Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އެމިނެމް

އެމިނެމްގެ ރިވައިވަލް: ތަފާތު ރަހަތަކާއި އެކު ގިނަ ލަވަތަކެއް

މިއީ އެމިނެމްގެ ނުވަ ވަނަ އަލްބަމް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2017 | ހޯމަ 04:46
އެމިނެމް

އެމިނެމް

ތަފާތު ރަހަތަކެއް ހިމަނައިގެން، ގިނަ ލަވަތަކަކާއިއެކު، ހިޕްހޮޕް، ރެޕް ލަވަކިޔުންތެރިޔާ އެމިނެމްގެ އެންމެ ފަހުގެ އަލްބަމް "ރިވައިވަލް" ރިލީޒް ކޮށްފިއެވެ. 4 އަހަރަށްފަހު އެމިނެމް ނެރުނު މި އެލްޕީ ނެފައިވަނީ ޑިސެމްބަރ 15 ވަނަ ދުވަހުއެވެ.

ޖުމްލަ 19 ޓްރެކް ހިމެނޭ، 77 މިނިޓް 39 ސިކުންތުގެ ދިގުމިނުގެ މި އެލްޕީގައި އެމިނެމް އާއި އެކު، އެޑް ޝީރާން، ބިޔޯންސޭ، ޕިންކް، އެލީޝިއާ ކީޒް، ޕްރެޝަރ، އަދި ސްކައިލަރ ގްރޭ ކިޔާފައިވާ ލަވަތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ރޮކް ބޭންޑް، އެކްސް އެމްބެސެޑަރސް އާއި އެކު އެމިނެމް ކިޔާފައިވާ ލަވައެއްވެސް މި އަލްބަމްގައި ހިމެނެއެވެ.

ފަހަކަށް އައިސް އެމިނެމް ހިޕްހޮޕް އަދި ރެޕް ނޫން ޖޮންރާތަކުގެ ލަވަތައްވެސް ނެތެމުންދާއިރު، މި އެލްޕީގައިވެސް، ހިޕްހޮޕް އަދި ރެޕްގެ އިތުރުން، ރޮކް، ގޮސްޕެލް އަދި ޕޮޕް ޖޮންރާގެ ލަވަތައް ހިމެނެއެވެ.

އެމިނެމް މީގެ ކުރިން ބުނެފައިވަނީ "ރިވައިވަލް"ގެ މަސައްކަތް ފަށާފައިވަނީ މީގެ 18 މަސް ދުވަސް ކުރިން ކަމަށެވެ. އެމިނެމް ބުނެފައިވަނީ މި އެލްޕީގައި މަޝްހޫރު އެތައް ފަންނާނުންގެ އެހީތެރިކަމެއް އޭނާއަށް ލިބުނު ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރާންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އެމިނެމް ވަނީ ބުނެފައެވެ.

މި އަލްބަމްގެ މަސައްކަތުގައި އެމިނެމްއަށް އުމުރުން 26 އަހަރުގެ މިއުޒީޝަން އެޑް ޝީރަންގެ އެހީތެރިކަން ލިބިފައިވާކަމަށް އެމިނެމް ބުނެފައިވާއިރު، މީގެ ކުރިން އެޑް ޝީރާން ބުނެފައި ވަނީ އޭނާ ލަވަ ކިޔަން ފެށީ އެމިނެމްގެ ސަބަބުން ކަމަށެވެ.

ރިވައިވަލް އަކީ އެމިނެމްގެ ނުވަވަނަ ސޯލޯ އަލްބަމެވެ. އެމިނެމްގެ އަލްބަމެއް އެންމެ ފަހުން ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. އެއީ "ދަ މާޝަލް މެތަރޒް އެލްޕީ 2" އެވެ.

އެމިނެމްގެ އެންމެ ފުރަތަމަ އަލްބަމަކީ 1996 ވަނަ އަހަރު އޭނާ ނެރުނު "އިންފިނިޓް" އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު