Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް19

އުތުރު ކޮރެޔާއިން ކޮވިޑް19 އެއްކޮށް ފިލުވާލެވިއްޖެކަމަށް އެގައުމުން އިއުލާންކޮށްފި

އުތުރު ކޮރެޔާއިން މަރުވި ކަމަށް އެގައުމުން ބުނަނީ އެންމެ 74 މީހުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 5 އޯގަސްޓު 2022 | ހުކުރު 19:19
އުތުރު ކޮރެޔާގައި ބަހައްޓާފަ ހުރި ކޮވިޑް19 އާ ބެހޭ ބިލްބޯޑެއް

އުތުރު ކޮރެޔާގައި ބަހައްޓާފަ ހުރި ކޮވިޑް19 އާ ބެހޭ ބިލްބޯޑެއް

އުތުރު ކޮރެޔާއިން ކޮވިޑް19 ބަލި އެއްކޮށް ފިލުވާލެވިއްޖެ ކަމަށް ހުކުރު ދުވަހު އެގައުމުން އިއުލާންކޮށްފިއެވެ.

އުތުރު ކޮރެޔާއަށް ފުރަތަމަ ކޮވިޑް ދިޔަ ކަމަށް ވެސް އެގައުމުން ބުނަނީ މި އަހަރުގެ މެއި މަހުކަމަށެވެ. އެގައުމުގައި ކޮވިޑް19 އަށް ކިޔަނީ ވެސް ހުމެވެ. އެއީ ކޮވިޑަށް ޓެސްޓް ކުރާނެ ގޮތް އެހާފުޅާކޮށް ފަހިވެފައި ނެތުމުން ކަމަށް އެގައުމުން ބުނެއެވެ.

ހުކުރު ދުވަހު އުތުރު ކޮރެޔާގެ ސްޓޭޓް މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ހުން" ޖެހިގެން މީހަކު ރިޕޯޓްކޮށްފައިނުވާތާ ހަތްދުވަސް ވެއްޖެއެވެ. އަދި ކުރިން ހުން ޖެހުނު އެންމެންވެސް މިހާރު ރަނގަޅުވެފައިވާކަމަށް ބުނެފައިވެއެވެ.

މެއި މަހު ފުރަތަމަ ކޮވިޑް ކޭސްތައް ރިޕޯޓް ކުރުމަށް ފަހުވެސް ނަމްބަރުތައް މަދުވަމުން އަންނަކަމަށް އެގައުމުން އައީ ރިޕޯޓްކުރަމުންނެވެ. ނަމަވެސް އެގައުމުން ދޭ އަދަދުތައް ގަބޫލު ނުކުރެވޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ޚާއްސަކޮށް މަރުވި މީހުންގެ އަދަދެވެ.  

ކޮވިޑަށް ޕޮޒިޓިވް ވީ ޖުމްލަ ކިތައް މީހުންތޯ އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. އެގައުމުގެ ސްޓޭޓް މީޑިޔާއިން ހަމަ އެކަނި ބުނެފައިވަނީ 4.77 މިލިއަން މީހުންނަށް ހުންޖެހި ރަނގަޅުވެފައިވާ ކަމުގައެވެ. މީގެ ތެރެއިން މަރުވެފައިވަނީ އެންމެ 74 މީހުން ކަމަށް އެގައުމުން ބުނެއެވެ. މިއީ މުޅި ދުނިޔޭގައިވެސް ކޮވިޑް ޖެހިގެން އެންމެ މަދުން މީހުން މަރުވި ވަރެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ ބުއްދި ގަބޫލު ކުރެވޭ އަދަދުތަކެއް ނޫނެވެ. އުތުރު ކޮރެޔާގެ ސިއްހީ ނިޒާމަކީ ފުރިހަމަ ނޫން ވަރަށް ދަށް ފެންވަރުގެ ނިޒާމަކަށް ވާއިރު، ކޮވިޑަށް ދޭނެ ބޭހެއް އަދި ވެކްސިނެއް ވެސް އެގައުމުން ލިބޭކަށް ނުހުރެއެވެ.

މިއާ ޚިލާފަށް އަވަށްޓެރި ދެކުނު ކޮރެޔާގެ ސިއްހީ ނިޒާމަކީ ވަރަށް ފުރިހަމަ ޒަމާނީ ކުރެވިފައިވާ ނިޒާމަކަށް ވާއިރު، އެގައުމުގެ އާބާދީގެ ބޮޑުބަޔަކަށް ވަނީ ވެކްސިން ދެވިފައެވެ. އެހެން ކަމާއެކުވެސް ދެކުނު ކޮރެޔާގައި 20.3 މިލިއަން މީހުންނަށް ކޮވިޑް19 ޖެހުނެވެ. އަދި 25 ހާސް މީހުން ބަލީގައި މަރުވެފައިވެއެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މެޑިކަލް ސްކޫލެއްގެ ޕްރޮފެސަރަކު ރޮއިޓަރސްއަށް ވިދާޅުވި ގޮތުގައި އަވަށްޓެރި އުތުރު ކޮރެޔާއިން އަދަދުތައް ސިއްރުކޮށްފައިވާކަމަށާއި ކޮވިޑް ޖެހިގެން 50 ހާހެއްހާ މީހުން އެގައުމުން މަރުވެފަވުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.   

ކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު