Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ ރެއާލް ދޫކޮށްލުން

ރޮނާލްޑޯ ރެއާލް ދޫކޮށްލުމުން އެންމެ އުހަށް ދިޔުމަށް ބެންޒެމާއަށް ފަސޭހަވި

10 އޯގަސްޓު 2022 | ބުދަ 03:39

ނިމުނު ސީޒަނުގައި ބެންޒެމާ ވަނީ ރެއާލަށް 44 ލަނޑު ޖަހައިދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2022 | ބުދަ 03:39
ރޮނާލްޑޯ އަދި ބެންޒެމާ

ރޮނާލްޑޯ އަދި ބެންޒެމާ

ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑު ދޫކޮށްލުމުން އޭނާއަށް ކުރިއަށްދާން ފަސޭހަވިކަމަށް އެ ޓީމުގެ މިހާރުގެ ކެޕްޓަން ކަރީމް ބެންޒެމާ ބުނެފިއެވެ.

ނިމުނު ސީޒަނުގައި ބެންޒެމާ ވަނީ ރެއާލަށް 44 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ޓީމާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މީގެ ތެރެއިން ވެސް ޚާއްސަކޮށް ޗެމްޕިއަންސް ލީގު ފާހަގަކޮށްލެވެއެވެ. ރެއާލުން 13 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގައި ބެންޒެމާގެ ދައުރު ވަރަށް ބޮޑެވެ.

ރޮނާލްޑޯ އާއި ބެންޒެމާ ވަނީ ރެއާލްގަައި ދެ ކުޅުންތެރިން އެކުގައި ނުވަ އަހަރު ހޭދަކޮށްފައެވެ. ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ބެންޒެމާ ބުނީ، ރޮނާލްޑޯ ރެއާލް ދޫކޮށްލުމުން އޭނާއަށް ކަންކަން ވަރަށް ބޮޑަށް ބަދަލުވި ކަމަށެވެ. އޭނާ ބުނީ މިދިޔަ ސީޒަނުގައި އޭނާއަށް ބައިވަރު ލަނޑު ޖެހުނު ކަމަށާއި، ރޮނާލްޑޯ ރެއާލްގައި ހުރިއިރު ތަފާތު ސްޓައިލަކަށް ކުޅޭ ކަމަށެވެ. ބެންޒެމާ ބުނީ އޭރު އޭނާ ގިނައިން އެސިސްޓު ކުރާ ކަމަށެވެ. ނަމަވެސް ދަނޑު މަތީގައްޔާއި ދަނޑުން ބޭރުގައި ރޮނާލްޑޯ އޭނާއަށް އެހީތެރިވެދޭ ކަމަށް ބެންޒެމާ ބުންޏެވެ.

ބެންޒެމާ ބުނީ ރޮނާލްޑޯ ރެއާލް ދޫކޮށްލުމުން އޭނާގެ ގޭމާއި، އެމްބިޝަން ބަދަލުކުރިކަމަށާއި، އެކަން މިވަގުތު ވަރަށް ރަނގަޅަށް އޭނާއަށް ކުރެވޭ ކަމަށެވެ. ރެއާލްގައި ބެންޒެމާ ތަފާތު މޮޅު ކުޅުމެއް މިހާރު ދައްކަމުން އަންނައިރު، އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބެންޒެމާގެ ކުޅުމަށް ތައުރީފު ވެސް ކޮށްފައެވެ. އަންޗެލޮޓީ ވަނީ ބެންޒެމާ އަކީ އޭނާގެ ޕްލޭންގައި ހިމެނޭ ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ވެސް ބުނެފައެވެ.

ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި ރެއާލް ނިކުންނާނީ އެއިންޓްރަކްޔް ފްރޭކްފާޓާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް