Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިމާރާތެއް ކޮއްޕުމަށް ސައިބޯނި ބޭނުންކުރުން

ސައިބޯނި ބޭނުންކޮށްގެން، އިމާރާތެއް ހުރިގޮތަށް އެއްތަނުން އަނެއްތަނަށް ގެންގޮސްފި

30 ފޫޓުގެ ދުރުމިނަށް، ސައިބޯނީގެ އެހީގައި އިމާރާތް ގެންދިޔަކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 ޑިސެމްބަރު 2023 | އަންގާރަ 16:26
ކެނެޑާގައި، ހުރިގޮތަށް އެހެން ތަނަކަށް ގެންދިޔަ އިމާރާތް

ކެނެޑާގައި، ހުރިގޮތަށް އެހެން ތަނަކަށް ގެންދިޔަ އިމާރާތް

އިންޖިނިއަރިންގ ބޭނުންކޮށްގެން ގިނަ ޓެކްނިކަލް މައްސަލަތަކަށް ހައްލު ހޯދެއެވެ. ނަމަވެސް ހުރިހާ ފަހަރަކު މިފަދަ ހައްލުތައް ހޯދަނީ ހަމައެކަނި އަގުބޮޑު ބޮޑެތި މެޝިންތައް ބޭނުންކޮށްގެން ނޫންކަމަށް ވެދާނެއެވެ. "ފޮށި ކަނޑާލާފައި" ނަގާ އައު ވިސްނުންތައްވެސް މި ދަނީ ފެންނަމުންނެވެ. މީގެ މިސާލެއް ވަނީ، ކެނެޑާގައި ދާދި ފަހުން އިމާރާތެއް އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ މަސައްކަތްކުރި ބަޔަކު ދައްކާލާފައެވެ.

ކެނެޑާގެ ހެލިފެކްސްގައި ހުރި 220 ޓަނުގެ ބަރުދަނުގެ އިމާރާތެއް ހުރިގޮތަށް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ މަސައްކަތުގައި 700 ސައިބޯނި ބޭނުން ކޮށްފައިވާކަމަށް ވެއެވެ.

ހުރިތަނުން ނަގައިގެން ގެންދިޔަ އިމާރާތަކީ 1826 ވަނަ އަހަރު ބިނާކޮށްފައިވާ ތާރީޚީ ބިނާއެއްކަމަށް ވެއެވެ. އެތަން ފަހުން ވަނީ ވިކްޓޯރިއަން އެލްމްވުޑް ކިޔާ ހޮޓަލަކަށް ބަދަލުކޮށްފައެވެ.

އިމާރާތް ދުވަސްވެ ބާވުމުގެ ސަބަބުން އެތަން ތަޅާލަންވެސް 2018 ވަނަ އަހަރު ނިންމިއެވެ. ނަމަވެސް ފަހުން ގެލެކްސީ ޕްރޮޕަޓީސް ކިޔާ ރިޔަލް އެސްޓޭޓް ކުންފުންޏަކުން އެތަން ގަނެފައިވެއެވެ. ތަނަކީ ވަރަށްވެސް ތާރީޚީ ބިނާއަކަށްވާތީ، އެމީހުން ބޭނުންވީ އިމާރާތް ހުރިގޮތަށް އެހެން ތަނަކަށް ގެންގޮސް، އަލަށް އަޅާ އެޕާޓްމަންޓްތަކަކާއެކު ބެހެއްޓުމަށެވެ.

އިންޖިނޭރުންނަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކަށްވީ އިމާރާތް ހުރިގޮތަށް، ހުރިތަނުން ދުރަށް ޖެއްސުމެވެ. މިކަން ފަހުން ވަނީ "ހައުސް މޫވިންގ" ނުވަތަ ގެ ބަދަލުކޮށްދޭ އެކްސްޕަރޓުންގެ ގްރޫޕަކާ ހަވާލުކޮށްފައެވެ.

އެމީހުން، އެ އިމާރާތުގެ ފައުންޑޭޝަނާއެކު ފެންނަ ވަރަށް ކޮނުމަށްފަހު ދަށަށް ސަޕޯޓްތައް ލެއްވިއެވެ. އަދި ބޮޑު ދެ އެކްސްކަވޭޓަރާއި އެހެންވެސް އެކަމަށް ޚާއްސަ ވެހިކަލްތަކާ ގުޅުމަށްފަހު، އިމާރާތުގެ ދަށަށް 700 ބުރި އައިވަރީ ސައިބޯނި ލެއްވިކަމަށް ވެއެވެ. އެއަށްފަހު، އެކަމަށް ޚާއްސަ ސްޓީލް ފްރޭމެއްގެ މައްޗަށް އިމާރާތް ލެވެންދެން ސައިބޯނިތަކުގެ އެހީގައި އިމާރާތް ގެންދިޔަ ކަމަށް ވެއެވެ. މިގޮތުން 30 ފޫޓުގެ ދުރުމިނަށް ސައިބޯނީގެ އެހީގައި އިމާރާތް ގެންދިޔަކަމަށް ވެއެވެ.

މިކަން ކުރިގޮތުގެ "ޓައިމްލެޕްސް" ވީޑިއޯއެއް ކުންފުނިން ވަނީ ފޭސްބުކަށް ލާފައެވެ.

"ސައުތު އެންޑް ހެލިފެކްސްގައި ހުރި ތާރީޚީ އެލްމްވުޑް ހޮޓެލް، 200 އަހަރުތެރޭގައި ފުރަތަމަ ދަތުރު ކުރިއިރު، މިއީ އަދި ހޮޓަލުގެ ފަހު ދަތުރެއް ނޫނެވެ. އެތައް ހަފުތާތަކެއްގެ ތައްޔާރީތަކަށްފަހު މިކަން ކޮށް ނިމުނީ ސައިބޯނިމަތީގައި ކައްސާލާހާ އޮމާންކޮށެވެ." އެމީހުން ބުނެފައި ވެއެވެ. 

މައުލޫމާތު: ވިއޯން ޗެނެލް  

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2023

ބާސްކެޓް ބޯޅަ ފަޅިއެއްގެ މަތީގައި އެއްތަނުން އަނެއް ތަނަށް ދިޔަ ޗިއާން، ބައިނަލްއަޤުވާމީ ފަތާފެންގަނޑަށް!

31 އޮކްޓޯބަރު 2023
ބާސްކެޓް ބޯޅަ ފަޅިއެއްގެ މަތީގައި އެއްތަނުން އަނެއް ތަނަށް ދިޔަ ޗިއާން، ބައިނަލްއަޤުވާމީ ފަތާފެންގަނޑަށް!
01 އޯގަސްޓު 2023

ސައިބޯނި ހަދާތާ 2 ޤަރުނު: ފައިދާ އޮތީ ސުން ރޭޓުގައި!

01 އޯގަސްޓު 2023
ސައިބޯނި ހަދާތާ 2 ޤަރުނު: ފައިދާ އޮތީ ސުން ރޭޓުގައި!
09 މެއި 2023

ބޮޑު އިމާރާތެއް އަޅާލަން އެންމެ 140 ގަޑިއިރު: ސިއްރަކީ ކޮބާ؟

09 މެއި 2023
ބޮޑު އިމާރާތެއް އަޅާލަން އެންމެ 140 ގަޑިއިރު: ސިއްރަކީ ކޮބާ؟
18 އެޕްރީލު 2023

ކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރިއަކާއެކު ބޭސްފަރުވާއަށް ބޮޑު އިންގިލާބެއް!

18 އެޕްރީލު 2023
ކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރިއަކާއެކު ބޭސްފަރުވާއަށް ބޮޑު އިންގިލާބެއް!
23 މެއި 2022

އިރުމަތީ ކޮންގޯގެ އަންހެނުންނަށް އާމްދަނީ ހޯދައިދޭ ސައިބޯނި ފެކްޓްރީ

23 މެއި 2022
އިރުމަތީ ކޮންގޯގެ އަންހެނުންނަށް އާމްދަނީ ހޯދައިދޭ ސައިބޯނި ފެކްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު