Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަވާދީއްތަ ދަތުރު

"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"

އަހަންނަކީ ވިޒިޓިންގ ޕްރިންސް އެއް ގޮތަށް އިހުސާސްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2022 | އާދީއްތަ 01:36
ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރުގެ ޚިޔާލު އެންމެ ފުރަތަމަ އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ މުލިއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު 7 ގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި ދިވެހިންގެ ސަގާފަތާއި ތަރިކަ ރައްކާތެރި ކުރުމަކީ، ކާބަފައިން އުޅުނު ގޮތާއި ކުރި މަސައްކަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކޮނޑުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ތަރިކައަކީ ވެސް އިގްތިސާދުގެ ބައެއް ކަމަށާއި ޓޫރިސްޓުން އެކި ގައުމުތަކަށް ދަތުރު ކުރާ ސަބަބަކީ ވެސް އެ ގައުމެއްގެ ސަގާފަތާއި ތަރިކަ ބަލައި ހޯދުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅުވައިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއްގެ ގެނައުމުގެ މަޤްސަދުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމުކޮށްގެން "ސަވާދީއްތަ ދަތުރު" ގެ ހަރަކާތް ފެށީ މިއަހަރުގެ ތެރޭގައެވެ. ކޮވިޑަށްފަހު މިފަދަ ހަރަކާތެއް ގޮންޖެހުމާއެކު ވެސް ވަނީ ޕްރޮމޯޓްކޮށްފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި މީހުންނަށް މި ދަތުރު ވެގެންދިޔައީ ނުލާހިކު ހިތްހަމަޖެހޭ، ހަނދާނުން ފޮހެލަން ދަތި ދަތުރަކަށެވެ. ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން މިހާރު ލޯންޗުކޮށްފައިވާއިރު މި ދަތުރުތައް ވެސް މި ބެލެވިގެންދަނީ އެހާމެ ކާމިޔާބު ދަތުރަކަށްވެގެންދާނެ ކަމަށެވެ.

ދެވަނަ އެޑިޝަން ލޯންޗުކުރުމަށްޓަކައި ބޭއްވި ކުޑަ ރަސްމިއްޔާތުގެ ތެރެއިން ވަނީ ސަވާދީއްތަ ދަތުރުގައި ބައިވެރިވި މީހުން ދަތުރާމެދު ދެކޭ ގޮތުގެ ވީޑިއޯއެއް ވެސް ގެނެސްދީފައެވެ. މައިގަނޑު ގޮތެއްގައި އެންމެން ވެސް ފާހަގަކޮށްފައިވަނީ ރާއްޖެއަކީ މެހެންމާންދާރީ ފުރިހަމަ ޤައުމެއްގެ ގޮތުގައެވެ. މި ވީޑިއޯއިން އަޅައިގަތީ ދެމީހަކު ބުނި ވާހަކައެކެވެ. އެއީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވިޔަސް މިއީ ބޮޑު ހިތެއް އޮތް ތަނެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ. ދެވަނަ މީހާ ބުނި ގޮތުގައި ރަށްރަށުން އެމީހުންނަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް ކުރިއަށް ދިޔަ ގޮތުން އޭނާއަކީ "ވިޒިޓިންގ ޕްރިންސް" އެއް ގޮތަށް އިހުސާސްވި ކަމަށެވެ. އެއީ މާފަތިންނާއި ސަޤާފީ ހަރަކާތްތަކުން އެމީހުންނަށް މަރުހަބާ ކިޔުމުންނެވެ. މީގެއިތުރުން ދަތުރުގެ އެހެން ބައިވެރިއަކު ބުނީ އޭނާ 26 ޤައުމަށް މިހާތަނަށް ޒިޔާރަތްކޮށްފައިވާއިރު މިފަދަ އިހުސާސެއް އޭނާ ކޮށްފައި ނުވާ ކަމަށެވެ.

ދަތުރުގެ ބައިވެރިންގެ ފަރާތުން މި ހަރަކާތާމެދު މިފަދަ ބަސްތަކެއް އިވުމުން ހަމަ ގައިމުވެސް ސަވާދީއްތަ ދަތުރަކީ ފަތުރުވެރިންނަށް ތަފާތު އުފާވެރި ދަތުރެއްކަން މިވަނީ އެނގިގެން ގޮސްފައެވެ. މީގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަމުން މުޅިން އެހެން ގޮތަކަށެވެ. ފަތުރުވެރިންނަށް ރާއްޖޭ އެނގިގެން ގޮސްފައިވަނީ ލަގްޒަރީ ރިސޯޓުތަކަށް އެކަންޏެވެ. އެހެންނަމަވެސް މިހާރު ފަތުރުވެރިކަން އިޝްތިހާރު ކުރަމުން އަންނަ ގޮތްތަކަށް މިވަނީ ބަދަލު އައިސްފައެވެ. ސަވާދީއްތަ ދަތުރަކީ މި ބަދަލަށް އިތުރުވެގެން ދިޔަ ބޮޅެކެވެ.

މި ދަތުރުގެ ސަބަބުން ފަތުރުވެރިންނަށް "އަސްލު ދިވެހިރާއްޖެ" އަކީ ކޮބައިކަން އެނގިގެން އެބަދެއެވެ. ރާއްޖޭގެ ސަޤާފީ ކަންތައްތަކާއި ރާއްޖޭގެ ކެއުންތަކުގެ ރަހަ އެމީހުންނަށް ލިބިގެން އެބަދެއެވެ. ބައިވެރިއަކު ސިފަކޮށްފައިވަނީ ރާއްޖެއަކީ ފޮރުވިފައިވާ ހަޒާނެއް ކަމަށެވެ. އަދި މި ދަތުރުގައި އެންމެން ވެސް ބައިވެރިވުމަށް އޭނާ ވަނީ އެދިފައެވެ. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ރަށްތައް ވެސް އިޝްތިހާރުވުމުގެ ފުރުސަތު އެބަ ލިބިގެންދެއެވެ. ރާއްޖޭގެ އެކި މަންޒިލްތައް ބަލާލުމުގެ އިތުރުން ރާއްޖޭގެ ސަގާފީ އެކި ކަންކަން ތަޖުރިބާކޮށްލަން މި ދަތުރުގައި ފަތުރުވެރީންނަށް ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބިގެންދާނެ ކަމެކެވެ. ހަމައެހެންމެ ރާއްޖޭގައި ޔޮޓުތައް ބަނދަރު ކުރާނެ ފަސޭހަ ބަނދަރުތަކުގެ މައުލޫމާތު ލިބި އެ މައުލޫމާތުތައް އެކި ކޮމިއުނިޓީތަކަށް ބައިވެރިން ހިއްސާ ވެސް ކުރެއެވެ.

ސަވާދީއްތަ ދަތުރަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ބަލައިގެންފައިވާ މުހިންމު ދަތުރަކަށްވާއިރު މި ދަތުރުގެ ދެވަނަ އެޑިޝަން 2023 ވަނަ އަހަރުގެ މާރޗް 1-13ށް ކުރިއަށްދާނެއެވެ. އެގޮތުން، މިފަހަރު ޔޮޓުތައް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުން ފެށިގެން އަރިއަތޮޅުގެ ރަށްތަކަށެވެ. ސަވާދީއްތަ ޕާސްޕޯޓުގައި، ދަތުރުކުރާ ކޮންމެ ރަށެއްގެ ކައުންސިލްގެ ސްޓޭމް ޖަހައިގެން، 2023 ވަނަ އަހަރު ވެސް ދަތުރުގެ ބައިވެރިން ރާއްޖެއިން ފުރައިގެންދާނީ އުފާވެރި ހަނދާންތަކާއެކު، ހިނިތުންވެގެން ތިބެކަން ޔަޤީނެވެ.

ސަވާދީއްތަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

16 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

01 މާރިޗު 2023
14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި

14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި

01 މާރިޗު 2023

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު