Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސެމްސަންގގެ ވެރިޔާ މިނިވަންވުން

ސެމްސަންގ ކުންފުނީގެ ވެރިޔާ ޖަލު ހުކުމުން މިނިވަންކޮށްފި

12 އޯގަސްޓު 2022 | ހުކުރު 05:30

ދެކުނު ކޮރެޔާގެ އިގްތިސާދުގެ 80 އިންސައްތަ ހިއްސާ ކުރަނީ އެންމެ ބޮޑު ދިހަ ކުންފުނިން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 އޯގަސްޓު 2022 | ހުކުރު 05:30
ލީ ޖެއި ޔޮންގ - ސެމްސަންގ ކުންފުނީގެ ވެރިޔާ

ލީ ޖެއި ޔޮންގ - ސެމްސަންގ ކުންފުނީގެ ވެރިޔާ

ފައިސާއަށް ޚިޔާނާތްތެރިވުމާއި ރިޝަވަތުގެ ކުށް ސާބިތުވެގެން 2017 ވަނަ އަހަރުން ފެށިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން އައި ދެކުނު ކޮރެޔާގެ ސެމްސަންގ ކުންފުނީގެ ވެރިޔާ ލީ ޖެއި ޔޮންގ ރިޔާސީ ޚާއްސަ މައާފެއްގެ ދަށުން ޖަލު ހުކުމުން މިނިވަންކޮށްފިއެވެ.

ލީ އަކީ އެންމެ ބާރުގަދަ މުއްސަނދިންގެ ތެރެއިން ކުށް ސާބިތުވެ ޖަލަށް ހުކުމްކުރެވުނު އެއްފަރާތެވެ. އޭނާގެ މައްޗަށް ވަނީ އެކި ބިޑުތައް ހޯދުމަށް އޭރުގެ ރައީސްއަށް ރިޝްވަތު ދިންކަމަށް ކުށް ސާބިތުވެ ޖަލަށްލުމަށް ދެފަހަރު ހުކުމްކޮށްފައެވެ.

ލީ ޖެއި ޔޮންގ ޖަލުހުކުމުން މިނިވަން ކުރި ސަބަބު ދިފާއުކޮށް، ދެކުނު ކޮރެޔާ ސަރުކާރުން ބުނެފައިވަނީ ކޮވިޑް19 އަށް ފަހު އިގްތިސާދީ ގޮތުން ގައުމު ހަމަޔަކަށް އެޅުވުމަށް ކުރެވެމުން ދާ މަސައްކަތުގައި އެހީތެރިވުމަށް ގައުމުގެ އެންމެ ބޮޑު ކުންފުނި ސެމްސަންގގެ ވެރިޔާގެ މަދަދު ބޭނުންވާތީ އޭނަ މިނިވަން ކުރެވުނީ ކަމުގައެވެ.

ދެކުނު ކޮރެޔާގައި 2013 ވަނަ އަހަރުން 2017 ވަނަ އަހަރަށް ރައީސްކަން ކުރެއްވި ޕާކް ގެއުން ހައިގެ މައްޗަށް ވެސް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމާއި ކޮރަޕްޝަން އާއި ފަސާދައިގެ ކުށް ސާބިތުވެ ޖަލަށް ލެވިފައިވާއިރު ސެމްސަންގ ކުންފުނީގެ ވެރިޔާ ލީ ޖެއި ޔޮންގގެ މައްޗަށް ވެސް އޭރު ވަނީ ރައީސްއަށް މަދަދުވެރިވެ ކޮރަޕްޝަންގެ އެކި އަމަލުތަކުގައި ބައިވެރިވެފައިވާ ކަމަށް ކުށް ސާބިތުވެފައެވެ. ރައީސް ޕާކް އަކީ ދެކުނު ކޮރެޔާގައި މަގާމުގައި ހުންނަވަނިކޮން ކޮރަޕްޝަންގެ ދައުވާއަށް ހުށައެޅުނު ފުރަތަމަ ރައީސް އެވެ. މިމައްސަލައިގައި ރައީސް ޕާކްއަށް ފުރަތަމަ ތިރީސް އަހަރުގެ ޖަލު ހުކުމަކާއެކު 17 މިލިއަން ޔޫއެސް ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވުނެވެ. ނަމަވެސް އެހުކުމުގެ މުއްދަތު ފަހުން ވަނީ 20 އަހަރަށް މަދު ކޮށްފައެވެ. އެއީ ކޮރަޕްޝަނަށް 15 އަހަރު އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމަށް ފަސް އަހަރެވެ.

ޕާކްއަށް ފަހު ވަޑައިގެންނެވި ރައިސް މޫން ޖެއި އިންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ޚާއްސަ ރިޔާސީ މައާފްއެއް ދެއްވާ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ރައީސް ޕާކް މިނިވަން ކުރައްވާފައެވެ. މިއަދު ސެމްސަންގ ކުންފުނީގެ ވެރިޔާއަށް ވެސް މިވަނީ ހަމަ އެފަދަ މައާފްއެއް ލިބިފައެވެ.

ދެކުނު ކޮރެޔާގައި އިގްތިސާދުގެ ބޮޑުބައި ހިފަހައްޓަނީ ބިޔަ ވިޔަފާރި ކުންފުނިތަކުންނެވެ. މިގޮތުން އިގުތިސާދުގެ 80 އިންސައްތަ ހިއްސާ ކުރަނީ އެންމެ ބޮޑު ދިހަ ކުންފުނި ކަމަށް ވެއެވެ. މިދިހަ ކުންފުނީގެ ތެރެއިންވެސް އެންމެ ބޮޑު ކުންފުންޏަކީ ސެމްސަންގ އެވެ.

ސްމާޓް ފޯނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ސެމްސަންގ، ދެކުނު ކޮރެޔާގެ އެތެރޭގައި މާގިނަ ކަންތައް ކުރެއެވެ. މިގޮތުން އެކުންފުނިން ހޮސްޕިޓަލްތައް ހިންގުން، ހޮޓަލް ވިޔަފާރި، އިންޝުއަރެންސް ޚިދުމަތް ދިނުން، ޝިޕް ޔާޑުތައް އަދި ތީމް ޕާކުތައް ހިންގުން ފަދަ ކަންކަމުގައި އިސް ދައުރެއް އަދާކުރެއެވެ.

ދެކުނު ކޮރެއާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ

26 ސެޕްޓެމްބަރު 2025
ދިވެހިރާއްޖެ އދ. ގެ ޖީ.ޖީ.އައި.އެމް-އޭ.ޕީ. ގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ހޮވިއްޖެ
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
18 ޑިސެމްބަރު 2024

ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ

18 ޑިސެމްބަރު 2024
ކޮރެއާ ގެ ރައީސް ގެ ނާކާމިޔާބުގެ ފަހަތުގައި ހުންނެވީ މެޑަމް ފަސްޓް ލޭޑީ
14 ޑިސެމްބަރު 2024

ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި

14 ޑިސެމްބަރު 2024
ކޮރެއާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި
11 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި

11 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނުކުރި މައްސަލައިގައި ދެކުނު ކޮރެއާގެ ފުލުހުން ރައީސް އޮފީސް ރެއިޑްކޮށްފި
08 ޑިސެމްބަރު 2024

މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2024
މާޝަލް ލޯ އިއުލާނު ކުރި މައްސަލައިގައި ކޮރެއާގެ ކުރީގެ ދިފާއީ ވަޒީރު ހައްޔަރުކޮށްފި
06 ޑިސެމްބަރު 2024

ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި

06 ޑިސެމްބަރު 2024
ދެކުނު ކޮރެއާގެ ރައީސްގެ ބާރުތައް ހިފެހެއްޓުމަށް ވެރިކަން ކުރާ ޕާޓީގެ ލީޑަރު ގޮވާލައިފި
04 ޑިސެމްބަރު 2024

ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!

04 ޑިސެމްބަރު 2024
ދެކުނު ކޮރެޔާގައި ކުއްލި ގޮތަކަށް އިއުލާނު ކުރި މާޝަލް ލޯ އާއެކު ރައީސް ގެ އިސްތިއުފާ އަށް ޕްރެޝަރ ބޮޑުވެއްޖެ!
24 ޖުލައި 2024

އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް

24 ޖުލައި 2024
އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް
12 އެޕްރީލު 2024

ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެ

12 އެޕްރީލު 2024
ދެކުނު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕާކް ބޯ ރާމް މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް