Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދިއްތައިގެ ދެ ވަނަ އެޑިޝަން

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

ރާއިދު ވިދާޅުވީ މި އަހަރުގެ ސަވާދީއްތަ ދަތުރުގައި ޖުމްލަ 14 ޔޮޓް ބައިވެރިވާ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 މާރިޗު 2023 | ބުދަ 06:09
ސަވާދިއްތަ ދަތުރު

ސަވާދިއްތަ ދަތުރު

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ލަންދޫ އިން ފަށާފައިވާއިރު އެ ދަތުރާމެދު ކުރާ އުންމީދުތައް ވަރަށް ބޮޑު ކަމަށް އެ ދަތުރު އިންތިޒާމްކުރާ  އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސަވާދިއްތަ ދަތުރު ރަސްމީކޮށް ފެށުމަށް ނ.ލަންދޫގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ރާއިދު ވިދާޅުވީ މި އަހަރުގެ ސަވާދީއްތަ ދަތުރުގައި ޖުމްލަ 14 ޔޮޓް ބައިވެރިވާ އިރު 7 ނެޝަނަލިޓީއަކަށް ރެޖިސްޓަރ ކޮށްފައިވާ ޔޮޓްތައް އެ ދަތުރުގައި ބައިވެރިވާ ކަމަށެވެ. އެ ދަތުރު އަހަރަކަށް ވުރެ އަހަރެއް ފުޅާވެގެން ދިއުމަކީ ކުރައްވާ އުންމީދުކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރު ވެސް މި ދަތުރުގެ ތެރެއިން 9 ރަށަށް ދިއުމަށް ހަމަޖެހިފައި ވާއިރު ކޮންމެ ރަށަކުން ވެސް އެ ރަށެއްގެ ސަގާފަތާއި އާދަކާދައާ ގުޅުން ހުރި ކަންކަން ދަތުރުގެ ބައިވެރިންނަށް ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ރަށްފުށުގެ ދިިރިއުޅުމާއި ދިވެހިންގެ ދިރިއުޅުމުގެ ސާދާކަމާއި ސަގާފީ ކުލަތައް ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މިއީ ހަގީގީ މާނައިގައި ރާއްޖެ ދުނިޔެ އަށް ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ވިދާޅުވީ ރާއްޖޭގެ ދިރިއުޅުން ފެންނަ ގޮތަށް އިންތިޒާމުކުރާ ސަވާދީއްތަ ފަދަ ހަރަކާތެއްގައި ބައިވެރިވުމަށް ލަންދޫ އަށް ފުރުސަތު ލިބުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މި ދަތުރުގެ އެހީގައި ލަންދޫ ފަތުރުވެރިކަމަށް ހުޅުވާލެވި އެކަމުން ރަށަށް ފައިދާ ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހާރޫނުގެ އިތުރުން ލަންދޫ ކައުންސިލްގެ ނައިބު ރައީސް މަންސޫރު މުހައްމަދު ވެސް ވަނީ ސަވާދީއްތަ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލަންދޫ އަށް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ލަންދޫ އަކީ މުއްސަނދި ތާރީހަކާއި ސަގާފަތެއް އޮތް ރަށެއް ކަމުން ރަށަށް ފަތުރުވެރިން އައިސް ރަށާއި ގުޅުން ހުރި ކަންކަން ބުނެދޭން ފުރުސަތު ލިބުމަކީ ރަށަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

ސަވާދީއްތައިގެ މިފަހަރުގެ ދަތުރު ކުރިއަށް ދާނީ މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ސަވާދިއްތަ ދަތުރުގައި މި ފަހަރު މުޅިން އަލަށް ރާއްޖެ އަށް ރެޖިސްޓަރކޮށްފައިވާ އުޅަނދުތައް ވެސް ބައިވެރިވެއެވެ. މިފަހަރު 9 ރަށަކަށް ދަތުރުކުރެއެެވެ. އެ އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިލިއެވެ.

ސަވާދީއްތަމުހައްމަދު ރާއިދު އެމްއައިޓީޑީސީ

އިތުރަށް ކިޔާލަން

26 މާރިޗު 2023

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު
26 މާރިޗު 2023

ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ

26 މާރިޗު 2023
ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ
16 މާރިޗު 2023

ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

16 މާރިޗު 2023
ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ
01 މާރިޗު 2023

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

01 މާރިޗު 2023
މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް
01 މާރިޗު 2023

14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި

01 މާރިޗު 2023
14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު