Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގޭމް އޮފް ތްރޯންސް

ގޭމް އޮފް ތްރޯންސްގެ ސައުންޑްޓްރެކް، އުތުރު އެފްރިކާގެ ރަހަތަކާއެކު

ކަވަރ ރިލީޒްކޮށްފައި ވަނީ ނޮވެމްބަރ 29 ގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 4 ޑިސެމްބަރު 2017 | ހޯމަ 14:57
ގޭމް އޮފް ތްރޯންސްގެ އަމާޒިގު ކަވަރ

ގޭމް އޮފް ތްރޯންސްގެ އަމާޒިގު ކަވަރ

އެޗްބީއޯގެ މަޤުބޫލު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ހަތް ވަނަ ސީޒަން ނިމި، 2019 ވަނަ އަހަރު ރިލީޒްކުރާ އެ ޝޯގެ ކުރިއަށް އޮތް ސީޒަންއަށް ޝޯގެ ފޭނުން ވަނީ ދިގު އިންތިޒާރެއް ފަށާފައެވެ. "ގޭމް އޮފް ތްރޯންސް"ގެ އަށް ވަނަ ސީޒަން ވެގެންދާނީ އެ ޝޯގެ ފަހު ސީޒަނަށް ކަން އެޗްބީއޯއިން ހާމަކޮށްފައިވާއިރު، މި ދިގު އިންތިޒާރުގެ މުއްދަތުގައި ޝޯގެ ފޭނުން ދަނީ "ގޭމް އޮފް ތްރޯންސް"އާ ގުޅުވައި އެކިއެކި ކަންކަން ކުރަމުންނެވެ.

މިގޮތުން އެންމެ ފަހުން ފާހަގަވެގެން ދިޔައީ، ނިމިގެންދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު މޮރޮކޯގެ ޒުވާނުންތަކެއް ރިލީޒްކުރި "ގޭމް އޮފް ތްރޯންސް"ގެ ސައުންޑްޓްރެކްގެ ކަވަރއެވެ. މި ކަވަރ ރިލީޒްކޮށްފައި ވަނީ އޭ-ވައި-ސިނަމަޓޯގްރަފީގެ ނަމުގައި މޮރޮކޯގެ ޒުވާނެއް ކަމަށްވާ ޔޫސުބް އަބޫޠާލިބް ހިންގާ ޔޫޓިއުބް ޗެނަލެއްގައެވެ.

މި ކަވަރއާ ގުޅޭ ގޮތުން ޔޫސުބް އަބޫޠާލިބް ބުނެފައި ވަނީ، މި ކަވަރގެ މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، ނަމަވެސް ކަވަރ ރިލީޒްކުރުން މިހާތަނަށް ލަސްކުރީ ބޭނުންވާ ވަރަށް ކަވަރގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.

އުތުރު އެފްރިކާއަށް ނިސްބަތްވާ އަމާޒިގުންގެ ސަޤާފީ މިއުޒިކްގެ ރަހަޖައްސައިގެން ހަދާފައިވާ މި އިންސްޓްރުމެންޓަލް ކަވަރގައި ބޭސް ގިޓާގެ އިތުރުން އުތުރު އެފްރިކާއަށް ނިސްބަތްވާ މިއުޒިކީ އާލާތްތައް ވެސް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން މި ކަވަރގައި ރިބާބް ގިޓަރ އާއި ކާމެންޖާ ވަޔަލިންގެ އަޑުތައް ހިމަނާފައިވެއެވެ.

މި ކަވަރއާ އެކު ހިތްގައިމު ވީޑިއޯއެއް ވެސް ރިލީޒް ކޮށްފައިވާއިރު، މި ވީޑިއޯ ކުޅެފައި ވަނީ މޮރޮކޯގެ ދެކުނުގައިވާ އަގާދީރުގެ ރަށްބޭރުގައެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

17 އެޕްރީލު 2017
"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް
03 އެޕްރީލު 2017

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި
29 މާރިޗު 2017

ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް

29 މާރިޗު 2017
ހޯލް އޮފް ފޭމްގެ އެންޓަޓެއިނާ އޮފް ދި އިޔާ އެވޯޑް އަނުޝްކާ އަށް
15 މާރިޗު 2017

"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ

15 މާރިޗު 2017
"ތަގްސް އޮފް ހިންދުސްތާން" ގައި ފާތިމާ ފެނިގެނެއް ނުދޭ
13 މާރިޗު 2017

ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ

13 މާރިޗު 2017
ގޭމް އޮފް ތްރޯންސް: ކުރިޔަށް އޮތް ސީޒަންގައި އެޑް ޝީރާން ފެންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު