Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީ ހިޔާނާތް ހިންގީ ޔާމީނަށް ނޭނގިކަމަށް ގަބޫލުކުރަން ދަތި – ޝަރީފް

14 އޯގަސްޓު 2022 | އާދީއްތަ 07:51

މިކަން ހިނގައިދިޔައީ ޔާމީނަށް މައުލޫމާތު ނުލިބިކަމަށް ގަބޫލުކުރަން ދަތިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 އޯގަސްޓު 2022 | އާދީއްތަ 07:51
ރައީސް ޔާމީން، އަދީބު ނައިބްރައީސް ކަމަށް އައްޔަނު ކުރެއްވި ދުވަހު

ރައީސް ޔާމީން، އަދީބު ނައިބްރައީސް ކަމަށް އައްޔަނު ކުރެއްވި ދުވަހު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕިއާރުސީ) ގެ ހިޔާނާތް ހިންގި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގެން ނޫންކަމަށް ގަބޫލުކުރައްވަން ދަތިކަމަށް މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީންގެ އިތުބާރާއެކު އައްޔަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އަދީބު އެ ހިންގެވި ވަރުގެ ބޮޑު ހިޔާނާތެއް ހިންގިކަމުގައިވާ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެކިއެކި އިންޓެލިޖެންސް ރިޕޯޓްތަކާއި، މީހުން ދައްކާ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ޔާމީނަށް ލިބިވަޑައިގަންނަވާނެކަމާއި މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ. އަދި ލިބިވަޑައިނުގަންނަވާނަމަ އެއީ އިންޓެލިޖެންސްގެ ފެއިލިއަރއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކެމްޕެއިނަށް ފައިސާ ލިބިވަޑައިގަންނަވާ ވާހަކަ އަބަދުވެސް ރައީސް ޔާމީން ދައްކަވާ ކަމަށާއި، ކެމްޕެއިނަށް އެކި ގޮތްގޮތުން އަދި ބޭރުގައުމުތަކުން ވެސް ފައިސާ ލިބިވަޑައިގަންނަވާނެކަން ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު މިކަމުގައި ވިސްނާލަންޖެހޭ ކަމަކީ އަދި ޖަވާބުދާރީވާންޖެހޭ ކަމަކީ ވަކިވަކި ފަރުދުންނަށް ކެމްޕެއިން ކޮންޓްރިބިއުޝަންގެ ގޮތުގައި ލެވޭނެ އަދަދު ކަމަށެވެ.

ޝަރީފް ވިދާޅުވީ އަދީބު ހިންގި ބޮޑު ހިޔާނާތުގެ ޒިންމާ ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެއީ ރައީސް ޔާމީންގެ މަގާމުގައި ހުންނެވުމާއި، ދައުލަތާއި ރައީސްގެ އެންމެ އިސްވެރިއަކީ އެމަނިކުފާނުކަމުގައި ވާތީ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ އެމަނިކުފާނަށް އެނގިވަޑައިގެން ހިނގިކަމެއް ނޫން ކަމަށް ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނާއި މުއައްސަސާތަކަށް އެމަނިކުފާނު އައްޔަންކުރެއްވި ބޭފުޅުން ގެންދަވަނީ އެއީ އެމަނިކުފާނުގެ ބައިވެރިވުމާ އެކު މުޅި ދައުލަތް ބޭނުންކުރައްވައިގެން ކުރެއްވިކަމެއްގެ ގޮތުގައި ވިދާޅުވަމުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި، މަނީ ލޯންޑަރިންގެ މައްސަލައިގައި މިހާރު ވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާ، ކޯޓުގައި ޝަރީއަތްތައް ވެސް ކުރިއަށް އެބަދެއެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތްކުރީގެ ރައީސް ޢަބްދުﷲ ޔާމީންއަޙުމަދު އަދީބު

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
22 ސެޕްޓެމްބަރު 2025

އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ

22 ސެޕްޓެމްބަރު 2025
އަދީބުގެ ފޯނުން ލީކްވި 81،000 މެސެޖުން ފޮރުވިފައިވާ އެތައް ވާހަކައެއް ތިލަވެއްޖެ
02 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި

02 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ރަސްމީކޮށް އުވާލައިފި
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
27 އޮކްޓޯބަރު 2024

"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟

27 އޮކްޓޯބަރު 2024
"އެތިކޮޅެއް" ގެ ވާހަކަ ހަމަ ހަގީގަތަކީބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް