Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހޮހަޅައިގައި ތާށިވި ކުދިން

ހޮހަޅައިގައި ތާށިވި ވައިލްޑް ބޯރސް ޓީމް އެލަން ޝޯވއަށް؛ އިބްރަހަމޮވިޗް ބުނީ އެއީ ދުނިޔޭގެ 'އެންމެ ބެސްޓް' ޓީމް ކަމަށް

ވައިލްޑް ބޯރސްގެ 12 ކުޅުންތެރިންނާއި ކޯޗް ހޮހަޅައިގައި ތާށިވެފައިވަނީ ޖުލައި މަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2018 | އާދީއްތަ 07:06
ވައިލްޑް ބޯރސްގެ 12 ކުޅުންތެރިންނާއި ކޯޗް އެލެން ޑިޖެނެރެސްއާއި ޒްލަޓަން އިބްރަހަމޮވިޗްއާއެކު

ވައިލްޑް ބޯރސްގެ 12 ކުޅުންތެރިންނާއި ކޯޗް އެލެން ޑިޖެނެރެސްއާއި ޒްލަޓަން އިބްރަހަމޮވިޗްއާއެކު

ދުނިޔޭގެ 'އެންމެ ބެސްޓް' ފުޓްބޯޅަ ޓީމަކީ ތައިލޭންޑްގެ ވައިލްޑް ބޯރސް ކަމަށް ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޒްލަޓަން އިބްރަހަމޮވިޗް ބުނެފިއެވެ.

ވައިލްޑް ބޯރސްއަކީ ތައިލޭންޑްގެ ތަމް ލުއަންގ ހޮހޮޅައިގައި ނިމިގެން ދިޔަ ޖުލައި މަހު ތާށިވި 12 ފިރިހެން ކުދިން ރަމްޒުކުރާ ޓީމެވެ. މި ޓީމުގެ ކުޅުންތެރިންނާއި ކޯޗް ވަނީ ނިމިގެން ދިޔަ ހަފްތާގައި އެމެރިކާގެ މަޝްހޫރު ޓޯކް ޝޯވ 'ދަ އެލެން ޝޯވ'އަށް ގޮސް ހޮހަޅައިގައި ތާށިވާން ދިމާވި ސަބަބާއި، ދެން ކަންތައް ކުރި ގޮތް ފުރަތަމަ ފަހަރަށް ކިޔާ ދީފައެވެ.

ހޮހަޅައަށް ވަނީ އެއީ ޓުއަރިސްޓް އެޓްރެކްޝަނަކަށްވެފައި، ޓީމްގެ ބައެއް ކުދިން އެތަނަށް ގޮސްފައި ނުވާތީ ކަމަށް ފާހަގަ ކުރަމުން، ހޮހަޅައަށް ވަނީ ގަޑިއިރަކަށް ކަމަށާއި "ނަމަވެސް އެއަށް ވުރެ މާގިނަ ވަގުތު އެތަނުގައި ހޭދަވި"ކަމަށް ކޯޗް ސަމާސަ ކުރިއެވެ.

އަދި ހޮހަޅައިން ނުނިކުމެވޭނެކަން އެނގުނީ ނިކުންނަން ދަނިކޮށް ފެންގަނޑު އަރާފައިވާތަން ފެނުމުންކަމަށް އެކުދިން ފާހަގަކުރިއެވެ.

އަދި އެތަނަށް ވަނީ ހުރިހާ ސާމާނެއް ބޭރުގައި ބަހައްޓާފައި ހަމަ އެކަނި ޓޯޗް ހިފައިގެން ކަމަށާއި، އެހެންކަމުން ސަލާމަތް ކުރަން ނެގިހާ ދުވަހެއް ހޭދަ ކުރީ އެއްވެސް ކާބޯއެއްޗެއް ނެތި ކަމަށް އެ ކުދިން ފާހަގަކުރިއެވެ. 12 ކުދިންނާއި ކޯޗް ސަލާމަތް ކުރަން ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ނަގާފައިވާއިރު އެ ކުދިން ސަލާމަތުން ތިއްބާ ފެނިފައިވަނީ ވެސް ގެއްލުނުތާ ނުވަ ދުވަސް ފަހުންނެވެ. އަދި އެ ނުވަ ދުވަސް ވަންދެން ތިބީ ހޮހަޅައަށް ފޭބި ފެން ބޮއިގެން ކަމަށް އެ ކުދިން ކިޔައިދިނެވެ.

މީގެ އިތުރުން، ކޯޗްގެ އިރުޝާދުގެ ދަށުން މެޑިޓޭޓް ކުރަން ފެށިކަމަށާއި އެކަމުން 'ހަމަ ހިމޭން'ކަން ލިބުނުކަމަށް ވެސް އެ ކުދިން ފާހަގަ ކުރިއެވެ.

އަދި މެޑިޓޭޓް ކުރުމުގެ ސަބަބަކީ ދިމާވެގެން އުޅުނު ކަންތަކާ މެދު ހާސް ނުވުމަށް ކަމަށާއި، އެ މީހުން ސަލާމަތް ކުރަން ބަޔަކު އަންނާނެ ކަމަށް އަބަދުވެސް ގަބޫލު ކުރިކަމަށް ކޯޗް ބުންޏެވެ.

އެ ހޮހަޅައިގެ ތާށިވެފައިވާ 14 ވަރަކަށް ދުވަސް ތެރޭގައި ހަތަރު ކުއްޖެއްގެ އުފަން ދުވަސް އައިސްފައިވާ ކަމަށާއި ނަމަވެސް ދުވަސްތައް ފާހަގަ ނުކުރެއެވެ. އަދި ރަނގަޅަށް ނިދުނުތޯ އެލަން ސުވާލު ކުރުމުން އެ ކުދިން ބުނީ އެއް ގަޑިއިރު ވަރު އެހެން ނިދުނު ކަމަށާއި ފުރިހަމަ ނިދި ނުލިބޭކަމަށެވެ.

އަދި ގިނަ ކުދިންނަށް ފަތަން ނޭގުމުގެ ސަބަބުންނާއި އުމުރުން ކުޑަ ކަމުން ސަލާމަތް ކުރީ ސެޑޭޓް ކޮށްފައިކަމަށް ވުމުން އެ މަރުހަލާގައި ވީ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް އެ ކުދިން ބުންޏެވެ.

މީގެ އިތުރުން، އެލެން ވަނީ ހުރިހާ ކުދިންނަށް އޭނާގެ ހާއްސަ ޖަރޒީތަކެއް ހަދިޔާ ކޮށްފައެވެ.

ނަމަވެސް، މިއީ އެލަން އެ ކުދިންނަށް ދިން ހަމައެކަނި ސަޕްރައިޒެއް ނޫނެވެ. މީގެ އިތުރުން، އެކުދިން އެންމެ ސަޕޯޓް ކުރާ ޒްލަޓަން އިބްރަހަމޮވިޗްއާ ބައްދަލު ކުރުމުގެ ފުރުސަތު އެކުދިންނަށް ލިބުނެވެ.

އެ ކުދިންނަށް ސަޕްރައިޒަކަށް އެލަން އިބްރަހަމޮވިޗް ގެނެސްފައިވާއިރު، އޭނާ ވެސް ވަނީ އެ ކުދިންނަށް ހަދިޔާތަކެއް ދީފައެވެ. އޭގެ ތެރޭގައި، އޭނާ މިހާރު ކުޅޭ ޓީމްކަމަށްވާ އެލްއޭ ގެލެކްސީ މަރޗެންޑައިޒްއާއި ޓީމްގެ މެޗަކަށް ވީއައިޕީ ޓިކެޓް ހިމެނެއެވެ.

މީގެ އިތުރުން، 12 ކުދިންނާއި ކޯޗް ދައްކާފައިވާ ޓީމް ވޯކްގެ ލާމަސީލު މިސާލެއްކަމަށާއި ވައިލްޑް ބޯރސްއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމްކަމަށް އޭނާ ދެކޭކަމަށް އިބްރަހަމޮވިޗް ބުންޏެވެ.

މި 12 ކުދިންނާއި ކޯޗް ސަލާމަތް ކުރަން ހިންގި މިޝަންއަކީ މި ފަހުގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ވަރަށް ކާމިޔާބު މިޝަނެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯޓީ ޕްލަސްގެ ޝޫޓިން ނިންމާލުމަށް ފަހު ޓީމް މާލެ އަތުވެއްޖެ

ފޯޓީ ޕްލަސްގެ ޝޫޓިން ނިންމާލުމަށް ފަހު ޓީމް މާލެ އަތުވެއްޖެ

22 ޖެނުއަރީ 2018
ތަގްސް އޮފް ހިންދުސްތާނުގެ ޝޫޓިންއަށް އާމިރާއި ޓީމް ތައިލެންޑަށް

ތަގްސް އޮފް ހިންދުސްތާނުގެ ޝޫޓިންއަށް އާމިރާއި ޓީމް ތައިލެންޑަށް

06 ޑިސެމްބަރު 2017
ރާއްޖެޓީވީން ހުޅުވައިދިނީ މުހިއްމު ފުރުޞަތެއް، ވަނައަކަށް ޓާގެޓެއް ނުކުރަން: ސްޓޭޓަސްގެ ޓީމް

ރާއްޖެޓީވީން ހުޅުވައިދިނީ މުހިއްމު ފުރުޞަތެއް، ވަނައަކަށް ޓާގެޓެއް ނުކުރަން: ސްޓޭޓަސްގެ ޓީމް

21 ސެޕްޓެމްބަރު 2017
  "އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

"އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

30 މާރިޗު 2017
ޒިންމާ ނަގަން ޖެހޭނީ ޝޯވގެ ޕްރޮޑިއުސަރުން، އެ މީހުން ބޭނުންވީ މަރާޔާ ކެރީ ފެއިލްވާން: ޓީމް

ޒިންމާ ނަގަން ޖެހޭނީ ޝޯވގެ ޕްރޮޑިއުސަރުން، އެ މީހުން ބޭނުންވީ މަރާޔާ ކެރީ ފެއިލްވާން: ޓީމް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު