Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނަޕޯލީ

ޑި ބްރޭނާ ހޯދުމަށް ނަޕޯލީ އިން މަސައްކަތް ކުރަނީ

ޑި ބްރޭނާ ހޯދުމުގެ ޝައުޤުވެރިކަން ނަޕޯލީ އިން ގެން ގުޅެމުން އަންނަ ކަމަށް އެ ކުލަބުގެ ރައީސް އައުރެލިއޯ ޑީ ލައުރެންޓިސް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2025 | އަންގާރަ 04:24
މި ސީޒަނަށް ފަހު މެންޗެސްޓަރ ސިޓީ ދޫކޮށްލަން ނިންމާފައިވާ ކެވިން ޑި ބްރޭނާ

މި ސީޒަނަށް ފަހު މެންޗެސްޓަރ ސިޓީ ދޫކޮށްލަން ނިންމާފައިވާ ކެވިން ޑި ބްރޭނާ

މި ސީޒަނަށް ފަހު މެންޗެސްޓަރ ސިޓީ ދޫކޮށްލަން ނިންމާފައިވާ، ބެލްޖިއަމްގެ ކެވިން ޑި ބްރޭނާ ހޯދުމުގެ މަސައްކަތް، އިޓަލީގެ ޗެމްޕިއަން ނަޕޯލީ އިން ފަށައިފި އެވެ.

އުމުރުން 33 އަހަރުގެ ޑި ބްރޭނާ ސިޓީ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ. އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި އޭނާ ނިންމީ، އެއްބަސްވުން ހަމަވުމުން ސިޓީ ދޫކޮށްލުމަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އިން އާދިއްތަ ދުވަހުގެ ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗަކީ އެ ޓީމުގައި އޭނާގެ ފަހު މެޗެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޑި ބްރޭނާ ހޯދުމުގެ މަސައްކަތް ނަޕޯލީ އިން އަންނަނީ ކުރަމުންނެވެ. އެގޮތުން އޭނާ ހޯދުމާ ގާތަށް ވެސް އެ ކުލަބުން ޖެހިލާފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

ޑި ބްރޭނާ ހޯދުމުގެ ޝައުޤުވެރިކަން ނަޕޯލީ އިން ގެން ގުޅެމުން އަންނަ ކަމަށް އެ ކުލަބުގެ ރައީސް އައުރެލިއޯ ޑީ ލައުރެންޓިސް ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ނަޕޯލީ އިން ޑި ބްރޭނާ ބޭނުންވާ ކަމަށާއި، ޑި ބްރޭނާގެ ސޮއި ހޯދުމަށް ވެސް ބޭނުންވާ ކަމަށެވެ. އަދި އެކަން ހަގީގަތަށް ހެދުމަށް ބޭނުން ވަނީ ޑި ބްރޭނާގެ ރުހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވުލްވްސްބާގް ދޫކޮށްލުމަށް ފަހު ޑި ބްރޭނާ ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު ހޭދަ ކުރި 10 އަހަރުގެ ތެރޭގައި ޑި ބްރޭނާ ވަނީ އެ ކުލަބަށް ކުޅެދިން 422 މެޗުގައި 108 ލަނޑު ޖަހައިފަ އެވެ.

މީގެ އިތުރުން ސިޓީ އާއެކު އޭނާ ވަނީ 19 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ހަ ފަހަރު ކާމިޔާބު ކުރުން، އިނގިރޭސި އެފްއޭ ކަޕް ދެ ފަހަރު، ކަރަބޯ ކަޕް ފަސް ފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ޑި ބްރޭނާ އަކީ ސިޓީގައި ތިބި ކުޅުންތެރިންގެ ތެރެއިން އެ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި އެއްް ކުޅުންތެރިޔާ އެވެ. ޚާއްސަކޮށް ސިޓީގެ މެދު ތެރޭގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު