Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބްރޯޑްކޮމްއަށް ބަހުގެ ހަމަލާ

ބްރޯޑްކޮމްގެ ރައީސް ޝަހީބަށް އޭޑީކޭ ނާޝިދުގެ ބަހުގެ ހޫނު ހަމަލާތަކެއް!

ބްރޯޑްކާސްޓަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ކުރިން ކޮމިޝަން ޒިންމާދާރުވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 16 ޖޫން 2017 | ހުކުރު 06:24
ކޮމަންޑޫ ދާއިރާގެ މެންބަރު އަދި މީޑިއާނެޓްގެ އެގްޒެކްޓިވް ޑިރެކްޓާ ފައިނޭންސް އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)

ކޮމަންޑޫ ދާއިރާގެ މެންބަރު އަދި މީޑިއާނެޓްގެ އެގްޒެކްޓިވް ޑިރެކްޓާ ފައިނޭންސް އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު)

ބްރޯޑްކާސްޓް ކުރާ ފަރާތްތައް ޖޫރިމަނާ ކުރުމުގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ޒިންމާދާރުވާންޖެހޭ ކަމަށް ވިދާޅުވެ ކޮމަންޑޫ ދާއިރާގެ މެންބަރު އަދި މީޑިއާނެޓްގެ އެގްޒެކްޓިވް ޑިރެކްޓާ ފައިނޭންސް އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ބްރޯޑްކޮމްގެ ރައީސް ޝަހީބަށް ބަހުގެ ހޫނު ހަމަލާތަކެއް ރަށްދުކުރައްވައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބުރާސްފަތި ދުވަހުގެރޭ އޮތް ހަފުލާއެއްގައި ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބާއި ބައެއް މެންބަރުން ވެސް ތިއްބަވަނިކޮށް ބްރޯޑްކޮމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނާޝިދު ވިދާޅުވީ، ބްރޯޑްކާސްޓަރުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ކުރިން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެތަނުގެ ޒިންމާ އަދާކުރަންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ބުނެ އަލްޖަޒީރާ އިން ދެއްކި ތަހުގީގީ ރިޕޯޓު "ސްޓީލިން ޕެރަޑައިސް" ރީބްރޯޑްކާސްޓްކޮށްގެން މީޑިއާނެޓް 500،000 ރުފިޔާ އިން ޖޫރިިމަނާކޮށްފައި ވާ ދަނޑިވަޅެއްގައި، ޝަހީބަށް ނިސްބަތްކޮށް ނާޝިދު ވިދާޅުވީ، ކޮމިޝަން ޒިންމާދާރުވުމަށް ގޮވާލަނީ މީޑިއާނެޓް ޖޫރިމަނާ ކުރުމުން ނޫން ކަމަށާއި، އެފައިސާ ދައްކަވާނެ ކަމަށެވެ.

ރާއްޖޭގައި ބްރޯޑްކާސްޓަރުން އެ މީހުންގެ ދައުރު އަދާކުރަނީ ވަރަށް އުނދަގުލުން ބޮޑެތި ގޮންޖެހުންތަކަކާ އެކު ކަމަށްވާއިރު، އަދި އެ މަސައްކަތް ކުރުމަށް ކޮމިޝަންގެ އެއްބާރުލުމާއި ހިމާޔަތް ބޭނުންވި ނަމަވެސް، އޭގެ ބަދަލުގައި އެތަނުން ކުރަނީ ބޮޑެތި ޖޫރިމަނާ ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި ބްރޯޑްކާސްޓިންގެ ދާއިރާ ތަރައްގީކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް ނާޝިދު ވަނީ ބްރޯޑްކޮމްްއަށް ގޮވާލައްވާފައެވެ.

އަބުރާ ބެހުމަކީ އަދި އަބުރާ ބެހެވެނީ ކިިހިނެއްކަން ވެސް ބްރޯޑްކާސްޓަރުންނަށްނޭނގި އޮއްވައި، އަދި ބްރޯޑްކޮމް އިން ދޭން ޖެހޭ އެއްބާރުލުމާއި ސަޕޯޓް ނުދެވޭ ހާލުގައި، ކުރާ ކަމަކީ ބޮޑެތިހެން ހީވާ ޖޫރިމަނާތައް ކުރުން ކަމަށާއި، އެކަން ހުއްޓާލަންޖެހޭ ކަމަށް ނާޝިދު ވިދާޅުވިއެވެ.

އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ފާސްކުރި ގާނޫނުގެ ސަބަބުން ހިޔާލުފާޅުކުރުން ހަނިވާކަން ފާހަގަކުރައްވަމުން ނާޝިދު ވިދާޅުވީ، އޭނާ ކޮންމެހެން ޝަހީބު އިންނެވި ހަފްލާއެއްގައި އެވާހަކަ ފާހަގަކުރައްވަނީ މީޑިއާނެޓް ޖޫރިމަނާކުރުމުން ނޫން ކަމަށާއި، މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ބްރޯޑްކާސްޓިން ކޮމިޝަން ޒިންމާދާރުކުރުވުމަށް ކަމަށެވެ.

އެ ހަފުލާގައި ނާޝިދުގެ ފަހުން ބްރޯޑްކޮމްގެ ރައީސް ޝަހީބު ވާހަކަ ދެއްކެވި ނަމަވެސް ކޮމިޝަނާ ގުޅޭގޮތުން ނާޝިދު ދެއްކެވި އެއްވެސް ވާހަކާއަކަށް ރައްދު ދެއްވާފައެއް ނުވެއެވެ.

"ސްޓީލިން ޕެރަޑައިސް" ދެއްކި މައްސަލައިގަ މީޑިއާނެޓް ޖޫރިމަނާކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ބޮރޮޑްކާސްޓިން ކޮމިޝަނުގެ މެމްބަރަކު ވިދާޅުވީ މީޑިޔާނެޓަށް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރީ "ގައުމާ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދީފައިވާތީ" ކަމަށެވެ. ޖޫރިމަނާ ކުރުމުގެ އިތުރުން މައާފަށް އެދި ބަޔާނެއް ނެރެން ވެސް މީޑިޔާނެޓަށް އެންގުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. ނަމަވެސް އެކަން އަދި އެ ސްޓޭޝަނަށް އަންގާފައި ނުވާ ކަމަށް ވެއެވެ.

ދިވެހިސަރުކާރުން ހިންގާ ކަމަށް ތުހުމަތުކުރެވޭ ވައްކަމާއި ޚިޔާނާތާ ޖަރީމާތަކެއްގެ މައްޗަށް ގަތަރުގެ އަލް ޖަޒީރާ ޗެނަލުން ތައްޔާރުކުރި އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީ "ސްޓީލިން ޕެރެޑައިސް"އަށް ބައިނަލް އަގުވާމީ އެވޯޑެއް ވެސް ދާދި ފަހުން ލިބިފައެވެ. އަލްޖަޒީރާގެ ސްޓީލިންގ ޕެރަޑައިސް އަށް ލިބުނީ ކަރަޕްޝަން ރިޕޯޓިން އެވޯޑް އެވެ.

ސްޓީލިން ޕެރެޑައިސް އަލްޖަޒީރާއިން ދައްކާފައިވަނީ ސެޕްޓެމްބަރު 7، 2016 ވަނަ އަހަރުގައެވެ.

އަލްޖަޒީރާ އިން ދެއްކި ޑޮކިއުމެންޓްރީއެއް ރީބްރޯޑްކާސްޓްކުރި މައްސަލައިގަ މީޑިއާނެޓް ޖޫރިމަނާ ކޮށްފައިވާ އިރު އެމްޑީޕީގެ ހަރުގޭގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނާއި ރާއްޖެ ޓީވީން ދެއްކި ޚަބަރަކާ ގުޅިގެން ރާއްޖެ ޓީވީ ޖުމްލަ 1.2 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާ އިރު އެ ކޮންޓެންޓްތައް ރީބްރޯޑްކާސްޓްކޮށްގެން މީޑިއާނެޓް ޖޫރިމަނާކޮށްފައެއް ނުވެއެވެ. އަދި މީޑިއާ ނެޓުން ދައްކާ ބައެއް ޗެނެލްތަކުގައި އިސްލާމްދީނާ ހިލާފު އަދި އެހެން ދީންތަކަށް ފެތުރުމަށް ބާރު އަޅައި ދޭ ދަރުސް ފަދަ ޕްރޮގްރާމްތައް ދައްކަމުންދާއިރު އެކަމާ ގުޅިގެން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު