Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮލިމްޕަހުގެ މަސައްކަތް

އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ

ހަވާލު ކުރެވިފައިވާ ބައެއް މަސައްކަތްތައް ނުނިންމައިގެން ސިންގަލް ސޯސް އުސޫލުން މަސައްކަތްތައް ވަނީ ހަވާލުކުރެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2022 | އަންގާރަ 07:36
އޮލިމްޕަސް - އަންނަ މަހު އެތަނުގެ މަސައްކަތް އެއްކޮށް ނިމޭނެ

އޮލިމްޕަސް - އަންނަ މަހު އެތަނުގެ މަސައްކަތް އެއްކޮށް ނިމޭނެ

އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނިޔަލަށް އޮލިމްޕަސް ނިމޭނަކަމަށް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެފައިވަނީ، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށަހެޅުއްވި ސުވާލުގެ ޖަވާބުގައެވެ.

މިނިސްޓަރު ވިދާޅުވީ އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އޮލިމްޕަހުގައި ހިންގޭ ހަރަކާތްތައް އިސްތިހާރުކުރުމަށް އޮލިމްޕަހުގެ މައި ގޭޓް ކުރިމަތީގައި ލެޑް ޕެނަލް ހަރުކޮށްފައިވާ ކަމަށެވެ. އަދި ޕެނެލްގެ ވަށައިގެން ޖަހާ ކްލެޑިންގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އޮލިމްޕަހުގައި ޑާންސް ޕްރެކްޓިސް ރޫމްގެ ފާރުތަކުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސައްކަތް ނިމުމުން ފްލޯރިން އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އަދި އޮލިމްޕަސް ހޯލާއި، ރިހާސަލް ރޫމަށް ބޭނުންވާނެ އެކޯސްޓިކްސް ޓްރީޓްކުރާ މެޓީރިއަލް ހޯދުމަށް ހަވާލުކުރި ފަރާތުން އެ މަސައްކަތް ކުރެވެން ނެތްކަމަށް އެންގުމުން އެ މަސައްކަތް 16 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ސިންގަލް ސޯސް އުސޫލުން އެހެން ފަރާތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޮލިމްޕަސް ހޯލުގައި ފިލްމް ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރަކާއި 7.1 ސަރައުންޑް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ފަހަރަށް އިއުލާންކޮށްގެން ވެސް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ މި މަސައްކަތް ސިންގަލް ސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދާ 16 އޮކްޓޯބަރު 2022 ވަނަ ދުވަހު ނިޔަލަށް ނިންމުމަށް މި މަސައްކަތް އެފަރާތާ ހަވާލުކޮށް އެގްރީމެންޓްގައި ސޮއިކުރެވިފައިވާ ކަމަށެވެ.

އޮލިމްޕަހުގައި ފިލްމް ސްކްރީންކުރުމަށް ރިކެރެކްޓަބަލް ސްކްރީނެއް ހޯދުމަށް 3 ފަހަރު އިއުލާންކޮށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ ސިންގަލް ސޯސްކޮށް ސްކްރީންއެއް ހޯދުމަށް 16 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ބަޔަކާ ހަވާލުކޮށް އެގްރީމެންޓްގައި ސޮއިކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓޭޖް ލައިޓާއި ސައުންޑް ކޮންޓްރޯލް ގާއިމްކުރުމަށް ހަދާ ޕްލެޓްފޯމް ގާއިމްކުރުމަށް ހަވާލުކުރެވިފައިވާ ފަރާތުން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފެށިފައި ނުވާތީ އެ އެއްބަސްވުން ބާތިލްކޮށް 17 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް އެހެންފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވިއެވެ.

ސައުންޑާއި ލައިޓް ހޯދުމަށް ބަޔަކާއެކު މަޝްވަރާ ކުރެވި އިކުއިޕްމަންޓްގެ ޓެކްޓިކަލް ސްޕެސިފިކޭޝަންތަކާއި އަގުތައް ހޯދިފައިވާ ކަމަށާއި، ކޯޓޭޝަންތައް ބިޑް ކޮމިޓީއަށް ފޮނުވުމުގެ މަރުހަލާގައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޮލިމްޕަސް ބެކްޔާޑުގައި މިއުޒިޝަނުންނަށް، މިއުޒިކް ހަރަކާތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ސްޓޭޖެއްގެ ޑިޒައިން ނިންމާ ބެކްޔަރޑްގައި ކުރަން ހުރި އެހެން މަސައްކަތްތައް ރާވާ އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

އޮލިމްޕަސްމިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންހުސައިން ފިރުޝާން / މަޑަވެލި ދާއިރާގެ މެންބަރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު