Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗައިނާ-ޓައިވާން މައްސަލަ

ރާއްޖެއިން ވަން-ޗައިނާ ޕޮލިސީ އަށް އިޚުތިރާމްކުރާނެ - ފޮރިން މިނިސްޓްރީ

5 އޯގަސްޓު 2022 | ހުކުރު 13:57

ރާއްޖެ އާއި ޗައިނާގެ ގާތް ގުޅުން ބަލައިގަންނަން- ސަފީރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 އޯގަސްޓު 2022 | ހުކުރު 13:57
 ޗައިނާ ގެ ޚާރިޖީ ވަޒީރު (މެދުގައި) އަދި އެހެން ބައެއް ބޭފުޅުން

ޗައިނާ ގެ ޚާރިޖީ ވަޒީރު (މެދުގައި) އަދި އެހެން ބައެއް ބޭފުޅުން

ދިވެހި ރާއްޖެއިންވެސް ވަން-ޗައިނާ ޕޮލިސީ އަށް އިޚުތިރާމްކުރާ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން ބުނެފި އެވެ. ރާއްޖޭގެ ފޮރިންމިނިސްޓްރީގެ ތަރުޖަމާން ކުރައްވާފައިވާ ޓްވީޓް އެއް ރިޓްވީޓް ކުރަމުން ޗައިނާ އެމަބަސީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޗައިނާގެ ސަރުކާރުގެ ރުހުމާއި ދެކޮޅަށް އެމެރިކާގެ ގާނުނު ހަދާ މަޖިލީހުގެ ސްޕީކަރ ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރާއި ގުޅިގެން، ވަން-ޗައިނާ ޕޮލިސީ އަށް އިޚުތިރާމްކުރާ ކަމުގެ ޔަޤީންކަން ރާއްޖޭގެ ފޮނިސްޓްރީ އިން ޗައިނާ އަށް ދީފައިވާކަމަށް ޗައިނާ އެމްބަސީން ފާހަގަކުރާކަމަށެވެ.

އެކަމާއި ގުޅިގެން ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލީޝިން ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައި، ޗައިނާ އާއި މެދު ޒަމާނުއްސުރެ ރާއްޖެއިން ބާއްވަމުން އަންނަ ގާތްގުޅުމަކީ އެ ގައުމުން ބަލައިގަންނަ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދިޗައިނާ އިން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ އާއި އެކު ގާތް ގުޅުމެއް ބޭއްވުމަށް އުންމީދުކުރާ ކަމަށެވެ. އަދި ފާއިތުވެދިޔަ ތަނުގައި ވެސް ރާއްޖެ އާއި ޗައިނާ އާއި ދެ ޤައުމުން މަސައްކަތްކޮށްފައި ވަނީ އެއް ޤައުމު އަނެއް ޤައުމަށް ދިމާވާ ކަންކަމުގައި އެހީތެރިވެ، ވާގިވެރިވެގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޗައިނާ ގަބޫލުކުރާ ގޮތުގައި ޓައިވާން އަކީ އަމިއްލަ އަށް ޚާރިޖީ ގުޅުން ހިންގުމުގެ ފުރުސަތު އޮތް މިނިވަން ދައުލަތެއް ނޫނެވެ. ޗައިނާ އިން ގަބޫލުކުރާ ގޮތުގައި އެއީ ޗައިނާގެ ވަކިން އޮންނަ އަވަށެކެވެ. އެހެންނަމަވެސް ޓައިވާން އިން ދަނީ ޤައުމުތަކާއި އެކު އަމިއްލަ އަށް ޚާރިޖީ ގުޅުން ޤާއިމް ކުރަން މަސައްކަތްކުރަމުންނެވެ.

އެގޮތުން އެމެރިކާގެ ގާނުނު ހަދާ މަޖިލީހުގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެކަން އިއުލާން ކުރުމާއި އެކު އެ ދަތުރު ކެންސަލް ކުރުމަށް އެދި ޗައިނާ ވަނީ ތަކުރާރުކޮށް އެމެރިކާގެ ކިބައިން އެދިފައެވެ. އަދި ޗައިނާ އިން ޚާރިޖީ ގުޅުންތައް ބާއްވާނީ ވަން-ޗައިނާ ސިޔާސަތު ޤަބޫލުކުރާ ޤައުމުތަކާއި އެކުގައި ކަމަށް ވެސް އެ ޤައުމުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޓައިވާން ސަރަހައްދުގައި ޗައިނާ އިން މިސައިލްތައް ބޭނުންކޮށްގެން އަސްކަރީ ތަމްރީންތަކެއް ހިންގާ މައްސަލަ ހޫނުވެ އެ ސަރަހައްދުގެ ސަލާމަތަށް ވެސް މިހާރު ވަނީ ނުރައްކާވެފައެވެ.

އެ ހަރަކާތްތަކުން ޖަޕާނުގެ ސަލާމަތަށް ނުރައްކާވާކަމަށް އެ ޤައުމުން ވެސް ވަނީ ބުނެފައެވެ.

ޗައިނާޓައިވާން

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
18 ފެބުރުއަރީ 2025

ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި

18 ފެބުރުއަރީ 2025
ރާއްޖޭގެ އިގްތިޞާދު ރަނގަޅުކަމަށް ބުނެ މިނިސްޓަރ ސައީދު އިތުރުފުޅު ހައްދަވައިފި
27 ޖެނުއަރީ 2025

އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި

27 ޖެނުއަރީ 2025
އޮކްޓޯބަރު 13 ގައި ރާއްޖެއައި ޗައިނާގެ ފަތުރުވެރިއެއްގެ ހަބަރު ނުވެގެން ހޯދަން އިއުލާންކޮށްފި
29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް