Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދީޕިކާ ޕަދުކޯން

އަހަރެންގެ ނަފްސު އަހަންނަށް ފެންނަނީ މަސައްކުރާ އަނތްބެއްގެ ގޮތަށް: ދީޕިކާ

8 އެޕްރީލު 2018 | އާދީއްތަ 04:11

ދީޕިކާ ބުނީ އޭނާއަށް ކައިވެނި ކުރުން މުހިއްމު ކަމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 8 އެޕްރީލު 2018 | އާދީއްތަ 04:11
ދީޕިކާ ޕަދުކޯން އޭނާގެ ލޯބިވެރިޔާ ރަންވީރު ސިންގް އާއި އެކު

ދީޕިކާ ޕަދުކޯން އޭނާގެ ލޯބިވެރިޔާ ރަންވީރު ސިންގް އާއި އެކު

މިހާރު އޭނާގެ އަމިއްލަ ނަފްސު އޭނާއަށް ފެންނަނީ މަސައްކަތް ކުރާ އަދި މަސައްކަތްތެރި އަނތްބެއްގެ ގޮތަށާއި މަންމައެއްގެ ގޮތަށް ކަމަށް ފިލްމީ ތަރި ދީޕިކާ ޕަދުކޯން ބުނެފިއެވެ.

ދީޕިކާ ބުނީ އޭނާއަށް ކައިވެނި ކުރުން މުހިއްމު ކަމަށެވެ.

އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މާބޮޑަށް ހިއްސާ ނުކުރާ ދީޕިކާ އެހެން ބުނެފައި ވަނީ އިންޑިއާގެ ނޫސްވެރިއަކު އޭނާއާއި ކޮށްފައިވާ ސުވާލަކާއި ގުޅިގެންނެވެ. ދީޕިކާ ބުނެފައިވަނީ މަސައްކަތަކީ އޭނާގެ ހަޔާތުގެ މުހިއްމު ބައެއް ކަމަށާއި އޭނާ މަސައްކަތް ނުކުރާނަމަ އޭނާގެ ކައިރީގައި ތިބޭ މީހުންނަށް އޭނާގެ އުނދަގޫ ޖެހޭނެ ކަމަށެވެ. ދީޕިކާ މީގެ ކުރިން ވަނީ އޭނާ "ޑިޕްރެޝަން" އާ ކުރިމަތިލާންޖެހުނު ކަމަށާއި އޭނާ އެކަން ހަމައަކަށް އަޅުވަނީ "ބިޒީ" ވެގެން ކަމަށެވެ. ދީޕިކާ ބުނީ އޭނާއަށް އޭނާގެ އާއިލާއާއި މައިންބަފައިންނާއި ފިރިމީހާ އަކީ ވެސް ވަރަށް މުހިންމު ބައެއް ކަމަށާއި އެމީހުންނަށް ވެސް ވަގުތު ދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން އޭނާ ވާނީ މަސައްކަތްތެރި އަނތްބަކަށް ކަމަށެވެ.

ޚަބަރުތައް ބުނާގޮތުގައި ކައިވެންޏަށް ބޭނުންވާނެ ބައެއް ސާމާނު ގަތުމަށް ދިޕިކާ މިހާރު ބާޒާރު ކުރަން ވަނީ ފަށާފައެވެ.

ދީޕިކާ ކައިވެނި މުހިއްމުކަމަށް ބުނާއިރު އޭނާގެ ލޯބިވެރިޔާ ރަންވީރު ސިންގް އާއި އެކީގައި އުޅޭތާ މިހާރު ފަސްވަރަކަށް އަހަރު ވެދާނެއެވެ. އެދެމީހުންގެ ގުޅުމާއިމެދު ފާޅުގައި ވާޙަކަ ދައްކަން އޭގެއިން އެކަކުވެސް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ދެމީހުން ދެމީހުންނަށް ވަރަށް ޚާއްސަ ކަމަށް އަބަދު ވެސް ބުނެއެވެ.

މިއަހަރުގެ ކުރީކޮޅު ދީޕިކާއާއި ރަންވީރާއި އޭނާގެ އާއިލާ ރާއްޖެވަނީ އައިސްފައެވެ. މި ދަތުރުގައި މި ދެ ތަރިން އެންގޭޖްވިކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ހަބަރު ފަތުރާފައިވެ އެވެ. އެހެން ނަމަވެސް ދީޕިކާ ވަނީ އެކަން ހާމަކުރުމަށް ދެކޮޅު ހަދާފައެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ދީޕިކާއާއި ރަންވީރުގެ ކައިވެނި މިއަހަރުގެ ފަހުކޮޅު ކުރާނެއެވެ. އިންޑިއާގެ ޑެއިލީ ނޫހުން ބުނާގޮތުގައި ދީޕކާއާއި ރަންވީރުގެ ކައިވެނި ވަރަށް "ޕްރައިވެޓް" ވާނެކަމަށާއި އެދެމީހުންގެ ކައިވެނި ބާއްވާނީ އިންޑިއާގެ ސަގާފީ ހެދުމުގައި ކަމަށެވެ. އަދި ކައިވެންޏަށް ކިޔާނީ އާއިލާގެ މީހުންނަށާއި އެންމެ ގާތް ރައްޓެހިންނަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2017

ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ

04 އޮކްޓޯބަރު 2017
ސްޓީވަން ޓައިލާ: އަހަންނަށް މިއިން ދުވަހަކު ހާޓްއެޓޭކެއް ނުޖެހޭ
20 ސެޕްޓެމްބަރު 2017

"ބާގީ 2"ގައި ޓައިގާ ފެންނަނީ ބޯ ތަލަކޮށް؟

20 ސެޕްޓެމްބަރު 2017
"ބާގީ 2"ގައި ޓައިގާ ފެންނަނީ ބޯ ތަލަކޮށް؟
19 އޯގަސްޓު 2017

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ
19 އޯގަސްޓު 2017

އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ

19 އޯގަސްޓު 2017
އަހަރެންގެ ހަޔާތުގެ މައްޗަށް ސީރީޒްއެއް އުފައްދަން އެންމެ އެކަށީގެންވަނީ ޕްރިޔަންކާ: މާދުރީ
09 ޖުލައި 2017

އަހަންނަށް މޮޅު ޑައިރެކްޓަރަކަށް ވެވިދާނެ: ޓޮމް ހޮލަންޑް

09 ޖުލައި 2017
އަހަންނަށް މޮޅު ޑައިރެކްޓަރަކަށް ވެވިދާނެ: ޓޮމް ހޮލަންޑް
31 މެއި 2017

ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން

31 މެއި 2017
ނާކާމިޔާބީއަކީ އަހަރެންގެ ކާމިޔާބު: އާމިރު ޚާން
25 އެޕްރީލު 2017

މި އެވޯޑް އަހަންނަށް ހައްގު ނޫނިއްޔާ މި ގެންދޭ: އަކްޝޭ

25 އެޕްރީލު 2017
މި އެވޯޑް އަހަންނަށް ހައްގު ނޫނިއްޔާ މި ގެންދޭ: އަކްޝޭ
07 އެޕްރީލު 2017

22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ

07 އެޕްރީލު 2017
 22 އަހަރު ކުރިން އަހަރެންގެ ކެރިއާ ނިމިއްޖެ ކަމަށް ވާހަކަ ދައްކާ
25 ފެބުރުއަރީ 2017

"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ

25 ފެބުރުއަރީ 2017
"ރަންގޫން" ގައި އަހަރެންގެ ބައެއް މަންޒަރުތައް ވަނީ އުނިކޮށްފައި: ކަންގަނާ
14 ޖެނުއަރީ 2017

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

14 ޖެނުއަރީ 2017
އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް