Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި

މިއީ 10 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2022 | ބުދަ 10:14
2022 ވަނަ އަހަރުގެ ސަވާދީއްތަ ދަތުރުގެ ބައިވެރިން ނޮޅިވަރަންފަރުގައި

2022 ވަނަ އަހަރުގެ ސަވާދީއްތަ ދަތުރުގެ ބައިވެރިން ނޮޅިވަރަންފަރުގައި

މޯލްޑިވްސް އިންޓެގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ފްލޭގްޝިފް-އިވެންޓް، 'ސަވާދީއްތަ ދަތުރު 2023 ދެވަނަ އެޑިޝަން' ގެ ލޯކަލް ޓުއަރ ގައިޑުން ނުވަތަ އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ސެޕްޓެމްބަރ 27 ވަނަ ދުވަހު ފަށައިފިއެވެ.

އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ކުރިއަށް ގެންދާ އާރުކާޓީން ތަމްރީނު ކުރުން ފަށާފއިވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ. މިތަމްރީނު ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ކިޔަވައިދެއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

2021 ވަނަ އަހަރެކޭ އެއްފަދައިން، މި އަހަރުވެސް ކުރިއަށް ގެންދެވޭ 10 ދުވަހުގެ މި ތަމްރީން ޕްރޮގްރާމުގެ އަމާޒަކީ، ސަވާދީއްތަ ދަތުރަށް ތައްޔާރުވުމުގެ ގޮތުން، މިދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި އާރުކާޓީން ތަމްރީނުކޮށް، ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، ރަށާއިބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމާއި، އަދި އެރަށްރަށުގައި ފަތުރުވެރިން ހޭދަކުރާ ވަގުތުތަކުގައި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޔަކު ތަމްރީނު ކުރުން ކަމަށް އެމްއައިޓީޑީސީން ބުނެފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތް ކުރިއަށް ގެންގޮސްފައިވަނީ 27 ސެޕްޓެންބަރު 2022 ވަނަ ދުވަހުގެ 14:00 ގައި ވާރޗުއަލްކޮން ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި، ސަވާދީއްތަ ދަތުރު 2023 ގައި ބަނދަރުކުރެވޭ ރަށްރަށުގެ ކައުންސިލްތަކުގެ މަންދޫބުންނާއި، 10 ރަށަކުން ޖުމްލަ 51 ދަރިވަރުންނާއި، އެމްއައިޓީޑީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އާރުކާޓީން ތަމްރީން ކުރުމުގެ މި ޕްރޮގްރާމަކީ އެމްއައިޓީޑީސީ އިން އިސްނަގައިގެން، އެފަރާތުގެ އެދިލެއްވުމަކަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމާއެކު، މޯލްޑިވްސް ޕޮލިޓެކްނިކުން ހިލޭ ކުރިޔަށް ގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ރަށްތަކާއި ރާއްޖޭގެ ފަތުރުވެރިކަމާއި، އާދަކާދަތަކާއި، އަދި ޚާއްސަ ގޮތެއްގައި ސަވާދީއްތަ ދަތުރު 2023 ބަނދަރުކުރެވޭ ރަށްރަށާއިބެހޭ މަޢުލޫމާތު ހިމެނޭ ފަދަ ގޮތަކަށް، ފަތުރުވެރިންނަށް ފުރިހަމަ މަޢުލޫމާތެއް ފޯރުކޮށްދެވޭނެ ފަދަ ޤާބިލް ބަޔަކު ތައްޔާރުކުރުމަށެވެ.

ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ސަގާފަތާއި، ޖަޒީރާ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާ ކުރުމަށް އަދި ގައުމުގެ ގުދުރަތީ ރީތިކަން ފަތުރުވެރިންނަށް ދައްކާލުމާއި، މީހުން ދިރިއުޅޭ ރަށްރަށް އިޝްތިހާރު ކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ދަތުރެކެވެ. ސެއިލް ޓޫރިޒަމާއެކު ކޮމިއުނިޓީ-ބޭސްޑް ޓޫރިޒަމް ކުރިއެރުވުމަށާއި، އެ ފައިދާތައް ބޭނުންކޮށްގެން، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ހިފަހައްޓާފައިވާ މަޤާމު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެކެވެ. މި ދަތުރު ފަށާނީ 1 މާރިޗު 2023 ގައި ނ.ލަންދޫންނެވެ. އެއަށްފަހު، ޅ.ހިންނަވަރު، ބ.ގޮއިދޫ، އއ.ތޮއްޑޫ، އއ.ރަސްދޫ، އއ.އުކުޅަސް، އދ.ދަނގެތި، އދ.ދިގުރަށުން ގޮސް ދަތުރު ނިމިގެންދާނީ އދ. މާމިގިލިއާ ހަމައަށެވެ.

ތަމްރީން ޕރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ މިފަދަ ބައިނަލްއަޤްވާމީ ރެލީއަކަށް އާރުކާޓީން ތަމްރީނުކުރަންޖެހޭ ބޭނުމާއި، މިފަދަ ތަމްރީނުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި އެކިއެކި ހަރުފަތްތައް ގިރާކުރަން ބޭނުންވާ ފަރާތްތަކަށް ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެން އަންނަ ކަމަށާއި، ކޮވިޑް19 އަށްފަހު، އަދުގެ ސަރުކާރުން 'ރިޒިލިއަންޓް ވޯކްފޯސް' އެއް ބިނާކުރުމަށް ކުރެވޭ މުޙިއްމު މަސައްކަތްތަކުގައި، މި ތަމްރީނު ޕްރޮގްރާމަކީ ވެސް އެ މަސައްކަތަށް އިތުރުވެގެން ދިޔަ ބޮޅެއް ކަމަށެވެ.

އަދި ހަމަ އެހެންމެ ސަވާދީއްތަ ދަތުރު އޮންނަ ދުވަހު، ތަމްރީނު ފުރިހަމަކޮށްފައި ތިބި ހުރިހާ އާރުކާޓީންވެސް، އެބޭފުޅެއް ތަމްޞީލުކުރައްވާ ރަށަކަށް އެދުވަހު ދުރުވެ، ފަތުރުވެރިންނަށް އެހީތެރިވުމުގެ މަސައްކަތްތަކުގައި ޝާމިލުވެ އުޅުއްވުމަށާއި، މި 10 ދުވަހުގެ ތަމްރީނު ޕްރޮގްރާމްގެ ބޭނުން، އެންމެ ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ރާއިދު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙު ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރުގެ ތެރެއިން، ސަވާދީއްތަ ދަތުރާއި އަދި އެ ދަތުރާއި ގުޅުންހުރި މިފަދަ އެންމެހާ މަސައްކަތްތަކެއް ތަރުތީބުވެގެން އަންނަނީ، އެ ތަޞައްވުރު ފުރިހަމަކުރެވި ކާމިޔާބު ކުރެވޭނެފަދަ ގޮތެއްގެ މަތީގައިކަން ރާއިދު ފާހަގަކުރައްވާ، ރައީސަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

މި ބައްދަލްވުމު ގައި މިނިސްޓަރ އޮފް ހަޔާރ އެޑިއުކޭޝަން އަލްފާޟިލް ޑރ. އިބްރާހިމް ހަސަން ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހަމަ އެންމެހާ ފަރާތްތަކެއްގެ އަގު ވަޒަން ކުރައްވާކަމަށާއި، އާރުކާޓީން ތަމްރީނު ޕްރޮގްރާމްގެ ދަރިވަރުންނަކީ، ދެ ޖިންސުގެ ވަރަށް ޒުވާން ބޭފުޅުންތަކެއްކަމުން މިދާއިރާއަށް ޒުވާނުން ކެރިގެން ނިކުމެފައިވާތީ، އެކަން ފާހަގަކުރައްވާ ތަމްރީނު ޕްރޮގްރާމްގެ އެންމެހާ ބައިވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި ސަވާދީއްތަ ދަތުރަކީ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއިން ހިންގާ އެންމެ ތަފާތު އަދި އެންމެ ރާއްޖެއާ ގުޅުންހުރި އިވެންޓު ކަމަށާއި، މި ދަތުރުގެ ސަބަބުން، މީހުން ދިރިއުޅޭ ގިނަ ރަށްތަކެއް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރެއްވި، ތަފާތު އެތައް ބައިވަރު ފުރުޞަތުތަކެއް ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި، އާއްމުންނަށް ފަހިގެން އަންނަކަން ފާހަގަ ކުރައްވާ، މި ތަފާތު ކޮންސެޕްޓަށް އެމްއައިޓީޑީސީގެ ޓީމަށް، މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން އައްސަރިބަހާއި ސާބަސްދެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި، މިދަތުރުގައި ފަތުރުވެރިން މުޅިންވެސް ޒިޔާރަތްކުރަނީ މީހުން ދިރިއުޅޭ ރަށްތަކަށްކަމަށްވާތީ، މިރަށްތަކުން ދިވެހިންގެ ޒަމާންވީ ދިރިއުޅުމުގެ އާދަކާދަތަކާއި، ތާރީޚާއި ޘަޤާފަތާއި، ކެއިންބުއިމުގެ ކަންކަން ހުންނަ ގޮތުގެ އިތުރުން، ދިވެހި ފަންނުވެރިކަމާއި މަސައްކަތްތައް ފަތުރުވެރިންނަށް ދައްކާލުމަށް މިއީ ލިބޭ ރަނުގެ ފުރުޞަތެއް ކަމަށާއި، ފަތުރުވެރިންނަށް ސާފު ތެދު އިބާރާތުން މިކަންކަން އޮޅުންފިލުވައިދޭން ތިބޭނެ ބަޔަކީ އާރުކާޓީންކަމަށްވާތީ، ފަތުރުވެރިކަމުގެ ހަޤީޤީ ދިވެހި އެމްބެސެޑަރުންނަކީ، ފަތުރުވެރިންނަށް ކަންކަން އޮޅުންފިލުވައިދޭ އާރުކާޓީންކަމަށްވާތީ، އެއީ ވަރަށް މާތް އަދި މުޙިއްމު މަސައްކަތެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން، ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކު ބާއްވަން ގަސްތުކޮށްފައިވާ ޔޮޓް ރެލީއެކެވެ. 2022 ވަނަ އަހަރު ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމުމަށްފަހު، 2023 ވަނަ އަހަރު އެމްއައިޓީޑީސީން ދެވަނަ އެޑިޝަނަށް ކުރިމަތިލީ ވަރަށް ބޮޑު އިތުބާރާއި އަޒުމަކާއެކުގައެވެ.

ސަވާދީއްތައެމްއައިޓީޑީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ

ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ

26 މާރިޗު 2023
ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

16 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

01 މާރިޗު 2023

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު