Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮލިމްޕަސް އަލުން ތަރައްޤީކުރުން

އޮލިމްޕަސް އަލުން ތަރައްޤީ ކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާ އަށް ލިބޭ ޝަރަފެއް: އިންޑިއާ އެމްބަސީ

މަޝްރޫޢުގެ ސަބަބުން އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީ އުފެއްދުމާއި ޑިސްޓްރިބިއުޝަންގައި ފަންނާނުން ހޯދުންތައް ހެޔޮގޮތުގައި ބޭނުންކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2023 | އާދީއްތަ 13:00
އޮލިމްޕަސް އަލުން ހުޅުވުމުގެ ރަސްމިއްޔާތު

އޮލިމްޕަސް އަލުން ހުޅުވުމުގެ ރަސްމިއްޔާތު

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ސްކީމްގެ ދަށުން 8 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން އޮލިމްޕަސް އަލުން ތަރައްޤީކުރުމުގައި ބައިވެރި ވެވުމަކީ އިންޑިއާއަށް ލިބޭ ޝަރަފެއް ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނެފިއެވެ.

އެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ފަންނާނުންނަށް ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި މަރާމާތުގެ މަސައްކަތްތަކާއި ޒަމާނީ ވަސީލަތްތަކާއި ސްޓޫޑިއޯތަކާއި އާލާތްތައް ބެހެއްޓުން ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

މި މަޝްރޫޢުގެ ސަބަބުން އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީ އުފެއްދުމާއި ޑިސްޓްރިބިއުޝަންގައި ފަންނާނުން ހޯދުންތައް ހޯދާ، އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ވަސީލަތްތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.

ފިލްމު ސްކްރީނިންގ ގެ އިތުރުން އާންމުކޮށް މިއުޒިކާއި ތިއޭޓަރު ޝޯތަކުގެވެސް ފެންވަރުމަތިވެގެން ދިޔުމުން ބެލުންތެރިންގެ ބައިވެރިވުން އިތުރުވެ، ފަންނާނުންނަށް މާލީ ގޮތުން ފައިދާ ކުރާނެކަމެއްކަން ފާހަގަކޮށް އެމްބަސީން ބުނީ މިއީ ލޯކަލް ތިއޭޓަރާއި ކޮންސެޓް ފަދަ ކަންކަންއަލުން ދިރުވައި އާލާކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ސަޤާފީ ރޮނގުން އެއްބާރުލުން ފޯރުކޮށްދިނުމަކީ، ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން މިއުޒިކް ކްލާސްތައް ހިމެނޭ ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، މި ހަރަކާތުގައި ދިވެހިންގެ ވަރަށް ބޮޑު ބައިވެރިވުމެއް ފެނިގެންދެއެވެ. އިންޑިޔާ ސަރުކާރުގެ އެހީގެދަށުން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާ ގުޅިގެން، މާލޭގެ ހުކުރު މިސްކިތް މަރާމާތުކުރުމާއި، ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް ތަރައްޤީކުރުމާއި، ނޫނު ލަންދޫގައި ސައިޓް މިއުޒިއަމެއް ތަރައްޤީކުރުމާއި، ތ. އަތޮޅު ދިޔަމިގިލީ ގަނޑުވަރު މަރާމާތުކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދާ ކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

އަދި އޮލިމްޕަސް ތިއޭޓަރ އަލުން މަރާމާތުކުރުމަކީ އިންޑިޔާ-ދިވެހިރާއްޖެ ތަރައްޤީގެ ގުޅުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީކުރިއެރުވުމުގެ މަޝްރޫޢުތަކުގެ ފުރިހަމަ މިސާލެއްކަމަށް ބުނެފައި ވެއެވެ. އިންޑިއާއިން ދަނީ ހިލޭ އެހީގެ ދަށުން 16 އަތޮޅަކާއި 36 ރަށެއްގައި ހިންގާ މިފަދަ 46 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި އޭގެތެރެއިން އޮލިމްޕަސް ތިއޭޓަރު ހިމެނޭ ގޮތުން 23 ޕްރޮޖެކްޓެއް މިހާރު ވަނީ ނިމިފައި ކަންވެސް ފާހަގަ ކޮށްފައި ވެއެވެ.

1959 ވަނަ އަހަރު އިމާރާތްކުރި އޮލިމްޕަސް ތިއޭޓަރަކީ ރާއްޖޭގައި ޕާފޯމިންގ އާޓްސް އާއި މުނިފޫހިފިލުވުމަށް ޙާއްސަކޮށްފައިވާ ފުރަތަމަ އަދި އެންމެ ދުވަސްވީ އިމާރާތެވެ. ޤައުމީ ތަރިކައެއްގެ ގޮތުގައި ލިސްޓުކުރެވިފައިވާ މި ޢިމާރާތަކީ 1960 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ ފަންނުވެރިކަމާއި ޘަޤާފީ ޙަރަކާތްތައް ކުރި އެރުމަށް އެންމެ ބޮޑަށް އެހީތެރިވި މައި މަރުކަޒެވެ.

ޒަމާނުއްސުރެ ދިވެހި ފަންނާނުންނަށް - އެކްޓަރުންނާއި ފިލްމު އުފައްދާ ފަރާތްތަކާއި ޑްރާމާ ލިޔުންތެރިންނާއި ލަވަކިޔުންތެރިންނަށް ވެސް އެ މީހުންގެ ހުނަރު ތަރައްޤީކޮށް ދައްކާލުމުގެ ޕްލެޓްފޯމެއް އެތަނުންވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ ކަންކަން ފަހިކޮށްދީ، ރާއްޖޭގެ މިއުޒިކް ސީން އުފެދުނު އަހަރުތަކުގައި ކުރިއެރުވުމަށް ހިތްވަރު ދީފައިވެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޖައިޝަންކަރު ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި އިންޑިއާއިން ވަނީ ރާއްޖޭގައި އިތުރު ކޮމިއުނިޓީ ވެލްފެއާ ޕްރޮޖެކްޓްތައް ހިންގުމަށް އިތުރު 100 މިލިއަން ރުފިޔާ (6.5 މިލިއަން ޑޮލަރު) ދިނުމަށް ހަމަޖައްސާފަ އެވެ.

އޮލިމްޕަސްއިންޑިއަން ހައި ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން  ގޮވާލައިފި

ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި

16 އޮކްޓޯބަރު 2025
މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

މި ހަފްތާ ބަންދުތެރޭ ހުރިހާ އަތޮޅެއްގައި "ކަނބުލޮ" ގެ 56 ޝޯ ސްކްރީން ކުރަނީ!

10 ސެޕްޓެމްބަރު 2025
އޮލިމްޕަހަށް ގެނައި ބަދަލާއެކު ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފިލްމް ބަލާލުމުގެ ފުރުސަތު!

އޮލިމްޕަހަށް ގެނައި ބަދަލާއެކު ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފިލްމް ބަލާލުމުގެ ފުރުސަތު!

06 ފެބުރުއަރީ 2023
ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

04 ފެބުރުއަރީ 2023
އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި

އިންޑިއާ ކޭމްޕަށް ފުރާ އެތުލީޓުންނާ މިނިސްޓަރ މަޚްލޫފް އަދި އިންޑިޔާގެ ހައި ކޮމިޝަނަރު މުނޫ މަހާވާރު ބައްދަލުކުރައްވައިފި

14 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު