Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލީގުގެ ފުރަތަމަ މެޗުން ޔުނައިޓެޑު ބަލިވުން

ފުރަތަމަ 11ގައި ރޮނާލްޑޯ ނުހިމެނި ސަބަބު ޓެން ހާގް ސާފުކޮށްދީފި

8 އޯގަސްޓު 2022 | ހޯމަ 03:15

ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާން ފެށިތާ ގާތްގަނޑަކަށް ވާނީ 10 ދުވަސް، 90 މިނެޓުގެ މެޗެއް ކުޅެން ބަލާއިރު، އެއީ މަދު ފަރިތަކުރުންތަކެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2022 | ހޯމަ 03:15
ޔުނައިޓެޑުގެ ޕްރެސްގެ ތެރެއިން ޓެން ހާގް

ޔުނައިޓެޑުގެ ޕްރެސްގެ ތެރެއިން ޓެން ހާގް

އައު ސީޒަންގެ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނި ސަބަބު ކޯޗު ޓެން ހާގް ސާފުކޮށްދީފިއެވެ.

ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ނުހިމެނި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ފްރެޑްގެ ބަދަލުގައި ޓެން ހާގް ވަނީ ރޮނާލްޑޯ އަރުވާފައެވެ. އަމިއްލަ ދަނޑުގައި ޔުނައިޓެޑު ވަނީ ބްރައިޓަން އަތުން 2-1 އިން ބަލިވެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ޓީމުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާން ފެށިތާ ގާތްގަނޑަކަށް ވަނީ 10 ވަރަަކަށް ދުވަސް ކަމަށެވެ. އޭނާ ބުނީ 90 މިނެޓުގެ މެޗެއް ކުޅެން ބަލާއިރު، އެއީ މަދު ފަރިތަކުރުންތަކެއް ކަމަށެވެ. ޓެން ހާގް ބުނީ މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ނުހިމެނީ އެ ސަބަބަކަށްޓަކައި ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، އޭނާއަށް ފެންނަ ގޮތުގައި ޔުނައިޓެޑުން މެޗު ފެށީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ފަހުން ލެވެލް ދައްވީ ކަމަށާއި، އޭގެ ސަބަބުން ގޯސްތަކެއް ހެދުނު ކަމަށެވެ. ޓެން ހާގް ބުނީ ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ބްރައިޓަން އިން ޔުނައިޓެޑަށް "އަދަބު" ދިނީ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ބްރައިޓަން އަކީ ރަނގަޅު ޓީމެކެވެ.

މެޗުގެ ނަތީޖާ އަކީ ގޯސް ނަތީޖާއެއްކަން ފާހަގަ ކުރަމުން ޓެން ހާގް ބުނީ، އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި އެއަށްވުރެ ޔުނައިޓެޑު ރަނގަޅުވާން ޖެހޭނެ ކަމަށެވެ. ޕްރީ ސީޒަންގެ މެޗުތައް ރަނގަޅަށް ކުޅެވުނުކަން ފާހަގަކުރަމުން ޓެން ހާގް ބުނީ، ބްރައިޓަން މެޗުގެ ފުރަތަމަ ހާފު ވެސް ދިޔައީ ގޯސްކޮށް ކަމަށެވެ. އޭނާ ބުނީ އެކަމުން ފިލާވަޅު ލިބިގަނެ، އެކަންކަން ރަނގަޅު ކުރަންޖެހޭކަނަށް ސާފުކަމަށެވެ.

ލީގުގައި ޔުނައިޓެޑުގެ ދެ ވަނަ މެޗުގައި އެ ޓީމު ނުކުންނާނީ މި މަހުގެ 13 ވަނަ ދުވަހު ބްރެންޓްފޯޑާ ދެކޮޅަށް ރަށުން ބޭރުގައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް