Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއައިސްކްރީމް ޕްރޮޖެކްޓް

ރަހަ ތަފާތުކޮށްލަން، ބޭކްޑް ބީންސްއާއި ސޯއީ ސޯސް އައިސްކްރީމް ކިހިނެއްވާނެ؟

6 އޯގަސްޓު 2022 | ހޮނިހިރު 07:28

އެންމެ އާދަޔާޚިލާފު ވައްތަރަކަށް ފެނުނީ ކެޗަޕްއާއި ބޭކްޑް ބީންސް އައިސްކްރީމްކަމަށް ކަސްޓަމަރަކު ބުނެފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 އޯގަސްޓު 2022 | ހޮނިހިރު 07:28
ހަނާ ބުނިގޮތުގައި މީގެކުރިން 6 ހަފުތާއިން ވިއްކާލެވޭހާ އައިސްކްރީމް، އެންމެ 4 ދުވަހުގެ ތެރޭގައި ވަނީ ވިކިފައި

ހަނާ ބުނިގޮތުގައި މީގެކުރިން 6 ހަފުތާއިން ވިއްކާލެވޭހާ އައިސްކްރީމް، އެންމެ 4 ދުވަހުގެ ތެރޭގައި ވަނީ ވިކިފައި

މި ދުވަސްވަރަކީ ކެއިންބުއިމުގެ އާދަތަކަށްވެސް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެކެވެ. ވަކިން ޚާއްސަކޮށް، ކޮވިޑް-19ގެ ފުރަބަންދާއެކު ޒާތްޒާތުގެ ކާބޯތަކެތި ތައާރަފުވާ މިންވަރު އިތުރުވެގެންދިޔައެވެ. މީގެ ކުރިން ހީވެސްނުކުރާފަދަ ތަފާތު އެތައް ރަހަތަކެއް ލިބެން ހުރިނަމަވެސް، ބޭކްޑް ބީންސްއިން އައިސްކްރީމް ތައްޔާރު ކޮށްފައިވެސް އެބަހުއްޓޭ ދެންނެވުމުން، ގަބޫލުކުރަން މާ ފަސޭހަނުވެދާނެއެވެ.

މި ދުވަސްވަރަކީ ވިލާތުގެ އެކި ސަރަހައްދުތަކަށް އާދަޔާ ޚިލާފަށް ހޫނުގަދަވަމުން ދާ ދުވަސްވަރެއް ކަމުން، ކޮންމެ މީހަކުވެސް ބަލަމުން ދަނީ އެމީހަކަށް ވީ ވަރަކުން ކޮންމެވެސް ކަހަލަ ފިނި ކެއުމަކަށް، ނުވަތަ ބުއިމަކަށް އިންސާފު ކުރެވޭތޯއެވެ. އެގޮތުން އައިސްކްރީމަކީ އާދަޔާ ޚިލާފު ގަދަ ހޫނުގެ ދިލަގަނޑަށް އެންމެ އެކަށީގެންވާ އެއްޗެއް ކަމަށް ގިނަ ބަޔަކަށް އިއްތިފާގުވެއެވެ.

ގަދަ ހޫނުގެ ތެރޭގައި ފިނި ބުއިމެއްގެ އިންތިޒާރުގައި ތިބި ލަންޑަންގެ ރަށްވެހިންނަށް މިފަހަރު މަރުހަބާކީ، ފޮނި އައިސްކްރީމް އެކަންޏެއް ނޫނެވެ. ތަފާތު އެކި ރަހަތަކުގެ އައިސްކްރީމެވެ. އޭގެ ތެރޭގައި އޯޓްސް ބަތްޕެން އައިސްކްރީމާއި ތަފާތު އެކި ބާވަތްތަކުގެ ސޯސްތަކުން ތައްޔާރުކޮށްފައި ހުރި އައިސްކްރީމް ފްލޭވަރތައްވެސް ހިމެނެއެވެ.

ކޮންމެ ފްލޭވަރއަކީވެސް ކަސްޓަމަރުންގެ މެދުގައި އިންތިހާއަށް މަގުބޫލު ފްލޭވަރއަކަށްވެސް ވަނީ ވެފައެވެ.

އާދަޔާޚިލާފު އައިސްކްރީމް ފްލޭވަރތައް ވަނީ ޓިކްޓޮކްފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައްވެސް ފަތަހަ ކޮށްފައެވެ. ކަން މިހެން އޮތްނަމަވެސް އައިސްކްރީމްގެ އާދަޔާ ޚިލާފު ފްލޭވަރތަކަކީ އެންމެނަށް މާ ގާޔާވާ އެއްޗަކަށްވެސް ނުވެއެވެ.

ލަންޑަންގައި ހިންގާ އަންޔާ ހައިންޑްމާޗްގެ މުވައްޒަފެއްކަމަށްވާ ހަނާ ވަރން ބުނީ، އައިސްކްރީމް ޕްރޮޖެކްޓަކީ، އިނގިރޭސިވިލާތުގެ ބަދިގެ ކަބަޑްތަކުން ލިބެން ހުރި ބާވަތްތަކުގެ ތަފާތު ރަހައެއް، ކަސްޓަމަރުންނަށް ހޯދައިދޭ މަޝްރޫއެއްކަމަށެވެ. އަދި އެއީ ވަރަށް "ހިޓް" ނުވަތަ ކާމިޔާބު މަޝްރޫއެއްކަމަށެވެ.

ހަނާ ބުނިގޮތުގައި މީގެ ކުރިން 6 ހަފުތާއިން ވިއްކާލެވޭހާ އައިސްކްރީމް، އެންމެ 4 ދުވަހުގެ ތެރޭގައި ވަނީ ވިކިފައެވެ. އަދި ބައެއް ކަސްޓަމަރުންނަކީ ކޮންމެ ދުވަހަކުވެސް އެކި ރަހަތައް ތަޖުރިބާކުރަން ޒިޔާރަތްކުރާ، ރެގިއުލާރ ކަސްޓަމަރުންކަންވެސް ހަނާ ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.

އާދަޔާ ޚިލާފު، ތަފާތު ރަހަތަކެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދޭ އައިސްކްރީމް ޕްރޮޖެކްޓް، އޯގަސްޓް 28 ވަނަ ދުވަހުގެ ނިޔަލަށް ލަންޑަންގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އައިސްކްރީމް ޕްރޮޖެކްޓްސޯއީ ސޯސްއައިސްކްރީމްހަނާ ވަރން؛ މުވައްޒަފެއްއިޒީ ކޮންވައިޒާ؛ އުމުރުން 9 އަހަރުގެ ކަސްޓަމަރެއްސާލިހާ ލެޖިސްޓަރ؛ 17 އަހަރުގެ ކަސްޓަމަރެއްއޭޑްރިއަން ކޮންވައިޒާ؛ ކަސްޓަމަރެއް

އިތުރަށް ކިޔާލަން

16 މާރިޗު 2020

ކޮވިޑް-19: އިދްރީސް އެލްބާ ވައިރަހަށް ޕޮސިޓިވް!

16 މާރިޗު 2020
ކޮވިޑް-19: އިދްރީސް އެލްބާ ވައިރަހަށް ޕޮސިޓިވް!
08 ފެބުރުއަރީ 2020

''ވެދަލަމް'' ގެ ހިންދީ ރީމޭކްގައި ޖޯން އަބްރަހަމް

08 ފެބުރުއަރީ 2020
''ވެދަލަމް'' ގެ ހިންދީ ރީމޭކްގައި ޖޯން އަބްރަހަމް
15 ނޮވެމްބަރު 2019

ސަރަހައްދީ އެވޯޑާއެކު ނަހޫ އުފަލުން ފޮޅިފައި، ފިލްމު އެވޯޑަށް ނަހޫގެ ޝައުގެއް ނެތް!

15 ނޮވެމްބަރު 2019
ސަރަހައްދީ އެވޯޑާއެކު ނަހޫ އުފަލުން ފޮޅިފައި، ފިލްމު އެވޯޑަށް ނަހޫގެ ޝައުގެއް ނެތް!
21 އޮކްޓޯބަރު 2018

ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ 'އެންމެ ބެސްޓް' ޓީމް ކަމަށް

21 އޮކްޓޯބަރު 2018
ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ 'އެންމެ ބެސްޓް' ޓީމް ކަމަށް
22 ޖުލައި 2018

ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އަނިލް އާއި ރާޖް ކުމާރު ރާއޯ އެކި ސަރަހައްދު ތަކަށް

22 ޖުލައި 2018
ފަންނޭ ޚާން ޕްރޮމޯޓު ކުރުމަށް އަނިލް އާއި ރާޖް ކުމާރު ރާއޯ އެކި ސަރަހައްދު ތަކަށް
18 ޑިސެމްބަރު 2017

އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް

18 ޑިސެމްބަރު 2017
އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް
04 ޑިސެމްބަރު 2017

ގޭމް އޮފް ތްރޯންސްގެ ސައުންޑްޓްރެކް، އުތުރު އެފްރިކާގެ ރަހަތަކާއެކު

04 ޑިސެމްބަރު 2017
ގޭމް އޮފް ތްރޯންސްގެ ސައުންޑްޓްރެކް، އުތުރު އެފްރިކާގެ ރަހަތަކާއެކު
20 އޯގަސްޓު 2017

ސްޕެއިންގެ ފިލްމެއް ޑަބް ކުރުމަށް ޖޯން އަބްރަހަމް "ރައިޓްސް" ގަނެފި

20 އޯގަސްޓު 2017
ސްޕެއިންގެ ފިލްމެއް ޑަބް ކުރުމަށް ޖޯން އަބްރަހަމް "ރައިޓްސް" ގަނެފި
31 މާރިޗު 2017

މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

31 މާރިޗު 2017
މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި
10 މާރިޗު 2017

ފަރަންސޭސި ރިޔާސީ ކެންޑިޑޭޓެއް ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެ އުޅެނިކޮށް އޮޅިގެން ހައްޔަރު ކޮށްފި

10 މާރިޗު 2017
ފަރަންސޭސި ރިޔާސީ ކެންޑިޑޭޓެއް ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެ އުޅެނިކޮށް އޮޅިގެން ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް