Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނަޕޯލީ

ނަޕޯލީ އަށް ބަދަލުވާން ޑި ބްރޭނާ އެއްބަސްވެއްޖެ

ނަޕޯލީ އިން ޑި ބްރޭނާ އަށް ހުށަހަޅަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމަށްވާ ނަމަ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ކުޅޭނެ އެެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖޫން 2025 | ބުރާސްފަތި 06:19
މެންޗެސްޓަރ ސިޓީ އަށް ކުޅުނު ބެލްޖިއަމްގެ ކެވިން ޑި ބްރެނާ

މެންޗެސްޓަރ ސިޓީ އަށް ކުޅުނު ބެލްޖިއަމްގެ ކެވިން ޑި ބްރެނާ | ރޮއިޓާސް

މެންޗެސްޓަރ ސިޓީ ދޫކޮށްލަން ނިންމާފައިވާ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ، އިޓަލީގެ ޗެމްޕިއަން ނަޕޯލީ އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ޑި ބްރޭނާ ސިޓީ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހު ހަމަވާނެ އެވެ. އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި އޭނާ ނިންމީ، އެއްބަސްވުން ހަމަވުމުން ސިޓީ ދޫކޮށްލުމަށެވެ.

އެއާއެކު ޑި ބްރޭނާ ހޯދުމުގެ ޝައުޤުވެރިކަން ނަޕޯލީ އިން ގެންގުޅެމުން އަންނަ ކަމުގެ އަޑުތައް އޮތީ ފެތުރިފަ އެވެ. އެ އަޑުތައް ފެތުރެމުން ދަނިކޮށް ނަޕޯލީގެ ރައީސް ރައީސް އައުރެލިއޯ ޑީ ލައުރެންޓިސް ވަނީ ޑި ބްރޭނާ ހޯދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ނަޕޯލީ އިން ޑި ބްރޭނާ ބޭނުންވާ ކަމަށާއި، ޑި ބްރޭނާގެ ސޮއި ހޯދުމަށް ވެސް ބޭނުންވާ ކަމަށެވެ. އަދި އެކަން ހަގީގަތަށް ހެދުމަށް ބޭނުން ވަނީ ޑި ބްރޭނާގެ ރުހުން ކަމަށް ވެސް އޭރު އޭނާ ވިދާޅުވި އެވެ.

މީޑިއާ ތަކުގައި މިހާރު ރިޕޯޓު ކޮށްފައިވާ ގޮތުން، ނަޕޯލީ އަށް ބަދަލުވުމަށް ޑި ބްރޭނާ ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ނަޕޯލީ އިން ޑި ބްރޭނާ އަށް ހުށަހަޅަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމަށްވާ ނަމަ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ކުޅޭނެ އެެވެ.

މީގެ އިތުރުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އިތުރު މުއްދަތަކަށް އެއްްބަސްވުން ދިގު ދަންމާލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި ނަޕޯލީ އަށް ބަދަލުވުމަށް ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޑި ބްރޭނާ ކުރިއަށް ގެންދާނެ ކަމަށް ބެލެވޭ ކަމުގައި ވެސް ބުނެފައިވެ އެވެ.

މީގެ ކުރިން ބެލެވިފައި އޮތީ ސިޓީ ދޫކޮށްލަން ނިންމި ނަމަވެސް، މިފަހަރުގެ ފީފާ ކުލަބު ވޯލްޑް ކަޕްގައި ޑި ބްރޭނާ ކުޅޭނެ ކަމަށެވެ. އަދި އެއީ ސިޓީ އަށް އޭނާ ކުޅޭނެ އެންމެ ފަހު މުބާރާތް ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، ސިޓީ އިން ކުލަބު ވޯލްޑް ކަޕްގައި ވާދަކުރަން އެކުލަވާލި ސްކޮޑުގައި ޑި ބްރޭނާ ހިމަނާފައި ނެތެވެ.

ވުލްވްސްބާގް ދޫކޮށްލުމަށް ފަހު ޑި ބްރޭނާ ސިޓީ އަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު ހޭދަ ކުރި 10 އަހަރުގެ ތެރޭގައި ޑި ބްރޭނާ ވަނީ އެ ކުލަބަށް ކުޅެދިން 422 މެޗުގައި 108 ލަނޑު ޖަހައިފަ އެވެ.

މީގެ އިތުރުން ސިޓީ އާއެކު އޭނާ ވަނީ 19 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ހަ ފަހަރު ކާމިޔާބު ކުރުން، އިނގިރޭސި އެފްއޭ ކަޕް ދެ ފަހަރު، ކަރަބޯ ކަޕް ފަސް ފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ

20 ޖޫން 2017
ޔުވަންޓަސްގެ ޑެނީ އަލްވޭޒް ސިޓީއަށް ބަދަލުވާން އެއްބަސްވެއްޖެ
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
27 މެއި 2017

ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން

27 މެއި 2017
ޔުނައިޓެޑަށް ބަދަލުވާން ނުނިންމަން، ފެތުރެމުންދަނީ ދޮގު ހަބަރެއް: ގްރިޒްމަން
06 އެޕްރީލު 2017

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

06 އެޕްރީލު 2017
ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު