Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާއިން ހިންގާ އަސްކަރީ ތަމްރީނު

ޗައިނާގެ މިސައިލްތަކުން ޖަޕާނުގެ ސަލާމަތަށް ނުރައްކާ އެބައޮތް: ޖަޕާނުގެ ޕްރައިމް މިނިސްޓަރު

ޗައިނާގެ މިލިޓަރީ ޑްރިލްތައް ހުއްޓާލަން ޖަޕާނުން ގޮވާލި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 އޯގަސްޓު 2022 | ހުކުރު 07:07
ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ

ޗައިނާ އިން ޓައިވާން ސަރަހައްދުގައި ބެލިސްޓިކް މިސައިލްތައް އުދުއްސަމުން ގެންދިއުމަކީ ޖަޕާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ސީރިއަސް މައްސަލައެއް ކަމަށް އެ ޤައުމުން ބުނެފިއެވެ.

ޖަަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވަނީ ޗައިނާގެ އެ އަމަލަކީ ޖަޕާނުގެ ރައްޔިތުން ނުރައްކަލަކަށް ހުށަހެޅޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. ޗައިނާ އިން ޓައިވާން ސަރަހައްދުގައި ބެލިސްޓިކް މިސައިލްތައް ޓެސްޓުކޮށްފައި ވަނީ އަސްކަރިއްޔާގެ ޑްރިލްއެއްގެ ތެރެއިން ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 5 މިސައިލް ޖަޕާނުގެ އިގްތިޞާދީ ސަރަހައްދަށް ވެއްޓިފައިވާ ކަން ފާހަގަކޮށް ޖަޕާނުން ވަނީ ޗައިނާގެ އެ އަމަލު ކުށްވެރިވެސް ކޮށްފައެވެ. ޖަޕާނުން ވަނީ ޗައިނާގެ މިލިޓަރީ ޑްރިލްތައް ހުއްޓާލުމަށް ގޮވާލާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ވަނީ ޗައިނާގެ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ނުރައްކަލަށް ހުށަހެޅޭ ކަމަށް ވެސް ވިދާޅުވެފައެވެ. އޭނާ މިފަދައިން ވިދާޅުވީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ. މިހާރު ޗައިނާއިން ކުރިއަށްގެންދާ މިލިޓަރީ ޑްރިލްގައި ފުރަތަމަ ފަހަރަށް ޓައިވާންގެ މަތިން މިސައިލެއް ވަނީ އުދުއްސާފައެވެ. ޗައިނާގެ އަސްކަރީ ޑްރިލް ހުއްޓާލިކަން ނުވަތަ ނޫންކަން ވެސް އެ ޤައުމުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓައިވާންޗައިނާޖަޕާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު