Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދީއްތަ ދަތުރު

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ލަންދޫ އިން ފަށާފައި ވާއިރު މި ފަހަރު 9 ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 މާރިޗު 2023 | ބުދަ 05:51
ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު

މިއަހަރު ނިމެންވާ އިރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަވާދިއްތަ ދަތުރުގެ ދެވަނަ އެޑިޝަން ފެށުމަށްޓަކާ ނ.ލަންދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމްގެ މަސައްކަތް ރާއްޖޭގެ 17 ރަށެއްގައި މިހާރު ވެސް އެބަ އޮތް ކަމަށެވެ. މީގެ އިތުުރުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ރަށްރަށަށް ފަތުރުވެރިކަމުގެ މަންފާ ހޯދާ ދިނުމަށް ވިސްނާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައީސް ޞާލިހުގެ އެ ސިޔާސަތަށް މިނިސްޓަރުގެ ވާހަކަފުޅުގައިވަނީ ތައުރީފްކުރައްވާފައެވެ.

މިނިސްޓަރު އިތުރަށް ވިދަޅުވީ ރަށްރަށުގެ އުފެއްދުންތެރިކަމާއި، އަންހެންވެރިންގެ ސަގާފީ މަސައްކަތްތަކާއި، އެ ނޫން އެހެން ރަށާއި ގުޅުން ތަފާތު ކަންކަން ކުރި އަރާނީ ރަށަށް ފައިދާ ވާފަދަ ޓުއަރިޒަމްގެ އުސޫލުތައް ގާއިމްވެގެން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތައް އާރްޓީއެލް އިން ގުޅުވާލުމާއި، ޔޮޓް ޓުއަރިޒަމް އެ ނިޒާމްގެ ތެރެއަށް ގުޅުވާލުމުން ރަށަށް އޭގެ ސީދާ މަންފާ ލިބޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަވާދިއްތަ ފަދަ ހަރަކާތްތަކާއެކު ރަށުގައި ހުންނަ ތާރީޚީ ތަންތަނާއި، ރަށުގައި ހުންނަ ފާހަގަކޮށްލެވޭ ކަންކަން ދަމަހައްޓާ އެތަންތަން ބެލެހެއްޓުން އާދަކުރަން ޖެހޭ ކަމަށެވެ. އަދި އެ ދާއިރާ އަށް ބޭނުންވާ މީހުން ތަމްރީންކުރުމުގެ މުހިންމު ކަމަށް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ. އެގޮތުން ޓުއާގައިޑުން ތަމްރީންކުރުމަކީ ރަށަށް ޓުއަރިޒަމް ގެނެސް ރަށުގައި އެ ހަރަކާތްތައް ހިންގުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ސަވާދިއްތަ ދަތުރާއެކު ލަންދޫ އާއި އުލިގަމު ފަދަ އެތައް ރަށެއްގެ ބަނދަރުތައް ޔޮޓުން ފުރާލާނެ ކަމަށެވެ.

ސަވާދީއްތައިގެ ދެ ވަނަ އެޑިޝަން ލަންދޫ އިން ފަށާފައިވާއިރު މި ފަހަރު 9 ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިލިއެވެ. ސަވާދީއްތަ ދަތުރުގެ ފުރަތަމަ އެޑިޝަންގައި ޔޮޓުތައް ދަތުރުކޮށްފައިވަނީ ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށެވެ. އެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް އެމްއައިޓީޑީސީ އިން ފާހަގަކުރެއެވެ. މިއީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ކުރިއެރުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި ރަށްތަކުން ތިބީ އެފަދަ ފުރުސަތަކަށް ބޭނުންވެފައި ކަމަށް އެމްއައިޓީޑީސީ އިން ބުނެއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްސަވާދީއްތަލަންދޫ

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2025

ލަންދޫގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

11 ސެޕްޓެމްބަރު 2025
ލަންދޫގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި
02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
27 އޮކްޓޯބަރު 2023

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު
26 އޮކްޓޯބަރު 2023

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .
26 އޮކްޓޯބަރު 2023

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް
25 އޮކްޓޯބަރު 2023

40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

25 އޮކްޓޯބަރު 2023
40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް
06 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

06 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް
04 އޮކްޓޯބަރު 2023

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
28 ޖޫން 2023

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ

28 ޖޫން 2023
ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ
28 ޖޫން 2023

ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު

28 ޖޫން 2023
ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު