Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި

ސަވާދީއްތަ ދަތުރު މާރޗް 1ގައި ފަށާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ފެބުރުއަރީ 2023 | ހޮނިހިރު 14:46
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް

ސަވާދީއްތަ ދަތުރު 2ގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފިއެވެ.

މިއަހަރުގެ ސަވާދީއްތަ ދަތުރު މާރޗް 1ގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މިއަހަރުގެ ދަތުރު ފަށަނީ ނ. ލަންދޫއިންނެވެ.

Advertisement - newsAdvertisement

މި ދަތުރު އިންތިޒާމުކުރާ ފަރާތް ކަމަށްވާ، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ބުނީ ދަތުރުގައި ބައިވެރިވާ ޔޮޓުތައް މިހާރު ލަންދޫގައި ބަނދަރުކުރަން ފަށާފައިވާކަމަށެވެ.

ފެބްރުއަރީ 25 ވަނަ ދުވަހު 2 ޔޮޓެއް ލަންދޫގައި ބަނދަރުކޮށްފައިވާކަމަށާއި، 26ގައި ވެސް 2 ޔޮޓެއް ބަނދަރުކުރާނެ ކަމަށް އެމްއައިޓީޑީސީން މައުލޫމާތުދެއެވެ. އަދި 28 ވަނަ ދުވަހުގެ މެންދުރު ކުރިން ހުރިހާ ޔޮޓެއް ލަންދޫގައި ބަނދަރުކުރާނެ ކަމަށް އެމްއައިޓީޑީސީން ބުނެއެވެ.

މި ދަތުރު ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެމްއައިޓީޑީސީ އެޑްވާންސް ޓީމު ވަނީ، ފެބްރުއަރީ 25 ވަނަ ދުވަހު ލަންދޫގައި ކޭމްޕުކޮށްފައެވެ. ޚާއްސަ ރަސްމިއްޔާތަކާއެކު މާރޗް 1 ވަނަ ދުވަހުގެ ހެނދުނު ސަވާދީއްތަ ދަތުރު ފަށާނެއެވެ.

މާރޗް 18ގެ ނިޔަލަށް ދެމިގެންދާ މި ދަތުރުގައި 9 ރަށަކަށް ދަތުރުކުރަން ވަނީ ނިންމާފައެވެ. އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިިއްޔެވެ.

މިފަހަރުގެ ދަތުރުގައިވެސް ރަށްރަށަށް ގޮސް، ދިވެހިވަންތަ އެތައް ކަމެއް ތަޖުރިބާކުރާނެއެވެ.

ސަވާދީއްތައެމްއައިޓީޑީސީ

އިތުރަށް ކިޔާލަން

26 މާރިޗު 2023

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު
26 މާރިޗު 2023

ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ

26 މާރިޗު 2023
ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ
16 މާރިޗު 2023

ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

16 މާރިޗު 2023
ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ
01 މާރިޗު 2023

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު
01 މާރިޗު 2023

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

01 މާރިޗު 2023
މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު