Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް

އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 14އަށް

6 އޯގަސްޓު 2022 | ހޮނިހިރު 18:20

ޝަރުތު ފުރިހަމަވިނަމަވެސް ކޯހަށް ނަގާނީ އެންޓްރީ އެގްޒާމުން ފާސްވާ މީހުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 އޯގަސްޓު 2022 | ހޮނިހިރު 18:20
އެސްޓީއޯ

އެސްޓީއޯ

ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިޕްލޮމާ ލެވެލްގެ ރޭޑިއޯގްރަފީ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހަށް ހަމަވާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ޓެލެންޓް ޑިވެލޮޕްމަންޓް މެނޭޖަރ މަރިޔަމް ލުލު ވިދާޅުވީ ޖުލައި 7 ވަނަ ދުވަހު ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު މިހާތަނަށް އައިއިރު ރަނގަޅު ތަރުޚީބެއް ކޯހަށް ލިބިފައިވާކަމަށެވެ. ކޯހުގެ ޝަރުތަކީ ޖީސީއީ އޭ ލެވެލް އިން ސައިންސްޓްރީމް އިން މަދުވެގެން ދެ މާއްދާ އިން ސީ ފާސް ލިބިފައިވުމާއިއެކު އިނގިރޭސި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމެވެ.

Advertisement - newsAdvertisement

ލުލު ވިދާޅުވީ ޝަރުތު ފުރިހަމަވިނަމަވެސް ކޯހަށް ނަގާނީ އެންޓްރީ އެގްޒާމުން ފާސްވާ މީހުންކަމަށެވެ. ކޯސް ކުރިޔަށްދާނީ އިންޑިޔާގެ ޖީއީ ހެލްތު ކެއަރ އާއި ގުޅިގެންކަމަށާއި މިއީ ދިވެހި ސަރުކާރު ގަބޫލުކުރާ ކޯހެއްކަމަށް ލުލު ވިދާޅުވިއެވެ.

ކޯހުގައި ކިޔަވައިދޭނީ އިންޑިޔާގެ ޖީއީ ހެލްތު ކެއަރ ގެ ޕްރޮފެޝަނަލުންނާއި ރާއްޖޭގެ ބައެއް ލެކްޗަރަރ އިން ކަމަށް ލުލު ވިދާޅުވިއެވެ.

މީގެއިތުރުން މިކޯހަކީ އެސްޓީއޯއިން ފުލް ސްކޮލަރޝިޕް ދޭ ކޯސްތަކެއްކަމަށް ލުލު ވިދާޅުވިއެވެ. ކިޔެވުމަށްދާ ޚަރަދާއި ޓިޔުޝަން ފީގެ އިތުރުން ކޮންމެ މަހަކު 2300 ރުފިޔާ ޕޮކެޓް މަނީގެ ގޮތުގައިދޭނެކަމަށް ލުލު ވިދާޅުވިއެވެ. ދެ އަހަރުގެ މުއްދަތަކަށް ކުރިޔަށްގެންދާ މިކޯހުގައި 6 މަސް ދުވަހުގެ އަމަލީ ތަޖުރިބާ ހޯދަންޖެހޭނެއެވެ. އަމަލީ ތަޖުރިބާ ކުރިޔަށްދާނީ މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުގައި ކަމަށް ލުލު ވިދާޅުވިއެވެ.

މީގެއިތުރުން ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ރާއްޖޭގެ ހޮސްޕިޓަލް، ކްލިނިކް އަދި ހެލްތު ސެންޓަރުތަކުގެ ރޭޑިއޯގްރަފީ ޑިޕަޓްމަންޓުން ވަޒީފާ ހަމަޖެހިގެންދާނެކަމަށް ލުލު ވިދާޅުވިއެވެ. އެކަމާއި ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއިއެކު ސޮއިކޮށްފައިވާކަމަށް ލުލު ވިދާޅުވިއެވެ.

ކޯހާއި ގުޅޭ މައުލޫމާތުތައް އެސްޓީއޯގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން ލިބޭނެކަމަށާއި މީގެއިތުރުން އެސްޓީއޯގެ ޓީމުތައް ކުރިޔަށް އޮތް ހަފުތާގައި އެކިއެކި ރަށްރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ލުލު ވިދާޅުވިއެވެ.

ވެބްސައިޓް މެދުވެރިކޮށްވެސް ކޯހަށް އެޕްލައިކުރެވޭނެކަމަށް ލުލު ވިދާޅުވިއެވެ.

އެސްޓީއޯ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
15 އޮކްޓޯބަރު 2025

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި
10 އޮކްޓޯބަރު 2025

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
22 ސެޕްޓެމްބަރު 2025

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި
21 ސެޕްޓެމްބަރު 2025

އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓްކޮށް އަގު ދައްކުރަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫން: އަމީރު

21 ސެޕްޓެމްބަރު 2025
އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓްކޮށް އަގު ދައްކުރަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫން: އަމީރު
19 ސެޕްޓެމްބަރު 2025

އޮރެންޖާއި އާފަލް އަގުބޮޑު ކުރީ ސިޔާސީ ބޭނުމުގައި، އެގަޮތަށް އެކަން ކުރިޔަކަ ނުދޭނަން: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2025
އޮރެންޖާއި އާފަލް އަގުބޮޑު ކުރީ ސިޔާސީ ބޭނުމުގައި، އެގަޮތަށް އެކަން ކުރިޔަކަ ނުދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް