Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާން

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

އަހަރެއްވެސް ނުވަނީސް، އިޝިބާ އިސްތިއުފާ ދެއްވަން ޖެހުމުގައި ތަކެތީގެ އަގު ތިރި ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުރިހަމަ ނުވުން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.

ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 17:51
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ

މަގާމުގައި އަހަރެއް ފުރިހަަމަ ނުވަނީސް ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑު ވަޒީރު ގެ ނިންމުން އައިސްފައި ވަނީ އޭނާ ވެރިކަން ކުރައްވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އިން ލީޑަރޝިޕް އިންތިޚާބަކަށް ދިއުމަށް ފެނެތޯ ބެލުަމަށް ވޯޓެއް ނެގުމަށް ނިންމުމާ އެކުގައެވެ.

އެލްޑީޕީ އިން ވޭތުވެދިޔަ ހަތް ދިހަ ވަރަކަށް އަހަރު ޖަޕާނުގައި ވެރިކަން ކޮށްފައިވީ ނަމަވެސް، އިޝިބާގެ ލީޑަރު ކަމުގައި ވޭތުވެ ދިޔަ 15 އަހަރު ގެ ތެރޭގައި ފުރަތަމަ ފަހަރަށް މަޖިލީހުގެ ތިރި ގޭގެ މެޖޯރިޓީ ގެއްލި، ޖުލައި މަހު މަތި ގޭގެ މެޖޯރިޓީ ވެސް ގެއްލުނެވެ.

ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު އިޤްތިޞާދު އަދި އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމުގައިވާ ޖަޕާނު މިހާރު ކުރިމަތިލާން ޖެހިފައި ވަނީ ޗައިނާ އާއެކު އޮތް ގުޅުން ގޯސްވަމުން ދިއުމާއި ސަރަޙައްދީ ރައްކާތެރިކަން ގެއްލެމުންދާ ސިޔާސީ ހަމަނުޖެހުމުގެ ދުވަސްވަރަކާ އެވެ.

އާދީއްތަ ދުވަހާ ހަމައަށް، އިޝިބާގެ އިސްތިއުފާ އަށް ގޮވާލުންތަކަށް އިޖާބަ ނުދެއްވާ އޭނާ ގެންދެވީ، އެމެރިކާ އާ އެކު ހުރި ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަކީ އޭނާގެ ޒިންމާ އެއް ކަމަށް ވިދާޅުވަމުންނެވެ.

"ޤައުމީ ކާރިސާއެއްގެ ގޮތުގައި ސިފަ ކުރެވިދާނެ އެމެރިކާ އިން އަޅާފައިވާ ޓެކްސް ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތައް އަޅުގަނޑުމެންގެ ސަރުކާރުގެ ޒިންމާގެ ދަށުން ނިންމަން ޖެހޭނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޤަބޫލުކުރަން،" އޭނާ ވިދާޅުވެފައިވެއެވެ.

އުމުރުޅުން 68 އަހަރުގެ އިޝިބާ ވިދާޅުވީ، އާ ވެރިއަކު އިންތިޚާބު ކުރެވެންދެން "ރައްޔިތުންނަށް" އޭނާގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އެލްޑީޕީ އިން އާ ލީޑަރެއް ހޮވުމަށްފަހު އަދި އެ ފަރާތް ގާނޫނު ހަދާ މަޖިލީހުގެ ވޯޓަކުން ބޮޑުވަޒީރު ކަމަށް އައްޔަނު ކުރެވޭނެއެވެ.

2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަޤާމާ ހަވާލުވި އިޝިބާ އަށް ގިނަ މައްސަލަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެ ގޮތުން އަގުތައް މައްޗަށް ދިއުމުގެ މައްސަލަ ހައްލު ކުރުމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އިޤްތިޞާދީ ދަތިތަކާއި، ދިރިއުޅުމުގެ އަގުބޮޑުވުމުގެ ހާލަތާއި، އެމެރިކާ އާއެކު އޮތް ސިޔާސީ ގުޅުމުގެ ދަތިތަކާ ކުރިމަތިލައްވަން ޖެހުމުން ރައްޔިތުންނަށް އިތުބާރު ހޯދައިދިނުމުގައި ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.

ތަކެތީގެ އަގުތައް މައްޗަށް ދިއުމުގެ މައްސަލަ ހައްލު ނުކުރެވުން، ޚާއްޞަކޮށް ވޭތުވެދިޔަ އަހަރު ހަނޑުލުގެ އަގު ދެގުނަވުމަކީ ސިޔާސީ ގޮތުން އިޝިބާގެ ސަރުކާރަށް ބޮޑު ގެއްލުމެއް ވެގެން ދިޔަ ކަމެއް ކަމުގައި ފާހަގަ ކުރެވުނެވެ.

އޭނާގެ ކެބިނެޓަށް އެންމެ ދެ އަންހެނުން ބޭފުޅުން އައްޔަން ކުރެއްވުމުންނާއި، ޕާޓީގެ މެމްބަރުންނަށް އަގުބޮޑު ހަދިޔާތައް ދެއްވުން ފަދަ މައްސަލަތަކާ ގުޅިގެން އާންމުންގެ ތާއީދު އިޝިބާ އަށް އިތުރަށް ދަށްވެގެން ދިޔައެވެ.

މަސްދަރު: ބީބީސީ

ޝިގެރު އިޝިބާޖަޕާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު