Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓިން ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް އޮތުން އެއީ ބޭކާރުކަމެއް: ހަސީން

16 ޖޫން 2017 | ހުކުރު 15:50

މީޑިއާނެޓް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ޖޫން 2017 | ހުކުރު 15:50
ގާނޫނީ ވަކީލް އަބްދުﷲ ހަސީން

ގާނޫނީ ވަކީލް އަބްދުﷲ ހަސީން

ބްރޯޑްކާސްޓިންގ ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް އޮތުން އެއީ ބޭކާރު ކަމެއް ކަމަށް ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 60 މިނިޓް ޕްރޮގްރާމުގައި ހަސީން ވިދާޅުވީ، ބްރޯޑްކާސްޓިންގ ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތް އޮތުން އެއީ ބޭކާރު ކަމެއް ކަމަށާ، ދައުލަތުން ހޭދަކުރާ ބޭކާރު ފައިސާ ތައްކަމަށެވެ.

ހަސީން ވިދާޅުވީ ބްރޮޑްކާސްޓިން ކޮމިޝަނެއް އުފައްދާފައި އޮތް އޮތުމުގެ މަގުސަދަކީ ބްރޯޑްކާސްޓަރުންނަށް ފެސިލިޓޭޓް ކުރުމާއި، ބްރޯޑްކާސްޓަރުން ކުރިއަރުވާ، ބްރޮޑްކާސްޓަރުންނަށް މަގުފަހިކޮށްދިނުން ކަމަށްވާއިރު އެ ކޮމިޝަނުން އެކަންތައްތައް ނުފެންނަ ކަމަށެވެ.

އޭގެ ބަދަލުގައި މިހާރު ފެންނަމުންދަނީ ބްރޯޑްކާސްޓަރުންނަށް އަދަބުދީ، އެމީހުންނަށް ދުއްތުރާކޮށް ޖޫރިމަނާ ކުރަމުންދާތަންކަމަށް އޭނާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ގާނޫނާއި އެއްގޮތަށް އަމަލުކުރަމުންދާކަން ގަބޫލު ނުކުރެއްވޭ ކަމަށާއި އެއީ ބްރޯޑްކާސްޓް ކުރާ ފަރާތްތަކާމެދު އަދަބު ކަނޑައެޅުމުގައި ހަމަ ހަމަ އުސޫލު ނުގެންގުޅޭތީކަމަށް ހަސީން ވިދާޅުވިއެވެ. އެގޮތުން ބައެއް ފަރާތްތަކަށް އަދަބުތައް ދެވޭއިރު ހަމަ އެބާވަތުގެ ކަންތައްތައްކުރާ އެހެން ފަރާތްތަކަށް އަދަބު ނުދެވޭ ކަމަށް ހަސީން ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރުގެ އެކި ފަރާތްތައްކަށް ފެސިލިޓޭޓް ކުރާ ފަރާތަކީ މީޑިއާނެޓް ކަމަށްވާއިރު، މީޑިއާނެޓް 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށް ހަސީން ވިދާޅުވިއެވެ.

ސަބަބަކީ އަލްޖަޒީރާ ޗެނަލަކީ ދުނިޔޭގެ ނަންމަޝްހޫރު ބެސްޓް ޕްރެކްޓިސްއަށް ފެތޭ ޗެނަލަކަށްވާއިރު މީޑިއާނެޓް ޖޫރިމަނާ ކުރީ ބްރޯޑްކާސްޓިންގެ ކޮން މިންގަނޑަކުންތޯ އާއި ޖޫރިމަނާކުރުން ފެތެނީ ގާނޫނުގެ ކޮން މާއްދާއަކަށްކަން ސާފުނުވާކަމަށެވެ.

"ގާނޫނުގެ ކޮންމެވެސް އެއްޗެއްގެ ތެރެއަށް ވައްދައިގެން އަދަބެއް ދެވިދާނެ. އެހެންނަމަވެސް ގާނޫނުގެ މިންގަޑުތަކަކަށް މި އެޅި ފިޔަވަޅު ހަގީގަތުގައި ނުވޭ" ހަސީން ވދާޅުވިއެވެ.

ހަސީން ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ފެންނަމުންދަނީ ގާނޫނު އަސާސީއާއި ގާނޫނުގެ ނަންބޭނުކޮށްގެން މުޅި މަފްހޫމު އޮޅުވާލަތަން ކަމަށެވެ.

އެގޮތުން ރާއްޖެޓީވީ ޖޫރިމަނާކުރުމަށްފަހު، ރާއްޖެޓީވީގައި މަސައްކަތްކުރައްވާ އިސްވެރިން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ގެންދިޔަކަމަށާއި އޭނާއަށް ފާހަގަކުރެވިގެން ދިޔައީ އެކަމުގައި ބައިވެރިވި ފަރާތްތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތުތައް ދީފައިނުވާކަން ކަމަށެވެ.

"ދޭތެރެއަކުން ފިޔަވަޅުއަޅާފައި ފަހުން އެ އެޅުނީ ގޯސްކޮށްކަމަށް ނިންމެވޭފަދަ ހާލަތްތައް އެބައާދޭ. އެހެންވީމަ އެއްވެސް ވަރަކަށް ބަލާ މިންގަނޑުތަކަށް ރަނގަޅު ބެސްޓް ޕްރެކްޓިސް އުސޫލްތަކެއް ބައިނަލް އަގުވާމީ މިންގަނޑަށް ފެތޭ މިކަހަލަ ޕްރޮފެޝަނަލް އުސޫލްތަށް ގެންގުޅޭ ބައެއްކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ބްރޮޑްކާސްޓިން ކަމިޝަން މެމްބަރުންނަކީ" ހަސީން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސީން ވިދާޅުވީ، ބްރޯޑްކާސްޓިންގ ކޮމިޝަނަށް ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ބިރު ދެއްކިދާނެ ކަމަށާއި އެހެން ނަމަވެސް ބައިނަލް އަގުވާމީ މީޑިއާތަކަކީ ބިރު ދެއްކޭވަރަށްވުރެ ފުންނާބު އުސް މިނިވަން މީޑިއާތައް ކަމަށެވެ. އެހެން ކަމުން ބައިނަލްއަގުވާމީ މީޑިއާތައް ކުރާ ކަންތައްތަކަށް ދިވެހިސަރުކާރުން ކިތަންމެ ކަންބޮޑުވި ކަމުގައިވިއަސް އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެކަންތައްތައް ހުއްޓުވަން އުޅުމުން ސަރުކާރަށް އެކި ގޮންޖެހުންތަކާއި ކުރިމަތިވާނެކަމަށް ހަސީން ވިދާޅުވިއެވެ.

ހަސީން މިހެން ވިދާޅުވިއިރު އަލްޖަޒީއާއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 7 ވަނަ ދުވަހުގައި ދެއްކި" ސްޓީލިން ޕެރަޑައިސް" ދެއްކުމަށް ހުރަސް އެޅުމަށް އިނގިރޭސި ވިލާތުގެ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް ދިވެހި ސަރުކާރުން ކުއްޔަށް ހިފި ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ. އަދި މި ޑޮކިއުމެންޓަރީ އާ އެއްވެސް ގޮތަކުން ގުޅުން ހުރި ކޮންމެ މީހަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދިވެހި ސަރުކާރުން އިންޒާރު ދިން ކަމަށްވެސް އަލްޖަޒީރާއިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް