިޔާވުން

ފިލްމީ ތަރި ފައުޒިއްޔާ ނިޔާވެއްޖެ

ފައުޒިއްޔާ ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަތާ 35 އަހަރަށްވުރެ ގިނަ އަހަރު ވަނީ ވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 އޯގަސްޓު 2022 | އަންގާރަ 07:15
ފިލްމީ ތަރި ފައުޒިއްޔާ ހަސަން

ފިލްމީ ތަރި ފައުޒިއްޔާ ހަސަން

މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ހަސަން (އުއްސަކުރު ފައުޒިއްޔާ) ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފައުޒިއްޔާ ނިޔާވެފައިވަނީ ސްރީލަންކާގައި މެޔަށް ކުއްލި ތަދެއް އަރައިގެން ފަރުވާދެމުންދަނިކޮށެވެ. އޭނާ ދިރިއުޅެމުންދިޔައީ ލަންކާގައެވެ.

Advertisement - newsAdvertisement

ފައުޒިއްޔާ ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަތާ 35 އަހަރަށްވުރެ ގިނަ އަހަރު ވަނީ ވެފައެވެ. ފައުޒިއްޔާ ނިޔާވުމާއި ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ މީހުންގެ އިތުރުން އާންމުންވެސް ގެންދަނީ އެކަމުގެ ހިތާމައިގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ފައުޒިއްޔާ އާންމު ގޮތެއްގައި ފިލްމުތަކުން ފެނިގެންގޮސްފައިވަނީ މަންމަގެ ރޯލުންނެވެ. ގިނަ ފިލްމުތަކުންނާއި ޑްރާމާ ސީރީޒްތަކުން ވެސް ފައުޒިއްޔާ ފެނިގެންގޮސްފައިވެއެވެ.

އިންޑިޔާގެ އައިއެސްއާރު ސިއްރުތަކެއް ޕާކިސްތާނަށް ފޯރުކޮށްދޭން އުޅުނު ކަމަށް ތުހުމަތުގައި ފައުޒިއްޔާގެ އިތުރުން މަރިޔަމް ރަޝީދާ ހައްޔަރުކޮށް ކެރެލާ ޖަލެއްގައި ތިން އަހަރުވަންދެން ބަންދުކޮށްފައި ބެހެއްޓިއެވެ. 1994 ވަނަ އަހަރު ހިނގި މިހާދިސާ އެ ގައުމުގެ ތަހުގީގީ މައި އިދާރާ ކަމަށްވާ ސީބީއައި އިން ކުރި ތަހުގީގުން އެނގުނީ އެއީ ކެރަލާ ފުލުހުން އަމިއްލައަށް އުފައްދަން އުޅުނު މައްސަލައެއް ކަމަށެވެ.

ފައުޒިއްޔާ ނިޔާވިއިރު މިކަމުގެ ގެއްލުމުގެ ބަދަލު ހޯދުމަށް އެމައްސަލަ އިންޑިޔާ ސަރުކާރަށް ވަނީ ހުށަހަޅާފައެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަންފައުޒިއްޔާ ހަސަން

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2023

ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމަށް ފިލްމް އެސޯސިއޭޝަނުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

27 އޮކްޓޯބަރު 2023
ފަލަސްތީނަށް އެހީވުމަށް ފަންޑު ހޯދުމަށް ފިލްމް އެސޯސިއޭޝަނުން ގިނަ ހަރަކާތްތަކެއް ބާއްވަނީ
05 އޯގަސްޓު 2023

"ފިލްމު އެވޯޑްސް" ބާއްވާ ތާރީޚު ފަސްކޮށްފި

05 އޯގަސްޓު 2023
"ފިލްމު އެވޯޑްސް" ބާއްވާ ތާރީޚު ފަސްކޮށްފި
14 އޯގަސްޓު 2022

ކަނޑައެޅިފައިވާ ތާރީޚަށް އޮލިމްޕަސް ގެ މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން އެބައޮތް: ތޯރިގް

14 އޯގަސްޓު 2022
ކަނޑައެޅިފައިވާ ތާރީޚަށް އޮލިމްޕަސް ގެ މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން އެބައޮތް: ތޯރިގް
29 ޖުލައި 2022

ފިލްމް އެސޯސިއޭޝަންގެ ޗެއަރޕަރސަންއަށް ޝިވާޒް އިންތިޚާބުވެއްޖެ

29 ޖުލައި 2022
ފިލްމް އެސޯސިއޭޝަންގެ ޗެއަރޕަރސަންއަށް ޝިވާޒް އިންތިޚާބުވެއްޖެ
24 މެއި 2017

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެ

24 މެއި 2017
އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު