Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

މޫސުން ގޯސްވެއްޖެނަމަ ކަންތައްތައް ކުރާނެ ގޮތަކާމެދުވެސް ރަށްރަށުގެ ރައްޔިތުން ތައްޔާރުވެގެން ތިބި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 މާރިޗު 2023 | ބުރާސްފަތި 11:59
ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގެ ކަންތައްތައް، މޫސުން ގޯސްވިޔަސް ޝެޑިއުލާއެއްގޮތަށް ކުރިއަށްދާ ކަމަށް، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ސަވާދީއްތަ ދަތުރުގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދިޔަ ކަމަށާއި، މޫސުން ގޯސްވިޔަސް ޝެޑިއުލާއެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށް ދިޔަ ކަމަށް ރާއިދު ވިދާޅުވިއެވެ. މޫސުން ގޯސްވެއްޖެނަމަ ކަންތައްތައް ކުރާނެ ގޮތަކާމެދުވެސް ރަށްތަކުގެ ރައްޔިތުން ތައްޔާރުވެގެން ތިބިކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގެވެސް ރައްޔިތުންނާއި ކައުންސިލާއި ގެސްޓްހައުސްތަކުން ދީފައިވާ އެއްބާރުލުން ފާހަގަކުރައްވައި، ރާއިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރާއިދު ވިދާޅުވީ ދިގުރަށުގައި ތިބުމަށްފަހު ހުކުރު ދުވަހުގެ ފަތިހު ޔޮޓްތައް މާމިނގިއްޔަށް އަންނާނެ ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން، އެރަށުގައި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ކަމަށެވެ. އެގޮތުން ހުކުރުގެ ފަހުން ޔޮޓްތަކަށް މަރުހަބާ ކިޔާނެ ކަމަށާއި، އެރަށުގެ ރައްޔިތުން މުހައްމަދު ތަކުރުފާނުގެ ހަޔާތްޕުޅާ ގުޅޭ ޑްރާމާއެއްވެސް ގެނެސްދޭނެ ކަމަށާއި، ހަވީރު ސައެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ގާލާ ނައިޓް އދ. މާމިގިލީގައި ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އދ. ދިގުރަށުގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރާއިދު ވިދާޅުވީ، ވަރަށް ފުރިހަމައަށް ތުނޑީ ސަރަހައްދުގައި ރޭގަނޑުގެ ކެއުމެއް އެރަށުގެ ރައްޔިތުން ބައިވެރިންނަށް ތައްޔާރުކުރި ކަމަށެވެ. އަދި ވޯޓަރ ސްޕޯޓްސްގެ ހަރަކާތްވެސް ހިލޭ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިވަގުތު ޔޮޓްތައް ބަނދަރުކޮށްފައިވަނީ ދިގުރަށުގައި ކަމަށާއި، ވޭލް ޝާކް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދިޔަކަން ރާއިދު ފާހަގަކުރެއްވިއެވެ.

މިފަހަރުގެ ދަތުރުގައި ބައިވެރިން 8 ރަށަކަށް ދަތުރުކޮށްފައިވެއެވެ. އެ އެރަށްރަށަކީ; ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށެވެ. އަދި މި ދަތުރުގެ ފަހު މަންޒިލަކީ އދ. މާމިނގިއްޔެވެ.

ޖުމްލަ 14 ޔޮޓާއެކު ކުރިއަށްގެންދާ ސަވާދީއްތަ ދަތުރުގައި 7 ނެޝަނަލިޓީއަކަށް ރެޖިސްޓަރ ކޮށްފައިވާ ޔޮޓްތައް ބައިވެރިވެއެވެ. ސަވާދީއްތަ ދަތުރުގައި މި ފަހަރު މުޅިން އަލަށް ރާއްޖެއަށް ރެޖިސްޓަރކޮށްފައިވާ އުޅަނދުތައް ވެސް ބައިވެރިވެއެވެ.

ސަވާދީއްތަ

އިތުރަށް ކިޔާލަން

26 މާރިޗު 2023

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު
01 މާރިޗު 2023

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު
01 މާރިޗު 2023

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

01 މާރިޗު 2023
މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް
01 މާރިޗު 2023

14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި

01 މާރިޗު 2023
14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި
28 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް

28 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް
25 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި

25 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި
28 ސެޕްޓެމްބަރު 2022

ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި

28 ސެޕްޓެމްބަރު 2022
ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި
16 އޯގަސްޓު 2022

ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ

16 އޯގަސްޓު 2022
ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ
14 އޯގަސްޓު 2022

"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"

14 އޯގަސްޓު 2022
"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"
12 އޯގަސްޓު 2022

ސަވާދީއްތަ ޔޮޓް ރެލީ ގެ ދެވަނަ އެޑިޝަން ލޯންޗުކޮށްފި

12 އޯގަސްޓު 2022
ސަވާދީއްތަ ޔޮޓް ރެލީ ގެ ދެވަނަ އެޑިޝަން ލޯންޗުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު