Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިޞްރުގެ ދަރިވަރުން އުފެއްދި ހަކުރު ބަލާ މެޝިން

ލޭ ނުނަގާ ހަކުރު ބަލާލެވޭ ގޮތަށް، ދަރިވަރުންތަކެއް އުފެއްދި މެޝިނަކަށް 1 ވަނަ!

މުބާރާތުގައި ބައިވެރިވި 120 ޓީމުގެ ތެރެއިން 1 ވަނަ ލިބުނީ މިސްރުގެ 5 ދަރިވަރުން އުފެއްދި "ގްލޫކޯކްލިޕް" މެޝިނަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 9 އޯގަސްޓު 2022 | އަންގާރަ 05:50
މި މެޝިން އުފެއްދީ އެމެރިކަން ޔުނިވަރސިޓީ އޮފް ކައިރޯ (އޭޔޫސީ) ގައި ކިޔަވަމުން އަންނަ މިޞްރުގެ 5 ދަރިވަރުން

މި މެޝިން އުފެއްދީ އެމެރިކަން ޔުނިވަރސިޓީ އޮފް ކައިރޯ (އޭޔޫސީ) ގައި ކިޔަވަމުން އަންނަ މިޞްރުގެ 5 ދަރިވަރުން

ގައިގެ ތަނަކަށް އެއްވެސް ވަރަކަށް ކައްޓެއް އެއްޗެއް ހަރާ ނުލާ، ލޭ ނުނަގާ، ލޭގައި ގްލޫކޯޒް ދައުރުވާ މިންވަރު ނުވަތަ ދިވެހިން އާންމުކޮށް ކިއާ އުޅޭ ގޮތަށް ދަންނަވަނީނަމަ ހަކުރު ހުރި ވަރު ބަލާލެވޭ މެޝިނެއް އުފައްދައިގެން، މިޞްރުގެ 5 ދަރިވަރަކު، ބައިނަލްއަގުވާމީ މުބާރާތަކުން 1 ވަނަ ހޯދައިފިއެވެ.

ސިއްހީ ބޭސްފަރުވާގެ އާލާތްތައް ފަރުމާ ކުރުމަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ މުބާރާތުން 1 ވަނަ ހޯދާފައިވާ އެމެރިކަން ޔުނިވަރސިޓީ އޮފް ކައިރޯ (އޭޔޫސީ)ގެ 5 ދަރިވަރުން އުފެއްދި މެޝިނަށް ދީފައިވާ ނަމަކީ "ގްލޫކޯކްލިޕް"އެވެ.

ގްލޫކޯކްލިޕް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ހަކުރު ބަލީގެ މީހުން ގަވައިދުން ހަކުރު ޓެސްޓު ކުރަން ޖެހޭ އިރު، އިނގިލި ކުރިއަށް ކައްޓެއް ހަރާލައިގެން ލޭ ނަގަން ޖެހޭ ޖެހުމަށް ހައްލެއް ހޯދުމެވެ. އިނގިލި ކުރިއަށް ކައްޓެއް ހަރާލައިގެން ދުވާލަކު އެތައް ފަހަރަކު ލޭ ނަގާ، ހަކުރު ޓެސްޓު ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރަން މާ ފަސޭހަ ކަމެއް ނޫނެވެ.

ނިއަރ-އިންފްރާރެޑް ސްޕެކްޓްރޮސްކޯޕީ ބޭނުންކޮށް، މޯބައިލް އެޕަކާ ގުޅާލާފައިވާ ގްލޫކޯކްލިޕާއެކު ހަކުރު ޓެސްޓު ކުރުމުގެ މަސައްކަތް، ހަމަ ޔަޤީނުންވެސް އެތައް ގުނައެއް ލުއިވެގެންދާނެއެވެ.

2022 ޖޯންސް ހޮޕްކިންސް ހެލްތުކެއަރ ޑިޒައިން ކޮމްޕެޓިޝަންގެ ޑިޖިޓަލް ހެލްތު ޓްރެކުން 1 ވަނަ ގެންދިޔަ ދަރިވަރުންގެ އުފެއްދި މެޝިނާ ގުޅޭ ގޮތުން ޕްރޮފެސަރ ހަސަނައިން އާމިރް ވިދާޅުވާ ގޮތުގައި، ގްލޫކޯކްލިޕްގެ ފުރަތަމަ ޑިވައިސްގެ މަސައްކަތް ވަރަށް ރަނގަޅެވެ.

ގްލޫކޯކްލިޕް އުފެއްދި ދަރިވަރުން ބުނީ، ބާޒާރަށް މި މެޝިން ނެރުމުގެ ކުރިން އަދިވެސް ގިނަ ޓެސްޓުތަކެއް ހެދުމަށް އުއްމީދު ކުރާ ކަމަށެވެ.

ހަކުރު ބަލި ޖެހުމަކީ، ލޭގައި ދައުރުވާ ގްލޫކޯޒް ނުވަތަ ހަކުރުގެ މިންވަރު، ހުންނަންވީ ވަރަށް ވުރެ މަތި ކުރާ ބައްޔެކެވެ. ހަކުރު ބައްޔަކީ ގައިންގައަށް އަރާ ބައްޔަކަށް ނުވި ނަމަވެސް، އާއިލާ ތެރޭގައި، ވާރުތަ ވުމުގެ ފުރުޞަތު ބޮޑު ބައްޔެކެވެ. ހަކުރު ބަލި ޖެހެނީ ޗިސްމޭއިން އުފައްދާ އިންސިއުލިންގެ ތަސީރު މަދުވެގެން ނުވަތަ މަސައްކަތް ކުރާ ގޮތް ނުވުމުގެ ސަބަބުންނެވެ.  މުޅިން ރަނގަޅު ނުކުރެވުނު ކަމުގައި ވީ ނަމަވެސް، ހަކުރު  ބައްޔަކީ، ދިރިއުޅުމުގެ އާދަތަކަށް ގެންނަ ބަދަލުގެ ސަބަބުން، ކޮންޓްރޯލް ކުރެވޭ ބައްޔެއްވެސްމެއެވެ.

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2023

"ފޮނިފޮނި ހަކުރު ފަދަ" މީރު ފެންފޮދެއް ޣައްޒާގެ ރަށްވެހިންނަށް

24 ޑިސެމްބަރު 2023
"ފޮނިފޮނި ހަކުރު ފަދަ" މީރު ފެންފޮދެއް ޣައްޒާގެ ރަށްވެހިންނަށް
12 ޑިސެމްބަރު 2023

ސައިބޯނި ބޭނުންކޮށްގެން، އިމާރާތެއް ހުރިގޮތަށް އެއްތަނުން އަނެއްތަނަށް ގެންގޮސްފި

12 ޑިސެމްބަރު 2023
ސައިބޯނި ބޭނުންކޮށްގެން، އިމާރާތެއް ހުރިގޮތަށް އެއްތަނުން އަނެއްތަނަށް ގެންގޮސްފި
19 ސެޕްޓެމްބަރު 2023

ލޯފަން މީހުންނަށްވެސް ބަލާލެވޭ ފަދަ ކުރެހުމެއް!

19 ސެޕްޓެމްބަރު 2023
ލޯފަން މީހުންނަށްވެސް ބަލާލެވޭ ފަދަ ކުރެހުމެއް!
08 ޖެނުއަރީ 2023

އުޅަނދަށް ތަޅުދަނޑި ޖަހާ ގޮތަށް، އެ ނަގަން ހަނދާން ނެތޭ ކުއްޖަކަށް: "ޑޯންޓް ފޮގެޓް"

08 ޖެނުއަރީ 2023
އުޅަނދަށް ތަޅުދަނޑި ޖަހާ ގޮތަށް، އެ ނަގަން ހަނދާން ނެތޭ ކުއްޖަކަށް: "ޑޯންޓް ފޮގެޓް"
03 ޑިސެމްބަރު 2018

ޕްރިޔަންކާގެ ކައިވެނި ހިންދީ ސަގާފަތާ އެއްގޮތަށް ކޮށްފި

03 ޑިސެމްބަރު 2018
ޕްރިޔަންކާގެ ކައިވެނި ހިންދީ ސަގާފަތާ އެއްގޮތަށް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު