Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް

34 ކަރުދާހާއި އެކު، މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް ފަށައިފި

13 އޯގަސްޓު 2022 | ހޮނިހިރު 09:55

މި ސިމްޕޯޒިއަމްއަކީ މެރިން ރިސަރޗް ދާއިރާގައި ޙަރަކާތްތެރިވާ ސައިންސްވެރިންގެ މެދުގައި މަޤުބޫލު ސިމްޕޯޒިއަމް އެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޯގަސްޓު 2022 | ހޮނިހިރު 09:55
4 ވަނަ މެރިން ސައިންސް ސިމްޕޯޒިއަމް

4 ވަނަ މެރިން ސައިންސް ސިމްޕޯޒިއަމް

ޖުމުލަ 34 ކަރުދާހާއި އެކު 4 ވަނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް ފަށައިފިއެވެ.

2016 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް އަކީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިމްޕޯޒިއަމްއެއް ކަން ފާހަގަކޮށްލެވެއެވެ.

Advertisement - newsAdvertisement

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް އަކީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ބައްދަލުވުން ކަމަށް ވާއިރު މިއީ ރާއްޖޭގައި މެރިން ސައިންސުގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކާއި ގުޅޭ މުހިންމު މައުލޫމާތުތައް ހިއްސާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އިން ބުނީ މި ސިމްޕޯޒިއަމްގެ މަގުސަދަކީ ދިވެހި ރާއްޖޭގެ ކަނޑުގެ މާހައުލާއި ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސަތަކުގެ މައުލޫމާތު ބަދަލުކުރުމާއި، އެ ދިރާސާތަކުގެ ނަތީޖާ އާއްމުންނާއި ހިއްސާކުރުމުގެ ޒަރީއާއިން ރާއްޖޭގައި މެރިން ސައިންސްގެ ދާއިރާ ކުރިއެރުވުން ކަމަށެވެ.

އެހެން އަހަރުތަކުގައި މި ސިމްޕޯޒިއަމް ކުރިއަށް ދަނީ އެއް ދުވަހުގެ މުއްދަތަށެވެ. އެހެންނަމަވެސް މި ފަހަރުގެ ސިމްޕޯޒިއަމް 2 ދުވަހަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ސިމްޕޯޒިއަމް އަށް މި އަހަރު 40 ކަރުދާސް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން ސިމްޕޯޒިއަމްގައި ހިއްސާކުރުމަށް ހަމަޖެހިފައި ވަނީ 34 ކަރުދާހެވެ. 6 ދާއިރާ އަކުން މި ފަހަރުގެ ސިމްޕޯޒިއަމް އަށް ކަރުދާސް ހުށަހަޅާފައިވެއެވެެ. އެގޮތުން މިއަހަރުގެ ސިމްޕޯޒިއަމްގައި ކަރުދާސް ހުށައަޅާފައިވަނީ ވަށައިގެންވާ ގުދުރަތީ ވެއްޓާއި، މަސްވެރިކަމާއި،ކަނޑުފަޅުގެ ދިރުންތަކާއި، މޫސުމީ ބަދަލްތަކާއި، ފަރުތަކުގެ ދިރާސާއާއި ކަނޑުފަޅުގެ ބޭނުން މެހެއްޓެނިވިގޮތުގައިކުރުމާއި، ކަނޑުގެ ދިރުންތަކުގެ ބޭނުންހިފުމާއި، ކަނޑުފަޅުގެ އެކި ސަރަޙައްދުތައް ޙިމާޔަތްކުރުމާއި ގުޅޭގޮތުންނެވެ.

މެރިން ސިމްޕޯޒިއަމްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވެއެވެ. މި ސިމްޕޯޒިއަމްއަކީ މެރިން ރިސަރޗް ދާއިރާގައި ޙަރަކާތްތެރިވާ ސައިންސްވެރިންގެ މެދުގައި މަޤުބޫލު ސިމްޕޯޒިއަމް އެއްކަން ފާހަގަކޮށްލެވެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރސެންޓާރ ފޯރ މެރިން ސްޓަޑީޒް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
07 ޖޫން 2024

ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ

07 ޖޫން 2024
ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމަށް ލޭނު އެޅުން ހުއްދަކުރުމުން ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖަށް ނިކުންނަނީ
27 އޮކްޓޯބަރު 2023

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި

27 އޮކްޓޯބަރު 2023
ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކެއް ޖޫރިމަނާ ދެއްކުމުން އަނބުރާ ފޮނުވާލައިފި
12 އޯގަސްޓު 2023

މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ

12 އޯގަސްޓު 2023
މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރުގައި ވީ.އެލް.ޑީ އޮކްޓޫބަރު މަހުގެ ކުރިން ހަރުކުރުމަށް ދަތިވާނަމަ އެކަން އެންގުމަށް އެދިއްޖެ
07 އޯގަސްޓު 2023

18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ

07 އޯގަސްޓު 2023
18 މީޓަރު ހަމަވާ އުޅަނދުތަކުގައި ވެސަލް ލޮކޭޓިންގ ޑިވައިސް ހަރުނުކުރާނަމަ، ލައިސަންސް ސަސްޕެންޑްކުރަނީ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތަކަކީ މިނިސްޓްރީން އެއްކޮށް ބަލަހައްޓާ މައުލޫމާތެއް ނޫން - ފިޝަރީޒް މިނިސްޓްރީ
10 މެއި 2023

ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް

10 މެއި 2023
ތަމްރީނު ހޯދުމަށް ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް
07 އެޕްރީލު 2023

ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު

07 އެޕްރީލު 2023
ކާށި ލިބުން ދަތިވާތީ ރާއްޖެއަށް 5000 ރުއް އެތެރެކޮށްފި: ފިޝަރީޒް މިނިސްޓަރު
07 އެޕްރީލު 2023

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ

07 އެޕްރީލު 2023
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ދިރާސާކުރުމުގެ ކުރިން ހުއްދަ ހޯދަން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް