Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ޔޮޓް ރެލީ ގެ ދެވަނަ އެޑިޝަން ލޯންޗުކޮށްފި

ދެވަނަ އެޑިޝަނުގައި މީހުން ދިރިއުޅޭ 9 ރަށަކަށް ދަތުރުކުރާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އޯގަސްޓު 2022 | ހުކުރު 14:32
ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ލޯކަލް ޓޫރިޒަމް އަށް ޚާއްސަކޮށްގެން މޯލްޑިވްސް އިންޓަގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށްގެންދާ ޔޮޓް ރެލީ، "ސަވާދީއްތަ ދަތުރު" ގެ ދެވަނަ އެޑިޝަން ލޯންޗުކޮށްފިއެވެ.

މި އެޑިޝަން ލޯންޗުކޮށްފައިވަނީ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިންނެވެ. މި އެޑިޝަން ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން އާއި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ބަަލައިގެންފައިވާ މުހިންމު ދަތުރެއް ކަމަށެވެ. ރާއިދު ވިދާޅުވީ 2023 ވަނަ އަހަރުގެ މާރޗް 1-13އަށް ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، މިފަހަރު ޔޮޓުތައް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުން ފެށިގެން އަރިއަތޮޅުގެ ރަށްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއިދު އިތުރަށް ވިދާޅުވީ މާރޗް މަހު މި ދަތުރުތައް ބޭއްވުމަށް ނިންމީ މޫސުމަށް ބަލާފައި ކަމަށާއި އެ މަހަކީ މޫސުމީ ކަންކަަމަށް ބަލާއިރު އެންމެ ގިނަ ޔޮޓްތައް ރާއްޖެއަށް ބަނދަރު ކުރާ މުއްދަތު ކަމަށެވެ. ސަވާދީއްތަ ޕާސްޕޯޓަކީ ވެސް ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުވިކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގެ ކަންކަން މިހާރު ކުރިއަށްދާއިރު އެ ހަރަކާތް ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަކުގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަން ރާއިދު ފާހަގަކުރެއްވިއެވެ. އެގޮތުން، ނ. އަތޮޅުން އަރިއަތޮޅާ ހަމައަށް މީހުން ދިރިއުޅޭ 9 ރަށަކަށާއި 2 ފަޅުރަކަށް ޔޮޓުތައް ދަތުރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ފަޅު ރަށްތަކަަށް ދަނީ ކޭމްޕް ކުރާ ގޮތަށް ކަމަށާއި ފުރަތަމަ އެޑިޝަން އައި އެއްގޮތަށް، ގާލާ ނައިޓް ބާއްވާނީ ރިސޯޓެއްގައި ކަމަށެވެ.

ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ގައި ޔޮޓުތައް ދަތުރުކޮށްފައިވަނީ ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށެވެ. މި ދަތުރުގެ ޑޮކިއުމެންޓްރީއެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މީގެ ސަބަބުން އެ ދަތުރުގެ ބައިވެރިން ދިޔަ ރަށްތައް ވަރަށް ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމަށް އެމްއައިޓީޑީސީ އިން ބުނެއެވެ.

ސަވާދީއްތަ

އިތުރަށް ކިޔާލަން

26 މާރިޗު 2023

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު
16 މާރިޗު 2023

ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

16 މާރިޗު 2023
ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ
01 މާރިޗު 2023

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު
01 މާރިޗު 2023

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

01 މާރިޗު 2023
މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް
01 މާރިޗު 2023

14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި

01 މާރިޗު 2023
14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި
28 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް

28 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް
25 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި

25 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި
28 ސެޕްޓެމްބަރު 2022

ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި

28 ސެޕްޓެމްބަރު 2022
ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި
16 އޯގަސްޓު 2022

ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ

16 އޯގަސްޓު 2022
ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ
14 އޯގަސްޓު 2022

"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"

14 އޯގަސްޓު 2022
"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު