Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުންވެސް ޖިސޫސްއަށް ސަޕޯޓަރުންގެ ލޯބި

ޖިސޫސްއަށް ހެޓްރިކް ހަދަން ފުރުޞަތު ލިބުނު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 އޯގަސްޓު 2022 | ހޮނިހިރު 21:00
ޖިސޫސް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޖިސޫސް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

މިސީޒަންގައި މެންޗެސްޓަރ ސިޓީ ދޫކޮށް, އާސެނަލްއަށް ބަދަލުވި ބްރެޒިލްގެެ ފޯވާޑް ގެބްރިއަލް ޖިސޫސް ލީގުގައި އާސެނަލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ސަޕޯޓަރުންގެ ލޯބި ހޯދައިފިއެވެ.

ޖިސޫސް ސަޕޯޓަރުންގެ ލޯތްބާއި އިތުބާރު ހޯދީ 4-2 ން ލެސްޓަރ ސިޓީ ބަލިކުރި ފުޓުބޯޅަ މެޗުގައި އާސެނަލްއިން ޖެހި ހަތަރު ލަނޑުގައިވެސް ޙިއްސާވެގެންނެވެ. އާސެނަލްގެ ފުރަތަމަ ދެ ގޯލް ފުރަތަމަ ހާފްގައި ޖެހީ ޖިސޫސްއެވެ. އަދި ތިންވަނަ ލަނޑު ޖަހަން ޒަހާއަށް, ހަތަރު ވަނަ ލަނޑު ޖަހަން މާޓިނެލީއަށް ފުރުޞަތު ފަހިކޮށްދިނީވެސް ޖިސޫސްއެވެ. ޖިސޫސްއަށް މަދުވީ ހެޓްރިކެކެވެ. ހެޓްރިކް ހަދަން އޭނާއަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުނަސް މެޗުގެ ތަރިއަކީ ޖިސޫސްއެވެ. ލެސްޓަރ ސިޓީގެ ފުރަތަމަ ގޯލަކީ ބައިގޯލެކެވެ. ދެވަނަ ގޯލް ޖެހީ މަޑިސަންއެވެ. މެޗުގެ ފުރަތަމަ ހާފްގައި ލެސްޓަރ ސިޓީއަށް ޕެނަލްޓީއެއް ދިނުމަށްފަހު ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމުން ބަދަލުކުރިއެވެ.

އާސެނަލް ވަނީ ލީގުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު ދެ ވަނާގައެވެ. އެއްވަނާގައި އޮތް ޗެމްޕިއަން ސިޓީއާ އާސެނަލްއާ ދެމެދުގައި އޮތީ ގޯލްގެ ތަފާތެވެ.

ޕްރިމިއަރ ލީގުއާސެނަލްގަބްރިއެލް ޖީސޫސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު