Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖޯން އަބްރަހަމް

ސްޕެއިންގެ ފިލްމެއް ޑަބް ކުރުމަށް ޖޯން އަބްރަހަމް "ރައިޓްސް" ގަނެފި

ރައިޓްސް ގަނެފައިވަނީ ސްޕެއިންގެ ފިލްމެއްކަމަށްވާ "ދި އިންވިޒިބްލް ގެސްޓް"

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 އޯގަސްޓު 2017 | އާދީއްތަ 08:46
ޖޯން އަބްރަހަމް

ޖޯން އަބްރަހަމް

ސްޕެއިންގެ ފިލްމެއް ހިންދީ ބަހަށް ޑަބްކޮށްގެން ގެނެސްދިނުމަށް ބޮލީވުޑްގެ ތަރި ޖޯން އަބްރަހަމް އެ ފިލްމްގެ ރައިޓްސް ގަނެފިއެވެ.

ޖޯން އަބްރަހަމް ރައިޓްސް ގަނެފައި ވަނީ ސްޕެއިންގެ ފިލްމެއް ކަމަށްވާ "ދި އިންވިޒިބްލް ގެސްޓް" ކިޔާ ފިލްމެކެވެ. އެއީ މިދިޔަ އަހަރު ނިކުމެފައިވާ ފިލްމެކެވެ.

"ދި އިންވިޒިބްލް ގެސްޓް" ގެ ރައިޓްސް ގަތުމަށް ފަހު މިހާރު އެ ފިލްމުގެ ސްކްރީންޕްލޭ ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމު ޑަބްކޮށްގެން ގެނެސްދޭނީ ޖޯން އަބްރަހަމްގެ ފިލްމު ކުންފުންޏާއި ކްރިއާޖް އެންޓަޓެއިންމަންޓާ ގުޅިގެންނެވެ.

"ދި އިންވިޒިބްލް ގެސްޓް" ގައި ކިޔައި ދެނީ ޒުވާން ވިޔަފާވެރިއަކު އޭނާގެ ލޯބިވެރިޔާ މަރައިލުމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށް ދިނުމަށް ކުރާ މަސައްކަތެވެ.

"ދި އިންވިޒިބްލް ގެސްޓު" ހިންދީބަހުން ޑަބް ކޮށްގެން ގެނެސްދޭއިރު އެ ފިލްމަށް ކިޔަނީ ކޮން ނަމެއްކަމެއް އަދި ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2017

ހޯމް އެލޯންގެ އެކްޓަރ ޖޯން ހަރޑް 71 އަހަރުގައި މަރުވެއްޖެ

23 ޖުލައި 2017
ހޯމް އެލޯންގެ އެކްޓަރ ޖޯން ހަރޑް 71 އަހަރުގައި މަރުވެއްޖެ
05 ޖުލައި 2017

"ސުއި ދާގާ - މޭޑް އިން އިންޑިއާ" ކިޔާ ފިލްމެއް ޔަޝް ރާޖްސް އިން ހަދަނީ

05 ޖުލައި 2017
"ސުއި ދާގާ - މޭޑް އިން އިންޑިއާ" ކިޔާ ފިލްމެއް ޔަޝް ރާޖްސް އިން ހަދަނީ
25 މެއި 2017

ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ

25 މެއި 2017
ޓޮމް ކުރޫޒް: "ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅެނީ
24 މެއި 2017

"ނާނިއާ"ގެ ހަތަރު ވަނަ ފިލްމު އުފައްދަން ނިންމައިފިން: ޖޯއީ ޖޯންސަން

24 މެއި 2017
"ނާނިއާ"ގެ ހަތަރު ވަނަ ފިލްމު އުފައްދަން ނިންމައިފިން: ޖޯއީ ޖޯންސަން
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު