Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
"ޕަދްމަވަތީ"

"ޕަދްމަވަތީ" އެޅުވުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ސެންސަރު ބޯޑުން ވަނީ އެޕްލިކޭޝަން ފުރިހަމަ ނޫންކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2017 | އަންގާރަ 03:05
"ޕަދްމަވަތީ" ގެ ޑައިރެކްޓަރ ބަންސާލީ ފިލްމުގެ ޝޫޓިންގައި. ފައިލް

"ޕަދްމަވަތީ" ގެ ޑައިރެކްޓަރ ބަންސާލީ ފިލްމުގެ ޝޫޓިންގައި. ފައިލް

ސަންޖޭލީލާ ބަންސާލީގެ "ޕަދްމަވަތީ" ރިލީޒް ކުރުން ފަސްކޮށްފައިވާ ކަމަށް އެ ފިލްމު އުފައްދާ "ވަޔަކޮމް 18" އިން ބުނެފިއެވެ.

"ޕަދްމަވަތީ" ފަސްކޮށްފައިވާ ކަމަށް ބުނެ "ވަޔަކޮމް 18" އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފިލްމް އެޅުވުމުގެ ހުއްދަ ހޯދުމަށްޓަކައި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ) އަށް ފޮނުވުމުން އެ ބޯޑުން އެޕްލިކޭޝަން ފުރިހަމަ ނޫން ކަމަށް ބުނެ ފިލްމް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އަލުން އެޕްލިކޭޝަންސްތައް ސެންސަރު ބޯޑަށް ހުށައަޅާނެކަމަށް ވަނީ ބުނެފައެވެ. މި ފިލްމު އަޅުވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސެންސަރު ބޯޑަށް ފިލްމު ހުށައެޅުމުގެ ކުރިން އިންޑިއާގެ ސުޕްރީމް ކޯޓަށް ވަނީ އެގައުމުގެ ރާޖްޕޫތު ގުރޫޕްތަކުން ފިލްމުގެ މައްސަލަ ހުށައަޅާފައެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެމައްސަލަ ނިންމާނީ ސެންސަރުބޯޑުންކަމަށް ބުނެ ހުކުމްކޮށްފައެވެ.

މިއީ 1303 ވަނަ އަހަރު އިންޑިއާގައި ވެރިކަން ކުރެއްވި އަލާއުއްދީން ޚިލްޖީގެ އަނިޔާވެރި ރަސްކަމުގައި އޭނާ އަށް ރާޖްޕޫތުގައި ކުރިން ވެރިކަން ކުރި ރާނީ ޕަދްމަވަތީ ދެކެ ލޯބިވެގެން އޭނާ ހޯދުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމްގައި ހަޤީގަތާއި ޚިލާފު ބައެއް ވާހަކަތައް ހިމެނޭ ކަމަށް ބުނެ ރާޖްޕޫތު ގްރޫޕްތަކުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންހްގެ ސެންސަރު ކުރަންޖެހޭ މަންޒަރުތައް މިފިލްމުގައި ހިމަނާފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ބުނެފައިވަނީ މި ފިލްމުގައި އޭގެ މަންޒަރުތަކެއް ނުހިމެނޭނެ ކަމަށާއި ފިލްމު ބެލުމުން އެކަން އެނގިގެން ދާނެ ކަމަށެވެ.

"ޕާދްމަވަތީ" ޝޫޓް ކުރަމުންދިޔައިރު ވެސް އެތަކެއް ދަތި ހުރަސްތަކާއި ކުރިމަތިލާން ޖެހުނެވެ. މި ފިލްމުގެ ޝޫޓިންގައި ފިލްމްގެ ކުރޫއާއެކު ޖެއިޕޫރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގާފައިވެއެވެ.

އަފި ފިލްމް ޝޫޓިންގައި ބޭނުން ކުރަމުން ދިޔަ ކެމެރާތަކާއި އެހެނިހެން އަގުބޮޑެތި ސާމާނުތައް ހަލާކުކޮށްލާފައިވެއެވެ.

ކުރިން "ޕަދްމަވަތީ" އެޅުވުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގައެވެ. ފިލްމު އަޅުވަން ގާތްގަނޑަކަށް ދެ ހަފްތާއަށް ވެފައިވަނިކޮށް ފިލްމު އެޅުވުން ފަސްކޮށްފައިވާއިރު ފިލްމުގެ ތަރިންނަށާއި ޑައިރެކްޓަރ ބަންސާލީއަށް ދަނީ މަރުގެ އިންޒާރު ކުރިމަތި ވަމުންނެވެ.

ފިލްމް ރިލީޒްކޮށްފި ނަމަ ސިނަމާތަކުގައި އަލިފާން ރޯކުރާނެ ކަމުގެ އިންޒާރުތައް ވެސް މި ފިލްމަށް ވަނީ ލިބިފައެވެ. އެ އިންޒާރުތަކާހެދި މުމްބާއި ފުލުހުން ވަނީ "ޕަދްމަވަތީ" ޓީމުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

ލެޖެންޑަރީ ލަވަކިއުންތެރިޔާ ޗަކް ބެރީ 90 އަހަރުގައި މަރުވެއްޖެ

19 މާރިޗު 2017
ބިއުޓީ އެންޑް ދަ ބީސްޓް  މެލޭޝިޔާގައި އެޅުވުން ލަސްކޮށްފި

ބިއުޓީ އެންޑް ދަ ބީސްޓް މެލޭޝިޔާގައި އެޅުވުން ލަސްކޮށްފި

14 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު