Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާ

ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރަނީ ބެންޒެމާ، ކޯޓުއާ އަދި ޑިބްރައިނާ

އެވޯޑު ދިނުމުގެ ހަފްލާ އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2022 | ހޮނިހިރު 05:26
އެވޯޑް އަށް ނޮމިނޭޓްވި ތިން ކުޅުންތެރިން

އެވޯޑް އަށް ނޮމިނޭޓްވި ތިން ކުޅުންތެރިން

ޔޫނިއަން އޮފް ޔޫރަޕިއަން ފުޓުބޯޅަ އެސޯސިއޭޝަން (ޔުއެފާ) އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންގެ ނަން ހާމަކޮށްފިއެވެ.

މިދިޔަ ސީޒަންގެ އެންމެ މޮޅު ޔުއެފާ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ޗެމްޕިއަން ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ، ކީޕަރު ތިބައޫ ކޯޓުއާ އަދި މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރައިނާއެވެ. އެންމެ ފަހުން މި އެވޯޑު ހޯދާފައިވަނީ ޗެލްސީގެ ޖޯޖީނިއޯއެވެ.

މީގެ ތެރެއިން ބެންޒެމާ ވަނީ ނިމުނު ސީޒަނުގައި ރެއާލް އާއިއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕަރ ކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ބެންޒެމާ ވަނީ ރެއާލަށް ކުޅެދިން 46 މެޗުގައި 44 ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން ޗެމްޕިއަންސް ލީގުގައި ބެންޒެމާ ވަނީ 15 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވިފައެވެ.

މި އެވޯޑަށް ދެން ވާދަކުރާ ރެއާލް މެޑްރިޑްގެ ކީޕަރު ކޯޓުއާ ވެސް ސްޕެނިޝް ލީގް އާއި، ސްޕެނިޝް ސުޕަރ ކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ޓީމް އޮފް ދަ ސީޒަންގައި އޭނާ ހިމެނުއިރު، އޭނާ ވަނީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ ކޯޓުއާއެވެ.

ގަދަ ތިނެއްގައި ދެން ހިމެނޭ މެންޗެސްޓަރ ސިޓީގެ ޑިބްރައިނާ ވަނީ އެ ޓީމާއެކު އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއެކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅެފައެވެ. ސެމީގައި ސިޓީ ބަލިވީ ރެއާލް އަތުންނެވެ. މިދިޔަ ސީޒަނުގައި ސިޓީއަށް ކުޅެދިން 44 މެޗުގައި އޭނާ ވަނީ 19 ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން ޗެމްޕިއަންސް ލީގުގައި ޖަހާފައިވަނީ ދެ ލަނޑެވެ.

މީގެ އިތުރުން މި އެވޯޑުގެ ގަދަ 15 އަށް ނޮމިނޭޓްވި ކުޅުންތެރިންނަކީ، ރޮބާޓް ލެވަންޑޯސްކީ (ބަޔާން މިއުނިކް/ބާސެލޯނާ)، ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް)، ސަޑިއޯ މާނޭ (ލިވަޕޫލް/ބަޔާން މިއުނިކް)، މުޙައްމަދު ޞަލާޙު (ލިވަޕޫލް)، ކީލިއަން އެމްބާޕޭ (ޕީއެސްޖީ)، ވިނީޝިއުސް ޖޫނިއަރ (ރެއާލް މެޑްރިޑް)، ވާޖިލް ވެން ޑައިކް (ލިވަޕޫލް)، ބެނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ފިލިޕް ކޮސްޓިކް (އެއިންޓްރަކް ފްރޭންކްފާޓް)، ލޮރެންޒޯ ޕެލެގްރިނީ (ރޯމާ)، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް (ލިވަޕޫލް) އަދި ފަބީނިއޯ (ލިވަޕޫލް)އެވެ.

މިފަހަރުގެ އެންމެ މޮޅު ކޯޗުކަމުގެ މަގާމަށް ވާދަކުރަނީ ރެއާލް މެޑްރިޑްގެ ކާލޯ އަންޗެލޮޓީ، ލިވަޕޫލްގެ ޔާގަން ކްލޮޕްގެ އިތުރުން މެންޗެސްޓަރ ސިޓީގެ ޕެޕް ގާޑިއޯލާއެވެ.

މިއަހަރުގެ އެވޯޑު ހޯދާ ކުޅުންތެރިޔާ އަދި ކޯޗަށް އެވޯޑު ދިނުމުގެ ހަފްލާ އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލްގައެވެ.

ޔުއެފާކަރިމް ބެންޒެމާތިބައޫ ކޯޓުއާކެވިން ޑި ބްރޭނާ

އިތުރަށް ކިޔާލަން

14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
01 އޮކްޓޯބަރު 2024

ކޯޓުއާ އަށް އަނިޔާވެއްޖެ

01 އޮކްޓޯބަރު 2024
ކޯޓުއާ އަށް އަނިޔާވެއްޖެ
24 ސެޕްޓެމްބަރު 2024

ޑި ބްރޭނާގެ އަނިޔާ ސީރިއަސްއެއް ނޫން: ގާޑިއޯލާ

24 ސެޕްޓެމްބަރު 2024
ޑި ބްރޭނާގެ އަނިޔާ ސީރިއަސްއެއް ނޫން: ގާޑިއޯލާ
22 ޖުލައި 2024

ޑި ބްރޭނާ ހޯދުމަށް އަލް އިއްތިހާދުން މަސައްކަތެއް ނުކުރޭ

22 ޖުލައި 2024
ޑި ބްރޭނާ ހޯދުމަށް އަލް އިއްތިހާދުން މަސައްކަތެއް ނުކުރޭ
03 ޖުލައި 2024

ޑެބްރޫނޭ ނޫސްވެރިޔާއަށް: ތިކުރީ ތާކުންތާކު ނުޖެހޭ ސުވާލެއް؟

03 ޖުލައި 2024
ޑެބްރޫނޭ ނޫސްވެރިޔާއަށް: ތިކުރީ ތާކުންތާކު ނުޖެހޭ ސުވާލެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު