Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަރަންސޭސި އިންތިހާބު

ފަރަންސޭސި ރިޔާސީ ކެންޑިޑޭޓެއް ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެ އުޅެނިކޮށް އޮޅިގެން ހައްޔަރު ކޮށްފި

ސިންޑީ ލީ އިންތިޚާބުގައި މަސައްކަތް ކުރަނީ ޓްރާންސްޕޭރަންސީ ކުރިއަރުވަން

ރާއްޖެ އެމްވީ | 10 މާރިޗު 2017 | ހުކުރު 01:56
ޕްލެޝަރ ޕާޓީގެ ކެންޑިޑޭޓް ސިންޑީ ލީ

ޕްލެޝަރ ޕާޓީގެ ކެންޑިޑޭޓް ސިންޑީ ލީ

ކުރިއަށް އޮތް ފަރަންސޭސި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް އިއުލާނު ކޮށްފައިވާ ޕްލެޝަރ ޕާޓީގެ ކެންޑިޑޭޓް ސިންޑީ ލީ، ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެގެން އުޅެނިކޮށް ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގެ ފުލުހުން އޭނާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން އޭނާ ހައްޔަރު ކުރީ އިހުތިޖާޖު ކުރާ މީހެއް ކަމަށް ހީކޮށް އޮޅިގެން ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ފަރަންސޭސި ވިލާތުގައި ފެމެން ގްރޫޕަށް ނިސްބަތްވާ އެކްޓިވިސްޓުން ބަރަހަނާކޮށް ނުކުމެ ދޭތެރެ ދޭތެރެއިން އިހުތިޖާޖު ކުރަމުން ގެންދެއެވެ.

އުމުރުން 52 އަހަރުގެ ސިންޑީ ލީ އަކީ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ އިތުރުން އޭނާ ތަމްސީލު ކުރާ ޕްލެޝަރ ޕާޓީގެ ލީޑަރުވެސް މެއެވެ.

ސިންޑީ ލީ ތާއީދު ހޯދުމަށް ގެންގުޅޭ ޝިއާރަކީ، ފަރަންސޭސި ވިލާތުގެ ސިޔާސީ ލީޑަރުންގެ ތެރޭގައި އަށަގަނެފައިވާ ކަރަޕްޝަންއާ ދެކޮޅަށް މަސައްކަތް ކުރުމާއި ޓްރާންސްޕޭރަންސީ އިތުރުކުރުމެވެ. ބަރަހަނާކޮށް ކެމްޕޭން ކުރުމުގެ ސަބަބަކީ އޭނާގެ ކެމްޕޭންގެ ޝިއާރާ ގުޅޭ ގޮތުން ޓްރާންސްޕޭރަންޓު ވުން ހާމަކޮށް ދިނުން ކަމަށްވެސް އޭނާ ބުނެއެވެ.

"އޮޕަރޭޝަން ޓްރާންސްޕޭރަންސީ" ގެ ނަމުގައި ހުސްގަޔާ ނުކުމެ ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަ ދައްކާ، ޕެމްފްލެޓް ބަހާ، ކެމްޕޭން ކުރަމުންދަނިކޮށް ތިރީހަކަށް ރަޔަޓް ފުލުހުން ސިންޑީ ހައްޔަރު ކުރުމުން އޭނާގެ ޕާޓީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

ސިންޑީ އޭނާގެ ޕްލެޝަރ ޕާޓީ އުފެއްދީ 2001 ވަނަ އަހަރުއެވެ. އަދި މިއީ ރިޔާސީ އިންތިޚާބަށް އޭނާ ނުކުތް ހަތަރުވަނަ ފަހަރެވެ. އިންތިޚާބަށް ނުކުތް ނަމަވެސް މިއިން އެއްވެސް ފަހަރަކު ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަ ވުމަށް ފަރަންސޭސި ގާނޫނު ބުނާ އިންތިޚާބުވެފައިވާ 500 މީހުންގެ ސޮއި އޭނާއަށް ހޯދޭ ގޮތެއް ނުވެއެވެ. 2012 ވަނަ އަހަރު އޭނާއަށް ހޯދުނީ 224 ސޮއެވެ. މި ފަހަރު އަދި އެންމެ ސޮޔެއްވެސް ނުހޯދޭ ކަމަށް ވެއެވެ.

ފަރަންސޭސި ވިލާތުގެ ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަން ވަމުން އަންނަ އިރު އެންމެ ކުރީގައި އުޅޭ ދެ ކެންޑިޑޭޓުން ކަމަށްވާ ފްރޭންކޮއި ފިލޮން އާއި މެރިން ލެ ޕެން ގެ ކެމްޕޭނަށް އެންމެ ބޮޑަށް ހިޔަނި އެޅިފައިވަނީ އެ ފަރާތްތަކުގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތު ތަކެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ އޭޕްރީލް މަހުގެ 23 ގައެވެ.

ފުރަތަމަ ބުރުން ކެންޑިޑޭޓަކަށް މެޖޯރިޓީ ނުހޯދިއްޖެނަމަ 2 ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މެއި މަހުގެ 7 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2024

ފަރަންސޭސި ސިޓީއަކުން ފުލުފުލުގައި ތަށިތަޅާ އަޑު...މި ވަނީ ކިހިނެއް؟

01 ޖެނުއަރީ 2024
ފަރަންސޭސި ސިޓީއަކުން ފުލުފުލުގައި ތަށިތަޅާ އަޑު...މި ވަނީ ކިހިނެއް؟
26 އޯގަސްޓު 2017

ފަރަންސޭސި ރައީސްގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ!

26 އޯގަސްޓު 2017
ފަރަންސޭސި ރައީސްގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ!
13 ޖޫން 2017

ވީޑިއޯ: ފަރަންސޭސި ސްޕައިޑަމޭން އުސް އިމާރާތަކަށް އެއްވެސް އާލާތެއް ބޭނުން ނުކޮށް އަރާ މަންޒަރު ދުށިންތަ؟

13 ޖޫން 2017
ވީޑިއޯ: ފަރަންސޭސި ސްޕައިޑަމޭން އުސް އިމާރާތަކަށް އެއްވެސް އާލާތެއް ބޭނުން ނުކޮށް އަރާ މަންޒަރު ދުށިންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު